ތަމްރީނު
ނަންބަރު: IUL)434-HR/434/2017/13)
ޕަބްލިޝްކުރި ތާރީޚް: 15 އޭޕްރިލް 2017
ޕަބްލިޝްކުރި ގަޑި: 13:09
ސުންގަޑި: 24 އޭޕްރިލް 2017 12:00
ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ތަމްރީނު ހޯދުމަށް މަސައްކަތުގެ ފުރުޞަތު

 

ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ

ތަމްރީންހޯދުމަށް މަސައްކަތުގެ ފުރުޞަތު


އިޢުލާން

މިއެޖެންސީގެ އެޗް.އާރްގެ މަސައްކަތަށް އަހުލުވެރިވެ ތަމްރީން ހޯދުމަށް ޝައުޤުވެރިވާ ފަރާތަކަށް އެ ފުރުޞަތު މި އެޖެންސީއިން ހުޅުވާލަމެވެ. މި ތަމްރީން ޕްރޮގްރާމުގެ މަޤުޞަދަކީ، ހިއުމަން ރިސޯސްގެ ރޮނގުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ތެރެއިން އެ ފުރުސަތު ފަހިކޮށްދިނުމެވެ.

މި ޕްރޮގްރާމްއަކީ ހިއުމަން ރިސޯސްގެ މަސައްކަތަށް އަހުލުވެރިކުރުވުމުގެ ގޮތުން ހިންގާ ޕްރޮގްރާމްއަކަށްވާތީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތްތަކަށް ތިރީގައި ބަޔާންކޮށް ފައިވާ ޝަރުތުތައްވަނީ ކަނޑައަޅާފައެވެ.

  1. މިތަމްރީނުގައި އުޅޭ ދުވަސްވަރު މުސާރައެއް ނުވަތަ އުޖޫރައެއް މި އެޖެންސީއަކުން ނުލިބޭނެއެވެ.
  2. ތަމްރީންގެ މުއްދަތަކީ 3 މަސް. ނަމަވެސް، މަސައްކަތަށް ޝައުޤުވެރިކަން އަދި މަސައްކަތް ރަގަޅު ފަރާތްތަކަށް އެއް އަހަރުދުވަހަށްވެސް މުއްދަތު އިތުރުކުރެވިދާނެއެވެ.
  3. މިކަމަށް ކުރިމަތިލާ މީހުންގެ ތެރެއިން ތަމްރީނު ޕްރޮގްރާމުގައި ބައިވެރިކުރާނީ، އެޗް.އާރް ޑިޕްލޮމާ ފުރިހަމަކުރަމުންދާ ފަރާތެއް ނުވަތަ އެޗް.އާރް އެޑްވާންސް ސެޓްފިކެޓް ފުރިހަމަކުރަމުންދާ ފަރާތެއް ނުވަތަ ޖީ.ސީ.އީ އޭ ލެވެލް ފުރިހަމަކުރަމުންދާ ފަރާތެއް ނުވަތަ ޖީ.ސީ.އީ އޯޑިނަރީ ލެވެލް ފުރިހަމަކޮށްފައިވާ ފަރާތެކެވެ.
  4. މި ޕްރޮގްރާމްގައި ބައިވެރިވުމުގެ އުމުރުފުރައަކީ 18 އަހަރާއި 30 އަހަރާ ދެމެދެވެ.
  5. މި ޕްރޮގްރާމަށް ފަހަރަކު ހޮވާނީ 2 ބައިވެރިންނެވެ. އަދި ލިބިފައިވާ ސަނަދާއި ހުނަރާއި މި އެޖެންސީގެ އެޗް.އާރްގެ މަސައްކަތަށް ބޭނުމަށް ފެތޭ ފަރާތެއް ތޯ ބެލޭނެއެވެ.
  6. އެކަށީގެންވާ ކަމަށް ފެންނަ ފަރާތްތަށް ޝޯޓްލިސްޓްކޮށް ވަކީން އިންޓަރވިއު ކުރުމަށްފަހު އޭގެތެރެއިން ދެ ފަރާތް ހޮވޭނެއެވެ.
  7. މަސައްކަތްކުރަންޖެހޭ ފަރާތްތައް މަސައްކަތްކުރާނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 08:00 ން 12:00އަށެވެ.
  8. ތަމްރީނުގެ މުއްދަތު ފުރިހަމަކުރާ ފަރާތްތަކަށް އެފަރާތެއްގެ މަސައްކަތްތަކަށް ބިނާކޮށް ލިޔުން މިއެޖެންސީއިން ދޫކުރެވޭނެއެވެ.

މަތީގައިވާ ޝަރުޠުތައް ފުރިހަމަވާ މީހުން މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި މި އެޖެންސީއަށް 2017 އޭޕްރީލް 24 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ސީވީއާއެކު ސިޓީ ފޮނުވުން އެދެމެވެ. ނުވަތަ މިއެޖެންސީގެ އީމެއިލް [email protected]އަށް އީމެއިލް ކުރެއްވުން އެދެމެވެ. 

15 އޭޕްރިލް 2017