މަސައްކަތް
ނަންބަރު: (IUL)267/267/2017/15
ޕަބްލިޝްކުރި ތާރީޚް: 19 އޭޕްރިލް 2017
ޕަބްލިޝްކުރި ގަޑި: 14:05
ސުންގަޑި:
26 އޭޕްރިލް 2017 14:00
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޙާފިޡަކު ހޯދުމާއިބެހޭ
އިޢުލާން
1438 ވަނަ އަހަރުގެ ރަމަޟާންމަހު، މިރަށު މަސްޖިދުލް ފިރުދައުސްގައި ހިފްޛްކޮށް އިމާމުވެ ތަރާވީހް ނަމާދު ކޮށްދޭނެ ޙާފިޡަކު މިކައުންސިލަށް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ތިރީގައިމިވާ މަޢުލޫމާތާއި އެއްގޮތަށް މިކަން ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 26 އެޕްރީލް 2017 ވަނަ ދުވަހުގެ 14:00 ގެ ކުރިން އަގު (ކޯޓޭޝަން) މިއިދާރާގެ ޕްރޮކިއުމަންޓް މެއިލް:[email protected] އަށް ފޮނުއްވައިދެއްވުން އެދެމެވެ. ނުވަތަ މިއިދާރާގެ ކައުންޓަރަށް ޙަވާލުކޮށްދެއްވުން އެދެމެވެ.
މަޢުލޫމާތު:
- ޙާފިޡު ވާންޖެހޭނީ އިސްލާމިކް މިނިސްޓްރީން ހުއްދަ ދީ އެޕްރޫވް ކޮށްފައިވާ ޙާފިޒުޡުކަމުގެ ސަނަދު އޮތް ފަރާތަކަށެވެ.
- ޙާފިޡަކީ ރާއްޖެއިން ބޭރު ފަރާތެއްނަމަ، ނަގަންޖެހޭ ޚާއްސަ ވިސާގެ ފޯމްގައި ކައުންސިލްގެ ތައްގަނޑު ޖަހައިދެވޭނެއެވެ.
- 26 މެއި 2017 ވަނަ ދުވަހުގެ ކުރިން ހާފިޒު ހދ. ކުމުންދޫއަށް ފޮނުވަންވާނެއެވެ.
- ޙާފިޡު ހދ. ކުމުންދޫ އަށް ގެނައުމަށާއި ފުރުވުމަށް ކުރަންޖެހޭ ދަތުރުތަކުގެ ހުރިހާ ޚަރަދެއް ކުރަންޖެހޭނީ ހާފިޒު ގެނެސްދޭ ފަރާތުންނެވެ. މީގެ ތެރޭގައި ހާފިޒު ހދ. ކުމުންދޫއާ ހަމައަށް ފޮނުވައި ދިނުމަށް ކުރަންޖެހޭ އެންމެހާ ޚަރަދެއް ހިމެނޭނެއެވެ.
- ޙާފިޡު ހދ. ކުމުންދޫގައި ހުރުމާއި ކެއުމުގެ ހުރިހާ ޚަރަދެއް ހަމަޖައްސާނީ މި ކައުންސިލުންނެވެ.
- ރަމަޟާން މަހުގެ ތަރާވީޙް ނަމާދު ނިމުމާއެކު 02 ދުވަހުގެ ތެރޭގައި ޙާފިޡު ހދ. ކުމުންދޫއިން ފުރުމުގެ އިންތިޒާމް ޙާފިޡު ގެންނަ ފަރާތުން ހަމަޖައްސަންވާނެއެވެ.
ޕޮއިންޓް ދެވޭނެ މިންގަނޑު
- ހުށަހަޅާ އަގު 100 ޕޮއިންޓް (އެންމެ ކުޑައަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް ލިބޭގޮތަށް)
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.
19 އޭޕްރިލް 2017