ވަޒީފާގެ ފުރުޞަތު
ނަންބަރު: 60-ADM/2017/97
ޕަބްލިޝްކުރި ތާރީޚް: 16 އޭޕްރިލް 2017
ޕަބްލިޝްކުރި ގަޑި: 15:02
ސުންގަޑި: 23 އޭޕްރިލް 2017 12:30
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
މެކޭނިކަލް އެސިސްޓެންޓެއް ބޭނުންވެއްޖެ

މަޤާމް :މެކޭނިކަލް އެސިސްޓެންޓް
ބޭނުންވާ އަދަދު :1

 

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައި މިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް: މެކޭނިކަލް އެސިސްޓެންޓް

އަދަދު: 01 (އެކެއް)

އަސާސީ މުސާރަ: މަހަކު -/4690 ރުފިޔާ

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް (1 އަހަރު ދުވަސް)

މަސައްކަތް ކުރަންޖެހޭތަން:  އެސްޓީއޯ ވެހިކަލް ގަރާޖް

އެހެނިހެން ޢިނާޔަތްތައް:

  • އިތުރު އެލަވަންސް: މަހަކު -/2000 ރުފިޔާއާއި -/2500 ރުފިޔާއާ ދެމެދުގެ އަދަދެއް ތަޢުލީމީ ފެންވަރަށްބަލައި ހަމަޖައްސައި ދެވޭނެއެވެ.
  • އިތުރުގަޑީގައްޔާއި، ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާލިބޭނެއެވެ.
  • ހަމަޖެހިފައިވާ އުސޫލުން އެޓެންޑަންސް އެލަވަންސް ލިބޭނެއެވެ.
  • ޕްރޮބޭޝަނަށްފަހު ސްޓާފް އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު

  • ވެހިކަލްތައް ބަލައި ތަހުލީލުކޮށް މަރާމާތުކުރުމާއި، ވެހިކަލްތަކުގެ މެއިންޓަނެންސް މަސައްކަތްކުރުން
  • އެސްޓީއޯގެ މެޝިނަރީއާއި، އެކަމާ ގުޅުންހުރި ވަސީލަތްތައް މަރާމާތުކޮށް މެއިންޓަނެންސް މަސައްކަތްކުރުން
  • އެސްޓީއޯގެ ޕްރޮޖެކްޓް ތަކުގެ ޢަމަލީ މަސައްކަތްތައް ކުރުން                                                                   

ޝަރުތު:

  • މަސައްކަތާ ގުޅުންހުރި ދާއިރާއަކުން އެޑްވާންސް ލެވެލްގެ ކޯހެއް ފުރިހަމަ ކޮށްފައިވުން ނުވަތަ މަސައްކަތުގެ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައި ހުރި މީހެއް ކަމުގައިވުން 

ސުންގަޑި:

  • މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 އެޕްރީލް 23 ވާ އާދިއްތަ ދުވަހުގެެ 12:30 ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.
  • އެޕްލިކޭޝަން ފޯމު އެސްޓީއޯގެ ހެޑް އޮފީހުގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި އެސްޓީއޯގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެންވެސް ހުންނާނެއެވެ.

ނޯޓު:

  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓުލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި، މަސައްކަތު ތަޖުރިބާއާއި، އިންޓަރވިއުއަށް ބަލައި އެންމެ މަތިން މާކުސްލިބޭ ފަރާތެކެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ، ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344264 ވެބްސައިޓް: www.sto.mv އީމެއިލް: [email protected]

 

16 އެޕްރީލް 2017

 

 

 

 

 

16 އޭޕްރިލް 2017