މަސައްކަތް
ނަންބަރު: (IUL)30-C/30/2017/40
ޕަބްލިޝްކުރި ތާރީޚް: 20 އޭޕްރިލް 2017
ޕަބްލިޝްކުރި ގަޑި: 08:17
ސުންގަޑި: 27 އޭޕްރިލް 2017 14:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ރާއްޖޭގައި އުފެއްދޭ ކާނާގެ ބާވަތްތައް އާލާކޮށް، ފުޑް ސެކިއުރިޓީ ނުވަތަ ކާނާގެ ޔަޤީންކަން ރައްޔިތުންނަށް ހޯދައި ދިނުމުގެ ޕްރޮގްރާމްގެ ދަށުން، ހދ. ކުރިނބީގެ ގޭބިސީ ތަކުގަޔާއި ހުސް ބިން އޮތް ތަންތަނުގައި އިންދުމަށް ބަނބުކެޔޮ، ދަނޑިއަލުވި، މުރަނގަ، އަލަ، ފަތްކެޔޮ އަދި ޖަނބުރޯލު އުފައްދައި ދޭނެ ފަރާތެއް ހޯދުމަށް

އިއުލާން ނަންބަރު: IUL)30-C/30/2017/40)  

ރާއްޖޭގައި އުފެއްދޭ ކާނާގެ ބާވަތްތައް އާލާކޮށް، ފުޑް ސެކިއުރިޓީ ނުވަތަ ކާނާގެ ޔަޤީންކަން ރައްޔިތުންނަށް ހޯދައި ދިނުމުގެ ޕްރޮގްރާމްގެ ދަށުން، ހދ. ކުރިނބީގެ ގޭބިސީ ތަކުގަޔާއި ހުސް ބިން އޮތް ތަންތަނުގައި އިންދުމަށް ބަނބުކެޔޮ، ދަނޑިއަލުވި، މުރަނގަ، އަލަ، ފަތްކެޔޮ އަދި ޖަނބުރޯލު އުފައްދައި ދޭނެ ފަރާތެއް ހޯދުމަށް

 

ސަރުކާރުން ކަނޑައަޅާފައިވާ ދެމެހެއްޓެނި ވިގޮތެއްގައި ރާއްޖޭގައި ކާބޯތަކެތީގެ އުފެއްދުން އިތުރު ކޮށްގެން ކާނާގެ ރައްކާތެރިކަން ލިބޭނެ މަގު ތަނަވަސް ކޮށްދިނުމުގެ ސިޔާސަތުގެ ދަށުން، ރާއްޖޭގައި އުފެއްދޭ ކާނާގެ ބާވަތްތައް އާލާކޮށް، ފުޑް ސެކިއުރިޓީ ނުވަތަ ކާނާގެ ޔަޤީންކަން ރައްޔިތުންނަށް ހޯދައި ދިނުމުގެ ޕްރޮގްރާމްގެ ދަށުން، ހދ. ކުރިނބީގެ ގޭބިސީތަކުގަޔާއި ހުސް ބިން އޮތް ތަންތަނުގައި އިންދުމަށް ބަނބުކެޔޮ، ދަނޑިއަލުވި، މުރަނގަ، އަލަ، ފަތްކެޔޮ އަދި ޖަނބުރޯލު އުފެއްދުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.

 

މި ޕްރޮގްރާމަށް ގަސް އުފެއްދުމުގެ މަސައްކަތް މިއަހަރު ކުރުމަށް ހަމަޖެހިފައި ވަނީ ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވާ ރަށަކުން ގަސް އުފައްދައި ދޭނެ ފަރާތެއް ހޯދާ އެފަރާތެއް މެދުވެރިކޮށެވެ.

 

ވީމާ، ތިރީގައިވާ މައުލޫމާތާ އެއްގޮތަށް ގަސް އުފައްދަން ޝައުޤުވެރި ވެލައްވާ ފަރާތްތަކުން  27 އެޕްރީލް 2017 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ހދ. ކުރިނބީގެ ކައުންސިލަށް ނުވަތަ މި މިނިސްޓްރީގެ (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ފިޝަރީޒް މިނިސްޓްރީން ނަމަ 3339261 ނަންބަރު ފޯނާއި އަދި ހދ. ކުރިނބީ އިންނަމަ 9179917 ނަންބަރު ނުވަތަ ކުރިނބީ ކައުންސިލް 6520036 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

 

