މަސައްކަތް
ނަންބަރު: (IUL)445-MS/445/2017/9
ޕަބްލިޝްކުރި ތާރީޚް: 16 އޭޕްރިލް 2017
ޕަބްލިޝްކުރި ގަޑި: 10:37
ސުންގަޑި: 23 އޭޕްރިލް 2017 09:30
ފުވައްމުލަކު ދޫނޑިގަން ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދޫނޑިގަން ކައުންސިލްގެ އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމާއި ބެހޭ

     މެއި 2017 އިން ފެށިގެން 1 އަހަރު ދުވަހުގެ މުއްދަތަށް، ކޮންޓްރެކްޓް އުޞޫލުން ދޫނޑިގަން ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރު IUL)445-MS/445/2017/7) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އެސްޓިމޭޓްތައް ބޮޑުކަމަށް ފެންނާތީވެ، އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

     ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 23 އެޕްރީލް 2017 ވާ އާދީއްތަ ދުވަހު 09:30 އަށް މިކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 25 އެޕްރީލް 2017 ވާ އަންގާރަ ދުވަހުގެ 09:30 އަށް އެސްޓިމޭޓް ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް އެސްޓިމޭޓް ހުށައެޅުއްވުމުގެ ފުރުޞަތު ނުދެވޭނެއެވެ. އަދި އެސްޓިމޭޓް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައަކަށްލާ އެފަރާތެއްގެ ނަން ޖަހާފައެވެ.

 

އެސްޓިމޭޓް ހުށައަޅުއްވާ ފަރާތްތަކަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވަނީ ތިރީގައި ދަންނަވާފައިވާ ގޮތަށެވެ.

1-     އަގު: 80 ޕޮއިންޓް

މިބަޔަށް ޕޮއިންޓް ދެވޭނީ އެކަށީގެންވާ ކުޑަ އަގު ހުށައަޅާ ފަރާތްތަކަށް ގިނަ ޕޮއިންޓް ދޭ އުޞޫލުންނެވެ.

2-     އެސްޓިމޭޓް: 10 ޕޮއިންޓް

މިބަޔަށް ޕޮއިންޓް ދެވޭނީ ދިވެހިންނަށް ވަޒީފާ ދިނުމާއި، އިދާރާގެ ސާފުތާހިރުކަމާއި ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކުރާނެ ފެންވަރު އެސްޓިމޭޓްގައި ހިމަނާފައިވާ މިންވަރަށް ބަލައިގެންނެވެ. އަދި އިޖްތިމާޢީގޮތުން ދޫނޑިގަމަށް ކޮށްދޭނެ ކަންތައްތައް އެސްޓިމޭޓްގައި ހިމަނާފައިވާ މިންވަރަށް ބަލައިގެންނެވެ.

3-     އިތުބާރު: 10 ޕޮއިންޓް

މިބަޔަށް ޕޮއިންޓް ދެވޭނީ ކުރިން ކޮށްފައިވާ މިފަދަ މަސައްކަތުގެ ލިޔުންތައް ހުށައަޅާފައިވާނަމަ އެފަދަ ލިޔުންތަކާއި ކުރިން ކޮށްފައިވާ މަސައްކަތްތަކަށް ބަލައިގެންނެވެ.

                       19 رجب 1438

16 އޭޕްރިލް 2017