ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)13-HR/13/2017/74
ޕަބްލިޝްކުރި ތާރީޚް: 18 އޭޕްރިލް 2017
ޕަބްލިޝްކުރި ގަޑި: 08:10
ސުންގަޑި: 20 އޭޕްރިލް 2017 13:00
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ލީގަލް އޮފިސަރ

މި މިނިސްޓްރީގެ ޕަބްލިކް އެންޓަރޕްރައިސަސް މޮނިޓަރިންގ ގެ މަސައްކަތްތައް ހަރުދަނާ ކުރުމަށްޓަކައި ޤާނޫނީ ދާއިރާއިން ތަޢުލީމު ޙާސިލްކުރައްވާފައިވާ އަދި މަސައްކަތާއިގުޅޭ ތަޖުރިބާ ލިބިލައްވާފައިވާ ފަރާތެއް ލީގަލް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ހޯދުމަށްޓަކައި 23 މާރިޗު 2017 ގައި ކުރެވިފައިވާ އިޢުލާން ނަންބަރު (IUL)13-HR/13/2017/60  އިޢުލާން ބާތިލްކޮށް އަލުން މިމަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

މި މަސައްކަތާ ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ. އަދި މި މަސައްކަތާބެހޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

 

ވީމާ، ވަޒީފާއަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން  2017 އޭޕްރިލް 20 ވާ ބުރާސްފަތި ދުވަހުގެ 13:30ގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުވުން އެދެމެވެ. އަދި އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުއްވާއިރު ސީވީއާއި، ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ވަޒީފާއަދާކުރިކަމުގެ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

 

ކޯޕަރޭޓް އެފެއާޒް ޑިވިޜަން

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ

އަމީނީމަގު،

މާލެ،  ދިވެހިރާއްޖެ.

ޓެލެފޯން: 3349169 ، 3349129

ފެކްސް: 3324432

އީމެއިލް އެޑްރެސް: [email protected],

18 އޭޕްރިލް 2017