ނީލަން
ނަންބަރު: (iul)374-C/374/2017/14
ޕަބްލިޝްކުރި ތާރީޚް: 18 އޭޕްރިލް 2017
ޕަބްލިޝްކުރި ގަޑި: 10:32
ސުންގަޑި: 29 އޭޕްރިލް 2017 16:30
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަސް ނީލަންކިޔުން

އާސާރީ ސަރަހައްދުގެ ދެކުނުން ކެނޑުމަށް ހަމަޖައްސާފައިވާ މަގާއި، ހުކުރު މިސްކިތްމަގުގައި ހުރި ރުއްގަހުގެ ނީލަންކިޔުން 2017 އެޕްރީލް 29 ވާ ހޮނިހިރު ދުވަހުގެ ހަވީރު 04:30 ގައި އެސަރަހައްދުތަކުގައި އޮންނާނެއެވެ. ނީލަންކިޔަން ފަށާނީ އާސާރީ ސަރަހައްދުގެ ދެކުނުން ކެނޑުމަށް ހަމަޖެހިފައިވާ މަގުގެ ހުޅަނގުކޮޅުންނެވެ.

ވީމާ، މިނީލަމުގައި ބައިވެރިވެ ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން 2017 އެޕްރީލް 30 ވާ އާދީއްތަ ދުވަހުގެ އިދާރާ ބަންދުވުމުގެ ކުރިން މިއިދާރާއަށް ފައިސާ ދައްކަވައި 2017 މެއި 06 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް ނީލަމުންނެގި ތަކެތި ބުޑުންކޮނެގެން ނަންގަވައި ބިންސާފްކުރަންވާނެއެވެ. މިމުއްދަތުގެ ތެރޭގައި އެގޮތަށް ޢަމަލުނުކުރާ ފަރާތްތަކަށް ކުރިއަށްއޮތް 01 އަހަރު ދުވަހުގެ ތެރޭގައި މިއިދާރާއިން ކިޔާ ނީލަމެއްގައި ބައިވެރިވުމުގެ ފުރުޞަތެއް ނުލިބޭނެއެވެ. އަދި މިއިދާރާއިން ކިޔާފައިވާ ނީލަމެއްގައި ފައިސާދައްކާފައިނުވާ ފަރާތްތަކަށްވެސް މިނީލަމުގައި ބައިވެރިވުމުގެ ފުރުޞަތެއް ނުލިބޭނެއެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. 

18 އޭޕްރިލް 2017