ވަޒީފާގެ ފުރުޞަތު
ނަންބަރު: GS52/IUL/2017/12
ޕަބްލިޝްކުރި ތާރީޚް: 17 އޭޕްރިލް 2017
ޕަބްލިޝްކުރި ގަޑި: 10:30
ސުންގަޑި: 25 އޭޕްރިލް 2017 13:00
ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް މީހަކު ހޯދުން

   މަޤާމް:                         އެޑްމިނިސްޓްރޭޓިވް އޮފިސަރ

   ބޭނުންވާ އަދަދު:                01

   ރޭންކް:                     ޖީ. އެސް 3

   ކްލެސިފިކޭޝަން :              އޮފިސަރ ގްރޭޑް 2 

   މުސާރަ :                    -/4465 ރުފިޔާ

   ސަރވިސް އެލަވަންސް:           -/1500 ރުފިޔާ

   ވަޒީފާއޮތް އޮފީސް:              ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް

   ގިންތި:                      ވަގުތީ

   ވަޒީފާއަދާކުރާ ސެކްޝަނާއި ތަން :    އިދާރީ އޮފީސް

                        

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:

1-      ދޭސީންނާއި ބިދޭސީންގެ ޕާސަނަލް ފައިލްތައް އަޕްޑޭޓްކޮށް ރައްކާތެރިކަމާއިއެކު ބެލެހެއްޓުމާއި އެފަރާތްތަކުގެ ވަޒީފާއާއި ގުޅުން.

2-      ހުރި އެންމެހާ ކަންތައްތައް ސުކޫލުގެ އިސްވެރިޔާގެ ލާފާގެ މަތިން ކުރިޔަށް ގެންދިޔުން.

3-      ސްކޫލުގެ އިސްވެރިޔާގެ ލަފާގެމަތިން މުހިންމު ލިޔެކިޔުންތަކަށް ޖަވާބުދިނުން.

4-      ކަނޑައެޅިފައިވާ ގޮތުގެ މަތިން ސްކޫލުގެ އެންމެހާ މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުން.

5-      މަޤާމުތަކަށް ކުރެވޭ އިޢުލާނާއި ގުޅިގެން ކުރަންޖެހޭ އިންޓަވިއުތައް ބޭއްވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތަކެއް ކުރުމާއި އިންޓަރވިއުއަށްފަހު މަޤާމަށް މީހަކު އައްޔަން ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

6-      މުވައްޒަފުންނަށްޗުއްޓީ އާބެހޭ ރެކޯރޑުތައް ބަލަހައްޓާ، މުވައްޒަފުންގެ ޗުއްޓީގެ ކަންތައް ހަމަޖެއްސުން.

7-      ކޮންމެ އަހަރެއް ފެށުމުން މުވައްޒަފުން ޗުއްޓީއަށް ދާގޮތުގެ ތާވަލް އެކުލަވާލުން.

8-      އޮފީސް ހުޅުވާ ލެއްޕުން.

9-      ސީނިޔަރ މެނޭޖްމަންޓްގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔުން.

10-  ސްޓާފުންގެ އެޕްރެއިޒަލް ފޯމުތައް ތައްޔާރުކޮށް ސްޓާފުން އެޕްރެއިޒް ކުރުމުގެ މަސައްކަތްތައް ސުކޫލުގެ އިސްވެރިޔާގެ ލަފާގެ މަތިން ރާވާ ހިންގުން.

11-  އެއަހަރެއްގެ އެޕްރައިޒަލް މަސައްކަތް ނިމުމުން ރިޕޯޓް ހަދައި  މިނިސްޓްރީއަށް ފޮނުވުން.

12-  ސްކޫލުގެ އިދާރީ މަސައްކަތްތަކުގައި ބޭނުންކުރާ ފޮތްތަކާއި ފައިލްތައް ބެލެހެއްޓުމާއި ފައިލްތައް ހެދުން.

13-  ސްކޫލުގެ ފަރާތުން ބާއްވާ އެކިއެކި މުބާރާތްތަކާއި، ރަސްމިއްޔާތުތައް އިންތިޒާމު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.

14-  އަތޮޅު ސްކޫލްތަކުގެ މުސާރަ ޝީޓް ހެދުން.

15-  މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމާއި ހާޒިރީ ރިޕޯރޓު ހެދުން.

16-  މުވައްޒަފުންގެ ދާއިމީ ރަޖިސްޓްރީ އާއި ވަގުތީ ރަޖިސްޓްރީ އަޕްރޭޓްކޮށް ބެލެހެއްޓުން.

ޝަރުތު:                                                                                                      

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިންތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

  • ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު
  • މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
  • މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް                         

އިންޓަރވިއު ކުރުން

ހ. މިމަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަރވިއު ކުރުމަށްފަހުގައެވެ. މި އިޢުލާނުގެ މުއްދަތު ހަމަވާތާ 07 ދުވަހުގެ ތެރޭގައި އިންޓަރވިއު އޮންނާނެ ތާރީޚަކާއި ވަގުތެއް އެންގޭނެއެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ލިބެން ހުންނާނީ ޙަމަދު ސްކޫލްގެ ކައުންޓަރުންނާއި، (www.csc.mvއިން ލިބިވަޑައިގަންނަވާނެއެވެ.

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ ޤަބޫލުކުރާ ފެންވަރެއްގެ ކޯހުގެ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ރ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު) 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

-       ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ޙަމަދު ސްކޫލް އޮފީހަށެވެ.

-       ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 25 އޭޕްރީލް 2017 ވާ އަންގާރަ ދުވަހުގެ 13:30 އެވެ.

ނޯޓް:  

މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ޙަމަދު ސްކޫލުގެ ގެ ނަންބަރު 6800012 ފޯނަށް ގުޅުއްވުން އެދެމެވެ. 

 

16 އޭޕްރީލް 2017

17 އޭޕްރިލް 2017