ހދ. ކުރިނބީގައި އުފައްދަން  ބޭނުންވާ ގަހުގެ ބާވަތްތައް އަދި އަދަދު

ގަހުގެ ބާވަތް

އަދަދު

ބަނބުކެޔޮ

28

މުރަނގަ

42

އަލަ ނިރު

224

ދަނޑިއަލުވި

140

ފަތްކެޔޮ (ބޮންތިރަތްކެޔޮ)

63

ޖަނބުރޯލު

73

ޖުމްލަ

570

ނޯޓް: މި 6 ބާވަތުގެ ގަސް އުފައްދަން ޖެހޭނީ ރާއްޖޭގެ މުޑުވައް ބޭނުން ކޮށްގެންނެވެ. ރާއްޖޭން ބޭރުން ގަސް ގެނެސްގެން ނުވަތަ މުޑުވައް ގެނެސްގެން އުފައްދާ ގަސް ބަލައެއް ނުގަނެވޭނެއެވެ.

ގަސްތަކުގެ ސްޕެސިފިކޭޝަން

ދަނޑިއަލުވި ގަސް ހުންނަންޖެހޭނެ ގޮތް

  1. ބިމުން މައްޗަށް ގަހުގެ މައިގަނޑު 8-10 އިންޗި ހުރުން
  2. ގަހުގައި މަދުވެގެން ފުރިހަމަވެފައިވާ 8 ފަތް ލާފައި ހުރުން އަދި ފަތްވަޅުތަކުން ކުރިފަޅަން ފަށާފައިވުން (އަދި އެކަށީގެންވާ ވަރަށް މޫވެސް ލާފައި ހުންނަންވާނެ)   
  3. ގަސްތައް ހުންނަންވާނީ  (8’’x6’’) ސައިޒްގެ ކަޅު ކޮތަޅުގައި އިންދާފަ އަދި ގަސްތަކުން އެއްވެސް ވަރަކަށް މޯޅިވުމުގެ ނިޝާނެއް ހުރެގެން ނުވާނެއެވެ.
  4. ގަސްތަކުގެ ސިއްހަތު ރަނގަޅުވެފަ އަދި ގަހުގެ އެއްވެސް ހިސާބެއްގައި ފަނިފަކްސާއެއްގެ ނުވަތަ ބައްޔެއްގެ ނިޝާން ފެންނަން ނެތުން، ވަކިން ހާއްސަކޮށް ގުރުޑުބަލި (ވައިރަސް ބަލި) ޖެހިފައިހުރި ގަސްތަކަކަށް ވެގެން ނުވާނެ.
  5. މިގޮތުން ދަނޑިއަލުވި މުޑުވައް ކުރަން ފެށުމުގެ ކުރިން މުޑުވަކަށް ޙިޔާރު ކުރެވޭ ގަސްތަކަކީ ވައިރަސްފްރީ ގަސްތަކެއްތޯ މިނިސްޓްރީއާ ފޮޓޯ ހިއްސާކޮށްގެން ކަށަވަރު ކުރުން

ބަނބުކެޔޮ ގަސް ހުންނަންޖެހޭނެ ގޮތް

1- އެންމެ ކުރުވެގެން 10 އިންޗިއާއި 18 އިންޗިއާ ދެމެދުގެ ދިގުމިން ހުންނަ ގަސް

2- ގަހުގައި މަދުވެގެން އެއްކޮށް ފޮޅިފައިވާ 6-8 ފަތް ލާފައި ހުންނަން ވާނެ (އަދި އެކަށީގެންވާ ވަރަށް މޫވެސް ލާފައި ހުންނަންވާނެ)

3- ގަސްތައް ހުންނަންވާނީ  (8’’x6’’) ސައިޒްގެ ކަޅު ކޮތަޅުގައި އިންދާފަ އަދި ގަސްތަކުން އެއްވެސް ވަރަކަށް މޯޅިވުމުގެ ނިޝާނެއް ހުރެގެން ނުވާނެ

4- ގަސްތަކުގެ ސިއްހަތު ރަނގަޅުވެފަ އަދި ގަހުގެ އެއްވެސް ހިސާބެއްގައި ފަނިފަކްސާއެއްގެ ނުވަތަ ބައްޔެއްގެ ނިޝާން ފެންނަންނެތުން

