މަސައްކަތް
ނަންބަރު: (IUL)30-E1/30/2017/34
ޕަބްލިޝްކުރި ތާރީޚް: 20 އޭޕްރިލް 2017
ޕަބްލިޝްކުރި ގަޑި: 09:40
ސުންގަޑި: 04 މޭ 2017 14:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ބަކަރިގެންގުޅުމުގެ ޕްރޮގްރާމަށް އެދި ހުށަހެޅުމުގެ ފުރުސަތު

ތާރީޚް: 20 އެޕްރީލް 2017

ނަންބަރު: IUL)30-E1/30/2017/34)  

 

ބަކަރިގެންގުޅުމުގެ ޕްރޮގްރާމަށް އެދި ހުށަހެޅުމުގެ ފުރުސަތު

                                                                                            

       ސަރުކާރުން ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ތަކެތި އުފައްދާ، ކާނާގެ ބާވަތްތައް ލިބޭނެ މަގު ތަނަވަސްކޮށްދީ ކާނާގެ ޔާގީންކަން އިތުރު ކުރުމުގެ ސިޔާސަތުގެ ދަށުން ކުކުޅާއި ދިރޭ މާލު ގެންގުޅުމުގެ ޕްރޮގްރާމް އިތުރަށް ފުޅާ ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މިއަހަރު ރާއްޖޭގެ ރަށެއްގައި ވިޔަފާރި އުސޫލުން ބަކަރި ގެންގުޅުމަށް ބޭނުންވާ ކޮށި ޤާއިމްކޮށްދީ، ފަށައިގަތުމަށް ބޭނުންވާ ބަކަރި ހޯދައި ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމުގެ ދަށުން ޕްރޮގްރާމް ހިންގާ ރަށުގެ ދަނޑުވެރިންނަށް  ބަކަރި ގެންގުޅުމާގުޅޭ ފަންނީ މައުލޫމާތު ފޯރުކޮށްދީ، މީހުން ބިނާ ކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

 

މި ޕްރޮގްރާމް އެރަށެއްގައި ހިންގައި ދިނުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ރާއްޖޭގެ ކޮންމެ ރަށެއްގެ ރަށު ކައުންސިލް، އެރަށެއްގައި ޙަރަކާތްތެރިވާ ޖަމްޢިއްޔާ ޖަމާޢަތްތައް އަދި ކޯޕަރޭޓިވް ސޮސައިޓީ ތަކަށް ވަނީ ހުޅުވާ ލެވިފައެވެ. ޖަމްޢިއްޔާ ޖަމާޢަތް ތަކުން އަދި ކޯޕަރޭޓިވް ތަކުން އެޕްލިކޭޝަން ހުށަހަޅުއްވާނީ އެރަށެއްގެ ރަށު ކައުންސިލް މެދުވެރިކޮށެވެ. ފޯމު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ޕްރޮގްރާމު ހިންގާނޭ ރަށްތައް ކަނޑައެޅުމުގައި ބަލާނީ ތިރީގައި މިވާ ކަންކަމަށެވެ.

 

  • މިނިސްޓްރީން ބަކަރި ކޮށި އެޅުމަށް ބޭނުންވާ ތަކެތި ފޯރުކޮށް ދިނުމުން ކޮށި އެޅުމުގެ މަސައްކަތް އަމިއްލަ ޚަރަދުގައި ކުރުން.
  • ކޮށި ގާއިމް ކުރުމަށްޓަކައި މީހުން އުޅޭ ހިސާބާ ގާތްގަނޑަކަށް 300 ފޫޓު ދުރުން އެކަށީގެންވާ ވަރުގެ ބިމެއް އޮތުން.

(މިބިމަކީ ކޮންމެވެސް މިންވަރަކަށް ހިޔާދޭ ގަސް ހުންނަ ބިމަކަށް ވާންވާނެ. އަދި ބަކަރިއަށް ކާން ބޭނުންވާ ފަތްޕިލާވެލި އުފެއްދޭނެ ފަދަ ބިމަކަށް ވާންވާނެ އެވެ.)

  • ބަކަރީގެ ކާނާގެ ގޮތުގައި ބޭނުން ކުރާނެ ފަތްޕިލާވެލީގެ ބާވަތްތައް ލިބެން ހުރި މިންވަރު.
  • ރަށުގައި ދަނޑުވެރިކަން ކުރަމުންދާ މިންވަރު އަދި ޒުވާނުންގެ ހިއްސާ.
  • ގާއިމްކޮށްދޭ ވަސީލަތްތައް ބޭނުން ކޮށްގެން މިމަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރުމުގެ ޤާބިލްކަން ހުރި މިންވަރު.
  • މިމަސައްކަތުގެ ސަބަބުން ރަށުގައި ހަރަކާތްތެރިވާ ދަނޑުވެރިންނަށް ކުރާނެ ފައިދާ.
  • ވޭތުވެދިޔަ 3 އަހަރު މިނިސްޓްރީން ދަނޑުވެރިކަމުގެ ޕްރޮގްރާމެއް އެންމެ މަދުން ހިންގުނު ރަށްރަށް.
  • ބަކަރި ގެންގުޅުމުގެ މަސައްކަތް ކުރުމަށް ފުރުޞަތު އޮތް މިންވަރު، މި މަސައްކަތް ނިސްބަތުން މަދުން ކުރާ ރަށްރަށް.

ސުންގަޑި:

 

މިޕްރޮގްރާމަށް ޝައުޤުވެރިކަން ހުރި ފަރާތް ތަކުން "ބަކަރި ގެންގުޅުމުގެ ޕްރޮގްރާމަށް އެދޭ ފޯމް" ފުރިހަމަ ކުރުމަށް ފަހު ހުށަހަޅުއްވާނީ      

04 މެއި 2017 ގެ ކުރިން މިނިސްޓްރީއަށް ނުވަތަ އީމެއިލް އިން [email protected] އަށެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި މިނިސްޓްރީގެ ނަމްބަރ 3339261 ، 3339219 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ. "ބަކަރި ގެންގުޅުމުގެ ޕްރޮގްރާމަށް އެދޭ ފޯމް" މިނިސްޓްރީގެ ވެބްސައިޓް www.fishagri.gov.mv އަދި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައި ގަންނަވާނެވެ.

 

20 އޭޕްރިލް 2017