މަސައްކަތް
ނަންބަރު: (IUL)30-C/30/2017/37
ޕަބްލިޝްކުރި ތާރީޚް: 20 އޭޕްރިލް 2017
ޕަބްލިޝްކުރި ގަޑި: 08:12
ސުންގަޑި: 27 އޭޕްރިލް 2017 14:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ރާއްޖޭގައި އުފެއްދޭ ކާނާގެ ބާވަތްތައް އާލާކޮށް، ފުޑް ސެކިއުރިޓީ ނުވަތަ ކާނާގެ ޔަޤީންކަން ރައްޔިތުންނަށް ހޯދައި ދިނުމުގެ ޕްރޮގްރާމްގެ ދަށުން، ހދ. މަކުނުދޫގެ ގޭބިސީތަކުގަޔާއި ހުސް ބިން އޮތް ތަންތަނުގައި އިންދުމަށް ބަނބުކެޔޮ، ދަނޑިއަލުވި، މުރަނގަ، އަލަ، ފަތްކެޔޮ އަދި ޖަނބުރޯލު އުފައްދައި ދޭނެ ފަރާތެއް ހޯދުން

އިއުލާން ނަންބަރު: (IUL)30-C/30/2017/37) 

ރާއްޖޭގައި އުފެއްދޭ ކާނާގެ ބާވަތްތައް އާލާކޮށް، ފުޑް ސެކިއުރިޓީ ނުވަތަ ކާނާގެ ޔަޤީންކަން ރައްޔިތުންނަށް ހޯދައި ދިނުމުގެ ޕްރޮގްރާމްގެ ދަށުން، ހދ. މަކުނުދޫގެ ގޭބިސީތަކުގަޔާއި ހުސް ބިން އޮތް ތަންތަނުގައި އިންދުމަށް ބަނބުކެޔޮ، ދަނޑިއަލުވި، މުރަނގަ، އަލަ، ފަތްކެޔޮ އަދި ޖަނބުރޯލު އުފައްދައި ދޭނެ ފަރާތެއް ހޯދުން

ސަރުކާރުން ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ކާބޯތަކެތީގެ އުފެއްދުން އިތުރު ކޮށްގެން ކާނާގެ ރައްކާތެރިކަން ލިބޭނެ މަގު ތަނަވަސްކޮށް ދިނުމުގެ ސިޔާސަތުގެ ދަށުން، ރާއްޖޭގައި އުފެއްދޭ ކާނާގެ ބާވަތްތައް އާލާކޮށް، ފުޑް ސެކިއުރިޓީ ނުވަތަ ކާނާގެ ޔަޤީންކަން ރައްޔިތުންނަށް ހޯދައި ދިނުމުގެ ޕްރޮގްރާމްގެ ދަށުން، ހދ. މަކުނުދޫގެ ގޭބިސީތަކުގައި އިންދުމަށް ބަނބުކެޔޮ، ދަނޑިއަލުވި، މުރަނގަ، އަލަ، ފަތްކެޔޮ އަދި ޖަނބުރޯލު އުފެއްދުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.

 

ވީމާ، ތިރީގައިވާ މައުލޫމާތާ އެއްގޮތަށް ގަސް އުފައްދަން ޝައުޤުވެރި ވެލައްވާ ފަރާތްތަކުން  27 އެޕްރީލް 2017 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ހދ. މަކުނުދޫގެ ކައުންސިލަށް ނުވަތަ މި މިނިސްޓްރީގެ (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ފިޝަރީޒް މިނިސްޓްރީންނަމަ 3339261 ނަންބަރު ފޯނާ އަދި ހދ. މަކުނުދޫން ނަމަ 7820818 ނަންބަރު ނުވަތަ މަކުނުދޫ ކައުންސިލް 6520038 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

ހދ. މަކުނުދޫގައި އުފައްދަން  ބޭނުންވާ ގަހުގެ ބާވަތްތައް އަދި އަދަދު

ގަހުގެ ބާވަތް

އަދަދު

ބަނބުކެޔޮ

102

މުރަނގަ

102

އަލަ ނިރު

408

ދަނޑިއަލުވި

204

ފަތްކެޔޮ (ބޮންތިރަތްކެޔޮ)

102

ޖަނބުރޯލު

102

ޖުމްލަ

1020

ނޯޓް: މި 6 ބާވަތުގެ ގަސް އުފައްދަންޖެހޭނީ ރާއްޖޭގެ މުޑުވައް ބޭނުން ކޮށްގެންނެވެ. ރާއްޖޭން ބޭރުން ގަސް ގެނެސްގެން ނުވަތަ މުޑުވައް ގެނެސްގެން އުފައްދާ ގަސް ބަލައެއް ނުގަނެވޭނެ އެވެ.