މުރަނގަ ގަސް ހުންނަންޖެހޭނެ ގޮތް

  1. ބިމުން މައްޗަށް ގަހުގެ މައިގަނޑު 8-10 އިންޗި ހުރުން އަދި މައިގަނޑުގެ ޑަޔަމީޓަރުގައި 1 ސެންޓިމީޓަރު ހުރުން
  2. ގަހުގައި މަދުވެގެން ފުރިހަމަވެފައިވާ 6-8 ފަތްކޯޅި ލާފައި ހުރުން (އަދި އެކަށީގެންވާ ވަރަށް މޫވެސް ލާފައި ހުންނަންވާނެ)
  3. ގަސްތައް ހުންނަންވާނީ  (8’’x6’’) ސައިޒްގެ ކަޅުކޮތަޅުގައި އިންދާފަ އަދި ގަސްތަކުން އެއްވެސް ވަރަކަށް މޯޅިވުމުގެ ނިޝާނެއް ހުރެގެން ނުވާނެ.
  4. ގަސްތަކުގެ ސިއްހަތު ރަނގަޅުވެފަ، އަދި ގަހުގެ އެއްވެސް ހިސާބެއްގައި ފަނިފަކްސާއެއްގެ ނުވަތަ ބައްޔެއްގެ ނިޝާން ފެންނަން ނެތުން

އަލަ ނިރު ހުންނަންޖެހޭނެ ގޮތް

1- އަލަ ގަހުގެ ބުޑުން ފަޅާފައި ހުންނަ 6 އިންޗި އާއި 18 އިންޗިއާއި ދެމެދަށް ހެދިފައިވާ ނިރު

2- ނިރު ނަގާފައި ހުންނަންވާނީ މުލަށް ވީހާވެސް ބޮޑަށް ގެއްލުން ކުޑަވާނެހެން

3- އަލަ ނިރުތައް އެންމެ އަވަސް ވެގެންވެސް މުޑުވަށް ކޮށްފައިހުރި ބިމުން ނަގަންވާނީ ގަސް ބެހުމަށް ހަމަޖެހިފައިވާ ދުވަހުގެ އެއްދުވަސް ކުރިން އަދި ނިރުތައް ފޯރުކޮށްދޭއިރު ކޮންމެސް ވަރަކަށް ވަޅޯވެފައި ހުރިނަމަވެސް އެއްވެސް ވަރަކަށް އަނދާފައި ނުވަތަ ދޮންވާން ފަށާފައި ހުރެގެން ނުވާނެ

4- ނިރުގެ އެއްވެސް ހިސާބަކުން ފަނިފަކްސާގެ ނުވަތަ ބައްޔެއްގެ ނިޝާނެއް ފެންނަން ހުރެގެން ނުވާނެ

ފަތްކެޔޮނިރު ހުންނަންޖެހޭނެ ގޮތް

  1. ނިރު ގައި 5-3 ފޫޓު ހުރުން އަދި ނިރުގެ ބުޑުފަލަވެފަ، ކޮޅަށް ހުންނަ ހިމަ ފަތްތަކެއް ހުރުން
  2. ގަހުގެ ނުވަތަ ނިރުގެ އެއްވެސް ހިސާބަކުން ބައްޔެއްގެ ނިޝާނެއް ފެންނަން ހުރެގެން ނުވާނެ
  3. ނިރުގެ ފަތްތައް ހުންނަންވާނީ ފެހިކުލައިގަ.
  4. ފަތްކެޔޮ ނިރުތައް އެންމެ އަވަސް ވެގެންވެސް މުޑުވަށް ކޮށްފައިހުރި ބިމުން ނަގަންވާނީ ގަސް ބެހުމަށް ހަމަޖެހިފައިވާ ދުވަހުގެ އެއްދުވަސް ކުރިން.

ޖަނބުރޯލް ގަސް ހުންނަންޖެހޭނެ ގޮތް

  1. ބިމުން މައްޗަށް 1.5 ފޫޓަށް ހެދިފައި ހުރުން އަދި މައިގަނޑުގެ ޑަޔަމީޓަރުގައި 1 ސެންޓިމީޓަރު ހުރުން
  2. ގަހުގައި އެކަށީގެންވާ ވަރަށް ފަތާއި މޫ ހުންނަންވާނެ
  3. ގަސްތައް ހުންނަންވާނީ  (8’’x6’’) ސައިޒްގެ ކަޅު ކޮތަޅުގައި އިންދާފަ އަދި ގަސްތަކުން އެއްވެސް ވަރަކަށް މޯޅިވުމުގެ ނިޝާނެއް ހުރެގެން ނުވާނެ.
  4. ގަސްތަކުގެ ސިއްހަތު ރަނގަޅުވެފަ އަދި ގަހުގެ އެއްވެސް ހިސާބެއްގައި ފަނިފަކްސާއެއްގެ ނުވަތަ ބައްޔެއްގެ ނިޝާން ފެންނަންނެތުން

