ދިވެހިރާއްޖެ
މަޤާމް :އެސިސްޓަންޓް އޮފިސަރ | |
---|---|
ބޭނުންވާ އަދަދު :1 | |
އިޢުލާން ވަޒީފާގެ ފުރުޞަތު: ތިރީިގައި މިވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ. މަޤާމް: އެސިސްޓެންޓް އޮފިސަރ ބޭނުންވާ އަދަދު:1 (އެކެއް) މުސާރަ: މަހަކު -/3380 ރުފިޔާ ވަޒީފާގެ ބާވަތް: ކޮންޓްރެކްޓު މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ ޓްރާންސްޕޯޓް އޮފީސް
އެހެނިހެން ޢިނާޔަތްތައް: * އިތުރު އެލަވަންސްގެ ގޮތުގައި މަހަކު -/1350 ރުފިޔާއާއި 1350.00ރ އާއި 2400.00ރ އާއި ދެމެދުގެ ޢަދަދެއް ލިބޭނެއެވެ. * ކުންފުނިން ކަނޑައަޅާފައިވާު އުސޫލުގެ މަތިން އަހަރީ ބޯނަސް ދެވޭނެއެވެ. * އިތުރުގަޑީގައްޔާއި، ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާލިބޭނެއެވެ. * ވަޒީފާއާ ބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލުގެ މަތިން ޕެންޝަން ސުކީމުގައި ބައިވެރިކުރެވޭނެއެވެ. * ޕްރޮބޭޝަން ހަމަވުމުން ސްޓާފް އިންޝުއަރެންސް ސްކީމުގައި ބައިވެރި ކުރެވޭނެއެވެ.
މަޤާމުގެ މަޞްޢޫލިއްޔަތު: * ޓްރާންސްޕޯޓް އޮފީހުގެ އެޑްމިނިސްޓްރޭޓިވް މަސައްކަތްކުރުން * ޓްރާންސްޕޯޓް އޮފީހުގެ އުޅަނދުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އެޑްމިނިސްޓްރޭޓިވް މަސައްކަތްކުރުން * މުވައްޒަފުންނަށް މުސާރަދިނުމަށް ބޭނުންވާ އެންމެހައި އެލަވަންސް ޝީޓްތައް ތައްޔާރުކޮށް އެޗް.އާރު ޑިޕާޓްމަންޓުން ބޭނުންވާ ތާރީހަށް ފޮނުވުން * މުވައްޒަފުންގެ ކޮއްތު ފައިސާގެ ލިޔުންތަށް ތައްޔާރުކޮށް ފައިސާ ހޯދާ ބޯޓުތަކުގެ ކެޕްޓަނުންނާއި ޙަވާލުކުރުން * މުވައްޒަފުންގެ ޕާރސަނަލް ފައިލްތައް ބެލެހެއްޓުން
ތަޢުލީމާއި ތަޖުރިބާ * ޖީސީއީ އޯލެވެލްގެ 2 މާއްދާއާއެކު އެސް.އެސް.ސީ އިމްތިހާނުގެ ދިވެހިން "ސީ" އަށްވުރެ މަތީ ފާސް ލިބިފައިވުން. * މައިކްރޯ ސޮފްޓް އޮފީސް އެޕްލިކޭޝަން ބޭނުންކުރަން އެނގުން. * މަސައްކަތާއި ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
ސުންގަޑި: މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 އޭޕްރިލް 20 ވާ ބުރާސްފަތި ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު އެސްޓީއޯގެ ހެޑް އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އެސްޓީއޯގެ ޑައުންލޯޑު ކުރެވެން ވެސް ހުންނާނެއެވެ.
ނޯޓް: * އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. * މިމަޤާމަށް މުވައްްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސްލިބޭ ފަރާތަކަކެވެ. * ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
އެޑްރެސް: ސްޓޭޓް ޓްރޭޑިން އޯރގަނައިޒޭޝަން ޕލކ، ހެޑް އޮފީސް ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345 ފޯން: 3344272 / ފެކްސް: 3344041
13 އޭޕްރިލް 2017 |