 

ގަސްތަކުގެ ސްޕެސިފިކޭޝަން

ދަނޑިއަލުވި ގަސް ހުންނަންޖެހޭނެ ގޮތް

  1. ބިމުން މައްޗަށް ގަހުގެ މައިގަނޑު 8-10 އިންޗި ހުރުން
  2. ގަހުގައި މަދުވެގެން ފުރިހަމަ ވެފައިވާ 8 ފަތް ލާފައި ހުރުން އަދި ފަތްވަޅުތަކުން ކުރި ފަޅަން ފަށާފައިވުން (އަދި އެކަށީގެންވާ ވަރަށް މޫވެސް ލާފައި ހުންނަންވާނެ)   
  3. ގަސްތައް ހުންނަންވާނީ  (8’’x6’’) ސައިޒްގެ ކަޅު ކޮތަޅުގައި އިންދާފަ އަދި ގަސްތަކުން އެއްވެސް ވަރަކަށް މޯޅިވުމުގެ ނިޝާނެއް ހުރެގެން ނުވާނެއެވެ.
  4. ގަސްތަކުގެ ސިއްހަތު ރަނގަޅުވެފަ އަދި ގަހުގެ އެއްވެސް ހިސާބެއްގައި ފަނިފަކްސާއެއްގެ ނުވަތަ ބައްޔެއްގެ ނިޝާން ފެންނަން ނެތުން، ވަކިން ހާއްސަކޮށް ގުރުޑުބަލި (ވައިރަސް ބަލި) ޖެހިފައިހުރި ގަސްތަކަކަށް ވެގެންނުވާނެ.
  5. މިގޮތުން ދަނޑިއަލުވި މުޑުވައްކުރަން ފެށުމުގެ ކުރިން މުޑުވަކައް ޙިޔާރުކުރެވޭ ގަސްތަކަކީ ވައިރަސްފްރީ ގަސްތަކެއްތޯ މިނިސްޓްރީއާ ފޮޓޯ ހިއްސާ ކޮށްގެން ކަށަވަރުކުރުން

ބަނބުކެޔޮ ގަސް ހުންނަންޖެހޭނެ ގޮތް

1- އެންމެ ކުރުވެގެން 10 އިންޗިއާ 18 އިންޗިއާ ދެމެދުގެ ދިގުމިން ހުންނަ ގަސް

2- ގަހުގައި މަދުވެގެން އެއްކޮށް ފޮޅިފައިވާ 6-8 ފަތް ލާފައި ހުންނަން ވާނެ (އަދި އެކަށީގެންވާ ވަރަށް މޫވެސް ލާފައި ހުންނަންވާނެ)

3- ގަސްތައް ހުންނަންވާނީ  (8’’x6’’) ސައިޒްގެ ކަޅު ކޮތަޅުގައި އިންދާފަ. އަދި ގަސްތަކުން އެއްވެސް ވަރަކަށް މޯޅިވުމުގެ ނިޝާނެއް ހުރެގެން ނުވާނެ

4- ގަސްތަކުގެ ސިއްހަތު ރަނގަޅުވެފަ އަދި ގަހުގެ އެއްވެސް ހިސާބެއްގައި ފަނިފަކްސާއެއްގެ ނުވަތަ ބައްޔެއްގެ ނިޝާން ފެންނަން ނެތުން

