ދިވެހިރާއްޖެ
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
މާލެ، ދިވެހިރާއްޖެ
ނަންބަރު: FAM/IUL/2017/007
އިޢުލާން
މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައި މިއެސޯސިއޭޝަންއިން ރާއްޖޭގެ ހުރިހާ ރިސޯޓްތަކަކަށް ހުޅުވާލައިގެން ފުޓްސަލް
މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
* މުބާރާތުގައި ބައިވެރިވުމަށް ނަގާ ފީ އަކީ -/2،000 ޑޮލަރެވެ.
* މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ ހޯމް އެންޑް އަވޭ އުސޫލަށެވެ.
* މުބާރާތް ކުޅޭނީ ޓާރފް ނުވަތަ މެޓް ދަނޑުތަކުގައެވެ. އަދި ދަނޑުގެ މިނަކީ: 38 މީޓަރު - 20 މީޓަރު އެވެ.
* ޓީމްގައި ރަޖިސްޓްރީ ކުރެވޭނީ ރިސޯޓް ސްޓާފުން އަދި ރާއްޖޭން ބޭރު 1 ކުޅުންތެރިއެކެވެ.
* މެޗްތަކަށް ރިސޯޓަށް ދާ މެޗް އޮފިޝަލުންގެ ޓަރާންސްޕޯޓް، ހުރުން އަދި ކެޔުން 3 ދުވަހަށް ރިސޯޓުން ހަމަޖައްސައި ދެއްވަންވާނެއެވެ.
މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ރިސޯޓްތަކުން 11 މޭ 2017 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން
[email protected] އަށް އީމެއިލް ކޮށްދެއްވުމަށް ދަންނަވަމެވެ.
16 އޭޕްރީލް 2017