ގަސް އުފައްދަން އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގައި ހުންނަންޖެހޭ ޝަރުތުތައް

  • މިކަމަށް ކުރިމަތިލާ ފަރާތަކީ ގަސް އުފެއްދުމުގެ ފަންނީ ޤާބިލުކަމާ، ތަޖުރިބާ ހުރި ފަރާތެއް ކަމުގައިވުން
  • ގަސް އުފެއްދުމުގެ މަސައްކަތް ކުރެވޭވަރުގެ އެކަށީގެންވާ ވަރުގެ ބިމެއް (ގޯތިތެރެއިން ނުވަތަ ދަނޑުބިމުން) ލިބިފައިވާ ފަރާތެއް ކަމުގައިވުން

ގަސް އުފައްދާ ފަރާތުން ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން ކުރިނބީގައި ގަސް އުފެއްދުމަށް ކަނޑައަޅާފައިވާ އަދަދައް އަދި ޓެކްނިކަލް ސްޓޭންޑެޑަށް ދެ ފަރާތުން އެއްބަސްވެވޭ މުއްދަތެއްގެ ތެރޭގައި އަމިއްލަ ތަކެތީގައި ގަސް އުފައްދާ ތައްޔާރުކޮށް މިނިސްޓްރީއަށް އެންގުން.
  • ގަސްތައް މުޑުވައް ކުރުމަށްފަހު ގަސްތައް ހެދެމުންދާ ގޮތް މިނިސްޓްރީއަށް މަހަކު 1 ފަހަރު ފޮޓޯއިން ހިއްސާކުރުން.
  • މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ކަނޑައަޅާ ތާރީޚެއްގައި ކުރިނބީ ކައުންސިލާއި، މިނިސްޓްރީއާ ކޯޑިނޭޓް ކޮށްގެން ގަސްބެހުމުގެ ކަންތައްތަކުގައި އެހީތެރިވެދިނުން.
  • ރަށުގެ ރައްޔިތުންނަށް ބެހޭ ގަސްތައް އިންދިތޯ ގޭގެއަށް ގޮސް ކަށަވަރު ކުރުމާއި، ނުއިންދާ ފަރާތްތައް މިގަސްތައް އިންދުމަށް މީހުން ހޭލުންތެރި ކުރުވުމާއި، އަދި 1 އަހަރު ދުވަސް ވަންދެން ގަސްތައް ހަވާލުކުރާ ތާރީޚުން ފެށިގެން ކޮންމެ 06 މަހަކުން މިނިސްޓްރީއަށް ރަށު ކައުންސިލް މެދުވެރިކޮށް ލިޔުމުންނާއި، ފޮޓޯ މެދުވެރިކޮށް ރިޕޯޓްކުރުން

އަންދާސީ ހިސާބު ހުށަހަޅަންވީ ގޮތް

  • ކޮންމެ ބާވަތެއްގެ ގަސް އުފައްދައި ދޭނެ އަގު ވަކިން ހުށަހެޅުން އަދި ޖުމްލަ އަގު ހުށަހެޅުން (ހުށަހަޅާ އަގުތަކަށް ބެލުމަށްފަހު ބައެއް ބާވަތްތައް އުނިކޮށް ނުވަތަ އަދަދު މަދު ކުރަން ޖެހިދާނެއެވެ.)
  • ހދ. ކުރިނބީ ކައުންސިލުން ކަނޑައަޅާ ތަނަކަށް ގަސްތައް ގެނެސް ޖަމާ ކޮށްދޭނެ އަގު ވަކިން ހުށަހެޅުން
  • ގަސް އުފައްދާ ނާރސަރީ ހުންނާނެ ލޮކޭޝަން ބަޔާންކުރުން
  • މަސައްކަތާއި ޙަވާލުވާ ތާރީޚުން ފެށިގެން ގަސް އުފައްދާ ނިންމާ ރައްޔިތުންނަށް ބެހުމަށްޓަކައި ރަށުގެ ކައުންސިލާ ޙަވާލު ކުރާނެ މުއްދަތު. (އެކި ބާވަތްތަކުގެ ގަސްތައް އުފެއްދުމަށް ނަގާ މުއްދަތު ތަފާތު ވިޔަސް ހުރިހާ ގަސްތަކެއް ތައްޔާރުކޮށް ހަވާލު ކުރަންވާނީ އެއް ތާރީޚެއްގައެވެ.)