މުރަނގަ ގަސް ހުންނަންޖެހޭނެ ގޮތް

  1. ބިމުން މައްޗަށް ގަހުގެ މައިގަނޑު 8-10 އިންޗި ހުރުން. އަދި މައިގަނޑުގެ ޑަޔަމީޓަރުގައި 1 ސެންޓިމީޓަރު ހުރުން
  2. ގަހުގައި މަދުވެގެން ފުރިހަމަވެފައިވާ 6-8 ފަތްކޯޅި ލާފައި ހުރުން (އަދި އެކަށީގެންވާ ވަރަށް މޫވެސް ލާފައި ހުންނަންވާނެ)
  3. ގަސްތައް ހުންނަންވާނީ  (8’’x6’’) ސައިޒްގެ ކަޅު ކޮތަޅުގައި އިންދާފަ އަދި ގަސްތަކުން އެއްވެސް ވަރަކަށް މޯޅިވުމުގެ ނިޝާނެއް ހުރެގެން ނުވާނެ.
  4. ގަސްތަކުގެ ސިއްހަތު ރަނގަޅުވެފަ އަދި ގަހުގެ އެއްވެސް ހިސާބެއްގައި ފަނިފަކްސާއެއްގެ ނުވަތަ ބައްޔެއްގެ ނިޝާން ފެންނަން ނެތުން

އަލަ ނިރު ހުންނަންޖެހޭނެ ގޮތް

1- އަލަ ގަހުގެ ބުޑުން ފަޅާފައި ހުންނަ 6 އިންޗި އާއި 18 އިންޗިއާ ދެމެދަށް ހެދިފައިވާ ނިރު

2- ނިރު ނަގާފައި ހުންނަންވާނީ މުލަށް ވީހާވެސް ބޮޑަށް ގެއްލުން ކުޑަވާނެހެން

3- އަލަ ނިރުތައް އެންމެ އަވަސްވެގެންވެސް މުޑުވަށް ކޮށްފައިހުރި ބިމުން ނަގަންވާނީ ގަސް ބެހުމަށް ހަމަޖެހިފައިވާ ދުވަހުގެ އެއްދުވަސް ކުރިން އަދި ނިރުތައް ފޯރުކޮށްދޭއިރު ކޮންމެސް ވަރަކަށް ވަޅޯވެފައި ހުރިނަމަވެސް އެއްވެސް ވަރަކަށް އަނދާފައި ނުވަތަ ދޮންވާން ފަށާފައި ހުރެގެން ނުވާނެ

4- ނިރުގެ އެއްވެސް ހިސާބަކުން ފަނިފަކްސާގެ ނުވަތަ ބައްޔެއްގެ ނިޝާނެއް ފެންނަން ހުރެގެން ނުވާނެ

ފަތްކެޔޮނިރު ހުންނަންޖެހޭނެ ގޮތް

  1. ނިރުގައި 5-3 ފޫޓު ހުރުން އަދި ނިރުގެ ބުޑު ފަލަވެފަ، ކޮޅަށް ހުންނަ ހިމަ ފަތްތަކެއް ހުރުން
  2. ގަހުގެ ނުވަތަ ނިރުގެ އެއްވެސް ހިސާބަކުން ބައްޔެއްގެ ނިޝާނެއް ފެންނަން ހުރެގެން ނުވާނެ
  3. ނިރުގެ ފަތްތައް ހުންނަންވާނީ ފެހިކުލައިގަ.
  4. ފަތްކެޔޮ ނިރުތައް އެންމެ އަވަސް ވެގެންވެސް މުޑުވަށް ކޮށްފައިހުރި ބިމުން ނަގަންވާނީ ގަސް ބެހުމަށް ހަމަޖެހިފައިވާ ދުވަހުގެ އެއްދުވަސް ކުރިން.

 ޖަނބުރޯލް ގަސް ހުންނަންޖެހޭނެ ގޮތް

  1. ބިމުން މައްޗަށް 1.5 ފޫޓަށް ހެދިފައި ހުރުން. އަދި މައިގަނޑުގެ ޑަޔަމީޓަރުގައި 1 ސެންޓިމީޓަރު ހުރުން
  2. ގަހުގައި އެކަށީގެންވާ ވަރަށް ފަތާއި މޫ ހުންނަންވާނެ
  3. ގަސްތައް ހުންނަންވާނީ  (8’’x6’’) ސައިޒްގެ ކަޅު ކޮތަޅުގައި އިންދާފަ. އަދި ގަސްތަކުން އެއްވެސް ވަރަކަށް މޯޅިވުމުގެ ނިޝާނެއް ހުރެގެން ނުވާނެ.
  4. ގަސްތަކުގެ ސިއްހަތު ރަގނަޅުވެފަ އަދި ގަހުގެ އެއްވެސް ހިސާބެއްގައި ފަނިފަކްސާއެއްގެ ނުވަތަ ބައްޔެއްގެ ނިޝާން ފެންނަން ނެތުން

