ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-A/266/2017/25
ޕަބްލިޝްކުރި ތާރީޚް: 19 އޭޕްރިލް 2017
ޕަބްލިޝްކުރި ގަޑި: 11:07
ސުންގަޑި: 08 މޭ 2017 00:00
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
50 މަގުމަތީ ބައްތި ގަތުމަށް

އަންދާސީ ހިސާބު ބޭނުންވެއްޖެ

              މިއިދާރާގެ ނަންބަރ (IUL)266-A/266/2017/22 (06 އެޕްރީލް 2017) އިޢުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަކަށް ތަރުހީބު ލިބިފައިނުވާތީ އަލުން އިޢުލާން ކުރަމަވެ.

              މިއިދާރާއަށް 50 މަގުމަތީ ބައްތި ގަތުމަށް ބޭނުންވެއެވެ. ވީމާ، މިއިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް މަގުމަތީ ބައްތި ފޯރުކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތިން މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށް ފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

*     މަޢުލޫމާތު ސާފުކުރުން: 27 އެޕްރީލް 2017 ވާ ބުރާސްފަތި ދުވަހުގެ 10:30

*     އަންދާސީ ހިސާބު ހުށަހެޅުން: 08 މެއި 2017 ވާ ހޯމަ ދުވަހުގެ 10:30

              މައުލޫމާތު ސާފުކުރެއްވުމަށާއި ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާން ކުރައްވައި ސިޓީ ހުށަހަޅުއްވަން ވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައި ނުގަންނަވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ނަންބަރ 2014/18 ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅުއްވޭނެ ކަމުގައި ދަންނަވަމަވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ނަންބަރ 6521170 އަށް ގުޅުއްވުން އެދެމެވެ.

              22 ރަޖަބް 1438 ހ.

              19 އެޕްރީލް 2017  މ.

19 އޭޕްރިލް 2017