އަންދާސީ ހިސާބާ އެކީ ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

  • ކޯޕެރޭޓިވް ސޮސައިޓީ، ކްލަބް ޖަމްއިއްޔާ ޖަމާޢަތަކުންނަމަ ރެޖިސްޓްރޭޝަން ކޮޕީ އަދި ހިންގާ ޤަވާއިދާއި އަސާސީ ޤަވާއިދުގެ ކޮޕީ
  • ކުންފުންޏެއްނަމަ ރެޖިސްޓްރޭޝަން ކޮޕީއާ އެކީ، ހިންގާ ޤަވާއިދާއި އަސާސީ ޤަވާއިދުގެ ކޮޕީ އަދި ބޯޑް ރިސޮލިއުޝަން
  • އަމިއްލަ ފަރުދެއް ނަމަ އައި.ޑީ ކާޑް ކޮޕީ
  • އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ނަމުގައި ރަޖިސްޓްރީވެފައި އޮންނަ ހުސްބިން އޮތް ގޯއްޗެއްނަމަ ގޯތީގެ ރަޖިސްޓްރީގެ ކޮޕީއެއް ނުވަތަ މިމަސައްކަތައް ބޭނުންކުރާނީ އެހެންމީހެއްގެ ގޯއްޗެއްނަމަ، ގޯތީގެ ރަޖިސްޓްރީގެ ކޮޕީއާއި އެއްކޮށް އެގޯތީގެ ވެރިފަރާތުން މިމަސައްކަތް ކުރުމަށް ހުއްދަ ދީފައިވާ ކަމުގެ ލިޔުމެއް (ވެރިފަރާތުގެ އައި.ޑީ ކާޑް ކޮޕީއާއެކީ)
  • ދަނޑުބިމެއްނަމަ، ރަށު ކައުންސިލުން ބިން ދޫކޮށްފައިވާ ކަމުގެ ލިޔުމެއް (ދަނޑުގެ ބޮޑުމިނާއި، ދޫކުރިފަރާތް އަދި ދޫކުރި މުއްދަތު އިނގޭނެ ފަދަ ލިޔުމެއް) ނުވަތަ މިމަސައްކަތް ކުރުމަށް ބޭނުންކުރާނީ އެހެން މީހެއްގެ ބިމެއްނަމަ، ބިން ދޫކޮށްފައިވާކަމުގެ ލިޔުމާއެކީ، ބިން ނަގާފައިވާ ފަރާތުން މިމަސައްކަތް ކުރުމަށް ހުއްދަ ދީފައިވާކަމުގެ ލިޔުމެއް ވެރިފަރާތުގެ އައި.ޑީ ކާޑް ކޮޕީއާއެކީ)
  • ގަސް އުފެއްދުމުގެ މަސައްކަތް ކުރުމަށް ކަނޑައަޅާ ގޯތީގައި ނުވަތަ ދަނޑުބިމުގައި މިފަދަ މަސައްކަތެއް ކުރުމަށް ހުސް ޖާގަ ލިބޭ މިންވަރު އަންގައިދޭ ލިޔުމެއް (ކައުންސިލުން ދީފައިވާ)
  • މަސައްކަތުގެ ތަޖުރިބާ ހުރިނަމަ އެކަމުގެ ލިޔެކިޔުންތައް (ދަނޑުވެރިކަމާ ގުޅުންހުރި ތަމްރީނެއް ފުރިހަމަ ކޮށްފައިވާނަމަ ސެޓްފިކެޓް، ދަނޑުވެރިކަމުގެ މަސައްކަތް ކުރަމުން ގެންދާނަމަ އެމަސައްކަތެއްގެ ތަފްޞީލާއި (ހައްދާ ބާވަތް، ދަނޑު ބިމުގެ ބޮޑުމިން) މަސައްކަތުގައި ހޭދަވީ މުއްދަތު އެނގޭނެހެން ރަށުގެ ކައުންސިލުން ދީފައިވާ ލިޔުން

ގަސް އުފައްދައި ދޭނެ ފަރާތެއް ހޮވުމުގައި ބަލާނެ ކަންތައްތައް

އަގު

70%

މުއްދަތު

15%

ފަންނީ ތަޖުރިބާ

15%

...............................................................................

19 އޭޕްރީލް 2017

20 އޭޕްރިލް 2017