ގަސް އުފައްދަން އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގައި ހުންނަންޖެހޭ ޝަރުތުތައް

  • މިކަމަށް ކުރިމަތިލާ ފަރާތަކީ ގަސް އުފެއްދުމުގެ ފަންނީ ޤާބިލުކަމާއި، ތަޖުރިބާ ހުރި ފަރާތެއް ކަމުގައިވުން
  • ގަސް އުފެއްދުމުގެ މަސައްކަތް ކުރެވޭވަރުގެ އެކަށީގެންވާ ވަރުގެ ބިމެއް (ގޯތި ތެރެއިން ނުވަތަ ދަނޑުބިމުން) ލިބިފައިވާ ފަރާތެއް ކަމުގައިވުން

ގަސް އުފައްދާ ފަރާތުން ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން މަކުނުދޫގައި ގަސް އުފެއްދުމަށް ކަނޑައަޅާފައިވާ އަދަދައް އަދި ޓެކްނިކަލް ސްޓޭންޑެޑަށް ދެ ފަރާތުން އެއްބަސްވެވޭ މުއްދަތެއްގެ ތެރޭގައި އަމިއްލަ ތަކެތީގައި ގަސް އުފައްދާ ތައްޔާރުކޮށް މިނިސްޓްރީއަށް އެންގުން.
  • ގަސްތައް މުޑުވައް ކުރުމަށްފަހު ގަސްތައް ހެދެމުންދާގޮތް މިނިސްޓްރީއަށް މަހަކު 1 ފަހަރު ފޮޓޯއިން ހިއްސާކުރުން.
  • މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން ކަނޑައަޅާ ތާރީޚެއްގައި މަކުނުދޫ ކައުންސިލާއި، މިނިސްޓްރީއާއި ކޯޑިނޭޓްކޮށްގެން ގަސްބެހުމުގެ ކަންތައްތަކުގައި އެހީތެރިވެދިނުން.
  • ރަށުގެ ރައްޔިތުންނަށް ބަހާ ގަސްތައް އިންދިތޯ ގޭގެއަށް ގޮސް ކަށަވަރުކުރުމާއި، ނުއިންދާ ފަރާތްތައް މިގަސްތައް އިންދުމަށް މީހުން ހޭލުންތެރިކުރުވުމާއި، އަދި 1 އަހަރު ދުވަސް ވަންދެން ގަސްތައް ހަވާލުކުރާ ތާރީޚުން ފެށިގެން ކޮންމެ 06 މަހަކުން މިނިސްޓްރީއަށް ރަށު ކައުންސިލް މެދުވެރިކޮށް ލިޔުމުންނާއި، ފޮޓޯ މެދުވެރިކޮށް ރިޕޯޓްކުރުން

އަންދާސީ ހިސާބު ހުށަހަޅަންވީ ގޮތް

  • ކޮންމެ ބާވަތެއްގެ ގަސް އުފައްދައި ދޭނެ އަގު ވަކިން ހުށަހެޅުން އަދި ޖުމްލަ އަގު ހުށަހެޅުން (ހުށަހަޅާ އަގުތަކަށް ބެލުމަށްފަހު ބައެއް ބާވަތްތައް އުނިކޮށް ނުވަތަ އަދަދު މަދު ކުރަން ޖެހިދާނެއެވެ.)
  • ހދ. މަކުނުދޫ ކައުންސިލުން ކަނޑައަޅާ  އެރަށުގެ ތަނަކަށް ގަސްތައް ގެނެސް ޖަމާކޮށްދޭނެ އަގު ވަކިން ހުށަހެޅުން
  • ގަސް އުފައްދާ ނާރސަރީ ހުންނާނެ ލޮކޭޝަން ބަޔާންކުރުން
  • މަސައްކަތާ ޙަވާލުވާ ތާރީޚުން ފެށިގެން ގަސް އުފައްދާ ނިންމާ ރައްޔިތުންނަށް ބެހުމަށްޓަކައި ރަށުގެ ކައުންސިލާ ޙަވާލު ކުރާނެ މުއްދަތު. (އެކި ބާވަތްތަކުގެ ގަސްތައް އުފެއްދުމަށް ނަގާ މުއްދަތު ތަފާތު ވިޔަސް ހުރިހާ ގަސްތަކެއް ތައްޔާރުކޮށް ހަވާލު ކުރަންވާނީ އެއް ތާރީޚެއްގައެވެ.)

