ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ
އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) ގެ އެހީގައި މި މިނިސްޓްރީން ހިންގަމުންދާ ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ޑައިވަރސިފިކޭޝަން ޕްރޮގްރާމްގެ " އައުޓްކަމް އިމްޕެކްޓް ސަރވޭ " ހައްދަވައި ދެއްވާނެ ފަރާތެއް ބޭނުންވެއެވެ.
މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން އަރުވަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ މަޢުލޫމާތު (ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުޞީލު، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި އެހެނިހެން މަޢުލޫމާތު) އަދި މަސައްކަތް ކުރުމަށް ހުށަހަޅާ އަގާއި ތަފުސީލު ހުށަހަޅަން ވާނެއެވެ. މިމަސައްކަތް ކުރުމަށް އަގު ހުށަހަޅާއިރު، ކޮންސަލްޓޭޝަން ފީ، ދަތުރު ފަތުރު، ސަރވޭކުރުމަށް ދާނެ ޚަރަދު އަދި މިނޫންވެސް މިސައްކަތް ކުރުމަށް ހިނގާނެ ޚަރަދު ހިމަނަން ވާނެއެވެ. މިމަސައްކަތް ޙަވާލު ކުރުމުގައި، ހަފްތާ ބަންދު ދުވަސްތައް ހިމަނައިގެން މިމަސައްކަތް 30 ދުވަހުގެ ތެރޭގައި ކޮށްދެއްވާނެ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ، ޝަރުޠު ހަމަވާ ފަރާތްތަކުން 25 އޭޕްރިލް 2017 ވާ އަންގާރަ ދުވަހުގެ 14:00 ގެ ނިޔަލަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތުގެ ތަފްސީލް "ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރު)" މިއިއުލާންއާއި އެއްއުރަ ކުރެވިފައި ވާނެއެވެ. އިތުރު މައުލޫމާތު ހޯދުމަށް މިނިސްޓްރީގެ ނަންބަރު 3331836 އަށް ގުޅުއްވައިގެން ނުވަތަ [email protected] އިން ލިބިވަޑައިގަންނަވާނެއެވެ.
.
19 ރަޖަބު 1438
16 އޭޕްރިލް 2017