ދިވެހިރާއްޖެ
ތާޖުއްދީން ސްކޫލް
މާލެ/ދިވެހިރާއްޖެ
ތާރީޚް: 16 އޭޕްރީލް 2017 ނަމްބަރު: TS/HR/IU/2017/11
ވަޒީފާގެ ފުރުޞަތު
|
މަޤާމް: ސްޕޯޓްސް ސުޕަވައިޒަރ ބޭނުންވާ ޢަދަދު: 1 މަޤާމުގެ ގިންތި: ދާއިމީ މަޤާމުގެ ރޭންކު: ޖީ.އެސް 3 މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 ސެކްޝަން: އެކަޑަމިކް ސެކްޝަން މަޤާމް އޮތް އޮފީސް: ތާޖުއްދީން ސްކޫލް ވަޒީފާ އަދާކުރަންޖެހޭ ތަން: ތާޖުއްދީން ސްކޫލް މުސާރަ : -/4465ރ ސަރވިސް އެލަވަންސް: -/1500ރ އިތުރު އިނާޔަތްތައް: އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. __________________________________________________________________________________________________ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: 1- ސްކޫލްގެ ދަރިވަރުންނަށް ހިންގޭ ސްޕޯޓްސްގެ ހަރަކާތްތައް ރާވާ ހިންގުން. 2- ދަރުވަރުންގެ ޕީ.އީ ގަޑިތައް ނެގުމުގައި މުދައްރިސުންނަށް އެހިތެރިވެދިނުން. 3- ސްކޫލްގައި އަދި ސްކޫލުންބޭރުގައި ބޭއްވޭ އެކި އެކި ކުޅިވަރު މުބާރާތްތަކަށް ޓީމްތައް ތައްޔާރުކުރުން. 4- ކުޅިވަރު ހަރަކާތްތަކަށް ބޭނުންވާ ތަކެތި ޤަވަޢިދާ އެއްގޮތަށް ހޯދުން އަދި އެ ތަކެތީގެ އިންވެންޓްރީ ބެލެހެއްޓުން. 5- ކުޅިވަރު ޙަރަކާތްތަކާގުޅޭ އެންމެހާ ރެކޯޑްތައް ބެލެހެއްޓުން. 6- މީގެ އިތުރުންވެސް ސްޕޯޓްސް ސުޕަވައިޒަރެއްގެ ހައިޘިއްޔަތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން. މަޤާމުގެ ޝަރުޠުތައް: 1- ކުޅިވަރުގެ ދާއިރާ/ކިޔަވައިދިނުމުގެ ދާއިރާ އިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާޞިލްކޮށްފައި ވުމާއެކު، ކުޅިވަރުގެ ދާއިރާ/ކިޔަވައިދިނުމުގެ ދާއިރާ ގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: ޙާޞިލްކޮށްފައިވާ ތަޢުލީމާ ތަމްރީނަށް ބަލައިގެންނާއި، މި މަޤާމުގެ މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެން އަދި އިންޓަރވިއު ކޮށްގެން. |
|
- ހުށަހަޅަންޖެހޭތަކެތި: 1- ފުރިހަމަކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް 2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް) 3- ވަޒީފާ އަށް އެދޭފަރާތުގެ ދިވެހި ރައްޔެތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވަ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. 4- ސިވިލް ސަރވިސް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއްނެތް ކަމަށް، އެމުއައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިއުމެއް. 5- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ހ) މޯލްޑިވްސްކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، (ރާއްޖޭގައި ރެޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި ރާއްޖޭން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ހިންގާ ރާއްޖޭން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބަލާފައިވާ ސެޓްފިކެޓް ތައް ނުވަތަ ކޯސް ފުރިހަމަކުރުމުގެ ލިއުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިއުމުގެ ކޮޕީ. (ށ) ރާއްޖޭގައި ރެޖިސްޓްރީކޮށްގެން ހިންގާ މަތީ ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ތަކުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިއުމުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
6- ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ. 7- ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލްސަރވިސް ޓްރޭނިންގ އިންސްޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ 8- މަސައްކަތު ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިއުންތަކުގެ ކޮޕީ (ހ)ސިވިލްސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރިމަސައްކަތް އަދި މަސައްކަތްކޮށްފައިވާތަނުގެ މުވައްޒަފުންގެއަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. މަޤާމަށް އެދެންވީގޮތާއި ސުންގަޑި: ވަޒީފާއަށް އެދޭ ފޯމް (މިފޯމް ސްކޫލް ރިސިޕްޝަނުން އަދި ސްކޫލްގެ ވެބްސައިޓް www.thaajuddeenschool.edu.mv ން ޑައުންލޯޑް ކުރެވޭނެއެވެ.) މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 24އޭޕްރީލް 2017 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 02.00 ގެ ކުރިން ތާޖުއްދީން ސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ[email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ބާޠިލްކުރެވޭނެއެވެ. އިންޓަރވިއު އޮންނާނެތަނާއި، މުއްދަތު: އިންޓަރވިއު އޮންނާނީ 2017 އޭޕްރީލް 24 ން 27 އާއި ދެމެދު ތާޖުއްދީން ސްކޫލް ގައެވެ. ޝޯޓްލިސްޓް ކުރުން: މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތުހަމަވާ ފަރާތްތަކުގެ ޢަދަދު (10) އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށްބަލާ، ވަޒީފާ އަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ މާރކްސް ލިބޭ ފަރާތްތައްބަލާ ޝޯޓްލިސްޓް ކުރެވޭނެއެވެ. މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ: މަޤާމަށް މީހުން ހޮވުމަށް ކަނޑައެޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ: 30% |
|
އިތުރު މަޢުލޫމާތު ހޯދުން: އިޢުލާނާގުޅޭ މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ: 3317318 ނަމްބަރު ފޯނާއެވެ. އީމެއިލް ކުރައްވާނީ [email protected] |