އަންދާސީ ހިސާބާ އެކީ ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

  • ކޯޕަރޭޓިވް ސޮސައިޓީ، ކްލަބް ޖަމްއިއްޔާ ޖަމާޢަތަކުންނަމަ ރެޖިސްޓްރޭޝަން ކޮޕީ އަދި ހިންގާ ޤަވާއިދާއި އަސާސީ ޤަވާއިދުގެ ކޮޕީ
  • ކުންފުންޏެއްނަމަ ރެޖިސްޓްރޭޝަން ކޮޕީއާއެކީ، ހިންގާ ޤަވާއިދާއި އަސާސީ ޤަވާއިދުގެ ކޮޕީ އަދި ބޯޑް ރިސޮލިއުޝަން
  • އަމިއްލަ ފަރުދެއް ނަމަ އައި.ޑީ ކާޑް ކޮޕީ
  • އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ނަމުގައި ރަޖިސްޓްރީވެފައި އޮންނަ ހުސްބިން އޮތް ގޯއްޗެއްނަމަ ގޯތީގެ ރަޖިސްޓްރީގެ ކޮޕީއެއް ނުވަތަ މިމަސައްކަތައް ބޭނުންކުރާނީ އެހެން މީހެއްގެ ގޯއްޗެއްނަމަ، ގޯތީގެ ރަޖިސްޓްރީގެ ކޮޕީއާ އެއްކޮށް އެގޯތީގެ ވެރިފަރާތުން މިމަސައްކަތް ކުރުމަށް ހުއްދަ ދީފައިވާކަމުގެ ލިޔުމެއް (ވެރިފަރާތުގެ އައި.ޑީ ކާޑް ކޮޕީއާއެކީ)
  • ދަނޑުބިމެއްނަމަ، ރަށު ކައުންސިލުން ބިން ދޫކޮށްފައިވާ ކަމުގެ ލިޔުމެއް (ދަނޑުގެ ބޮޑުމިނާއި، ދޫކުރިފަރާތް އަދި ދޫކުރި މުއްދަތު އިނގޭނެފަދަ ލިޔުމެއް) ނުވަތަ މިމަސައްކަތް ކުރުމަށް ބޭނުންކުރާނީ އެހެން މީހެއްގެ ބިމެއްނަމަ، ބިން ދޫކޮށްފައިވާކަމުގެ ލިޔުމާއެކީ، ބިން ނަގާފައިވާ ފަރާތުން މިމަސައްކަތް ކުރުމަށް ހުއްދަ ދީފައިވާކަމުގެ ލިޔުމެއް ވެރިފަރާތުގެ އައި.ޑީ ކާޑް ކޮޕީއާއެކީ)
  • ގަސް އުފެއްދުމުގެ މަސައްކަތް ކުރުމަށް ކަނޑައަޅާ ގޯތީގައި ނުވަތަ ދަނޑުބިމުގައި މިފަދަ މަސައްކަތެއް ކުރުމަށް ހުސް ޖާގަ ލިބޭ މިންވަރު އަންގައިދޭ ލިޔުމެއް (ކައުންސިލުން ދީފައިވާ)
  • މަސައްކަތުގެ ތަޖުރިބާ ހުރިނަމަ އެކަމުގެ ލިޔެކިޔުންތައް (ދަނޑުވެރިކަމާ ގުޅުންހުރި ތަމްރީނެއް ފުރިހަމަ ކޮށްފައިވާނަމަ ސެޓްފިކެޓް، ދަނޑުވެރިކަމުގެ މަސައްކަތް ކުރަމުން ގެންދާނަމަ އެމަސައްކަތެއްގެ ތަފްޞީލާ (ހައްދާ ބާވަތް، ދަނޑު ބިމުގެ ބޮޑުމިން) މަސައްކަތުގައި ހޭދަވީ މުއްދަތު އެނގޭނެހެން ރަށުގެ ކައުންސިލުން ދީފައިވާ ލިޔުން

ގަސްއުފައްދާދޭނެ ފަރާތެއް ހޮވުމުގައި ބަލާނެ ކަންތައްތައް

އަގު

70%

މުއްދަތު

15%

ފަންނީ ތަޖުރިބާ

15%

......................................

19 އޭޕްރީލް 2017

20 އޭޕްރިލް 2017