ދިވެހިރާއްޖެ
މަޤާމް :ލޭބަރަރ | |
---|---|
ބޭނުންވާ އަދަދު :1 | |
އިޢުލާން ވަޒީފާގެ ފުރުޞަތު: 60-އޭޑީއެމް/64/2017 ނަންބަރ އިއުލާންއަށް އެކަށީގެންވާ ކެނޑިޑޭޓުން ލިބިފައިނުވާތީ ތިރީގައި ދެންނެވިފައިވާ މަަޤާމަށް އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލަމެވެ. މަޤާމް: ލޭބަރަރ ބޭނުންވާ އަދަދު: 1 (އެކެއް) ވަޒީފާގެ ބާވަތް: ކޮންޓުރެކްޓު މުސާރަ: މަހަކު -/3240 ރުފިޔާ މަސައްކަތް ކުރަންޖެހޭތަން: އެޑްމިނިސްޓްރޭޝަން – ސްޓާފް ކުއާޓަރސް އެހެނިހެން ޢިނާޔަތްތައް: * އިތުރު އެލަވަންސްގެ ގޮތުގައި މަހަކު -/1350 ރުފިޔާއާއި -/2400 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ. * ކުންފުނިން ކަނޑައަޅާފައިވާ އުސޫލުގެ މަތިން އަހަރީ ބޯނަސް ދެވޭނެއެވެ. * އިތުރުގަޑީގައްޔާއި، ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާއި ބެހޭ ޤާނޫންގައި ހަމަޖެހިފައިވާ އޞޫލުން އިތުރުގަޑީގެ ފައިސާލިބޭނެއެވެ. * ވަޒީފާއާއި ބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލުގެ މަތިން ޕެންޝަން ސްކީމުގައި ބައިވެރިކުރެވޭނެއެވެ. * ޕްރޮބޭޝަން ހަމަވުމުން ސްޓާފް އިންޝުއަރެންސް ސްކީމްގައި ބައިވެރި ކުރެވޭނެއެވެ. މަޤާމުގެ މަސްޢޫލިއްޔަތު: * ސްޓާފް ކުއާޓަރސް އެތެރެއާއި ބޭރު ފޮޅާ ސާފުކުރުމާއި މެއިންޓެނަންސް މަސައްކަތްކުރުން ތަޢުލީމާއި ތަޖުރިބާ: * ދިވެހި ބަސް ލިޔަން ކިޔަން އެނގުން. * އުމުރުން 45 އަހަރު ވެފައި ނުވުން. * މަޤާމާ ގުޅޭ ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއި، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. ސުންގަޑި: މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2017 އެޕްރީލް 20 ވާ ބުރާސްފަތި ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު އެސްޓީއޯގެ ހެޑް އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އެސްޓީއޯގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެންވެސް ހުންނާނެއެވެ. ނޯޓް:
އެޑްރެސް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ، ހެޑް އޮފީސް ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345 ފޯން: 3344272
16 އެޕްރީލް 2017 |