ވަޒީފާގެ ފުރުޞަތު
ނަންބަރު: 60-ADM/2017/93
ޕަބްލިޝްކުރި ތާރީޚް: 13 އޭޕްރިލް 2017
ޕަބްލިޝްކުރި ގަޑި: 12:03
ސުންގަޑި: 20 އޭޕްރިލް 2017 12:30
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ޑެލިވަރީ އެސިސްޓެންޓެއް ބޭނުން ވެއްޖެ

މަޤާމް :ޑެލިވަރީ އެސިސްޓަންޓް
ބޭނުންވާ އަދަދު :1
އިޢުލާން
 
ވަޒީފާގެ ފުރުޞަތު:

60-އޭޑީއެމް/55/2017 ނަންބަރު އިއުލާނަށް އެކަށީގެންވާ ކެނޑިޑޭޓުން ލިބިފައިނުވާތީ ތިރީގައި ދެންނެވިފައިވާ މަަޤާމަށް އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމް: ޑެލިވަރީ އެސިސްޓަންޓް

ޢަދަދު: 01

މުސާރަ: މަހަކު -/3240 ރުފިޔާ

ވަޒީފާގެ ބާވަތް: ކޮންޓުރެކްޓް

މަސައްކަތް ކުރަންޖެހޭތަން: ޓްރާންސްޕޯޓު / ޑެލިވަރީ

އެހެނިހެން ޢިނާޔަތްތައް:

* އިތުރު އެލަވަންސްގެ ގޮތުގައި މަހަކު -/1350 ރުފިޔާއާއި -/2400 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

* ކުންފުނިން ކަނޑައަޅާފައިވާ އުސޫލުގެ މަތިން އަހަރީ ބޯނަސް ދެވޭނެއެވެ.

* އިތުރުގަޑީގައްޔާއި، ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާލިބޭނެއެވެ.

* ވަޒީފާއާ ބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލުގެ މަތިން ޕެންޝަން ސްކީމުގައި ބައިވެރިކުރެވޭނެއެވެ.  

* ޕްރޮބޭޝަން ހަމަވުމުން ސްޓާފް އިންޝުއަރެންސް ސްކީމުގައި ބައިވެރި ކުރެވޭނެއެވެ. 

މަޤާމުގެ މަސްއޫލިއްޔަތު:

* ކަސްޓަމަރުންނަށް މުދާ ޑެލިވަރ ކުރުމުގައި އެހީތެރިވުން

* އެސްޓީއޯ އަށް ގެނެވޭ މުދާ، ކާޑުގެ ބާވަތް އަދި އެހެނިހެން ޝިޕްމަންޓްތައް ލޯޑް ކުރުމާއި އަންލޯޑް ކުރުން                            

* ޑެލިވަރ ކުރެވޭ މުދާތަކުގެ އަދަދު ބެލެހެއްޓުން                                                                

* ފިހާރައަށް އަންނަ ކަސްޓަމަރުންނަށް އެހީތެރިވުމާއި، މީގެ އިތުރުންވެސް ފިހާރާގައި ކުރަން ޖެހޭ އެހެނިހެން މަސައްކަތް ކުރުން  

ތަޢުލީމާއި ތަޖުރިބާ 

* ގްރޭޑު 07 ނިންމާފައިވުން 

* އިނގިރޭސި ބާހާއި، ދިވެހިބަސް ލިޔަންކިޔަން އެނގުން

* ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކު ކަމުގައިވުން

* މީހުންނާ ގުޅިގެން މަސައްކަތް ކުރެވޭމީހެއް ކަމުގައިވުން

* މަޤާމާ ގުޅޭ ދާއިރާއަކުން މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 އޭޕްރިލް 20 ވާ ބުރާސްފަތި ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

އެޕްލިކޭޝަން ފޯމު އެސްޓީއޯގެ ހެޑް އޮފީހުގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި އެސްޓީއޯގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ. 

ނޯޓް:

* އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓުލިސްޓް ކުރެވޭ ފަރާތްތަކަށެވެ. 

* މިމަޤާމަށް މުވައްްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސްލިބޭ ފަރާތެކެވެ. 

* ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ، ހެޑް އޮފީސް 

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345 

ފޯން: 3344272 ފެކްސް: 3344041   

 

16 އޭޕްރިލް 2017

 

 

 

 

 

 

 

 

 

13 އޭޕްރިލް 2017