ދިވެހިރާއްޖެ
1438 ވަނަ އަހަރުގެ ރަމަޟާންމަހު، މިރަށު މަސްޖިދުލް ފުރުޤާނުގައި އިމާމުވެ ހިފްޛްކޮށް ތަރާވީހް ނަމާދު ކޮށްދޭނެ ހާފިޒަކު، މިކައުންސިލް އިދާރާއަށް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު: (IUL)417-CA/417/2017/15 (29 މާރިޗު 2017) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅުއްވާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، ތިރީގައިމިވާ މަޢުލޫމާތާއި އެއްގޮތަށް މިކަން ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2017 އެޕްރީލް 25 ވަނަ ދުވަހުގެ 14:00 ގެ ކުރިން އަންދާސީ ހިސާބު (ކޯޓޭޝަން) މިއިދާރާގެ ޕްރޮކިއުމަންޓް މެއިލް: [email protected] އަށް ފޮނުއްވައިދެއްވުން އެދެމެވެ. ނުވަތަ މިއިދާރާގެ ކައުންޓަރަށް ޙަވާލުކޮށްދެއްވުން އެދެމެވެ. އީމެއިލް ފޮނުވުމަށްފަހު މިއިދާރާގެ ފޯން ނަންބަރު 6840015 އަށް ގުޅުއްވައި އެކަން އެންގެވުން އެދެމެވެ.
މަޢުލޫމާތު:
- ހާފިޒު ވާންޖެހޭނީ އިސްލާމިކް މިނިސްޓްރީން ހުއްދަ ދީ އެޕްރޫވް ކޮށްފައިވާ ޙާފިޒުކަމުގެ ސަނަދު އޮތް ފަރާތަކަށެވެ.
- ހާފިޒަކީ ރާއްޖެއިން ބޭރު ފަރާތެއްނަމަ، ނަގަންޖެހޭ ޚާއްސަ ވިސާގެ ފޯމްގައި ކައުންސިލްގެ ތައްގަނޑު ޖަހައިދެވޭނެއެވެ.
- 26 މެއި 2017 ވަނަ ދުވަހުގެ ކުރިން ހާފިޒު ހޯނޑެއްދޫއަށް ފޮނުވަންވާނެއެވެ. އަދި ރަމަޟާން މަހުގެ ތަރާވީޙް ނަމާދު ނިމުމާއެކު 02 ދުވަހުގެ ތެރޭގައި ހާފިޒު ހޯޑެއްދޫއިން ފުރުމުގެ އިންތިޒާމް ހަމަޖައްސަންވާނެއެވެ.
- ހާފިޒު ހޯނޑެއްދޫ އަށް ގެނައުމަށާއި ފުރުވުމަށް ކުރަންޖެހޭ ދަތުރުތަކުގެ ހުރިހާ ޚަރަދެއް ކުރަންޖެހޭނީ ހާފިޒު ގެނެސްދޭ ފަރާތުންނެވެ. މީގެ ތެރޭގައި ހާފިޒު ހޯޑެއްދޫއާ ހަމައަށް ފޮނުވައި ދިނުމަށް ކުރަންޖެހޭ އެންމެހާ ޚަރަދެއް ހިމެނޭނެއެވެ.
- ހާފިޒު ހޯނޑެއްދޫގައި ހުރުމާއި ކެއުމުގެ ހުރިހާ ޚަރަދެއް ހަމަޖައްސާނީ މި ކައުންސިލުންނެވެ.
ޕޮއިންޓް ދެވޭނެ މިންގަނޑު
- ހުށަހަޅާ އަގު 100 ޕޮއިންޓް (އެންމެ ކުޑައަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް ލިބޭގޮތަށް)
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
20 ރަޖަބު 1438