ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)32-A4-HR/1/2017/27
ޕަބްލިޝްކުރި ތާރީޚް: 13 އޭޕްރިލް 2017
ޕަބްލިޝްކުރި ގަޑި: 15:12
ސުންގަޑި: 23 އޭޕްރިލް 2017 13:30
އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު. ޑިރެކްޓަރ

  ނަންބަރު:  IUL)32-A4-HR/1/2017/27

 

އިޢުލާން

 

މަޤާމް

ޑިރެކްޓަރ

މަޤާމުގެނަންބަރު

J-269247

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

އޮފިޝަލް އެންޑް އެޑްމިނިސްޓްރޭޝަން

މަޤާމުގެ ރޭންކް:

އީ.އެކްސް.1

މަޤާމުގެ ކްލެސިފިކޭޝަން:

ޑިރެކްޓަރ

ސެކްޝަން:/ޔުނިޓް

ލިޓިގޭޝަން ސެކްރެޓޭރިއަޓު ސެކްޝަން

މަޤާމު އޮތް އޮފީސް:

އެޓަރނީ ޖެނެރަލްގެ އޮފީސް

ވަޒީފާ އަދާކުރަންޖެހޭ ތަން:

އެޓަރނީ ޖެނެރަލްގެ އޮފީސް/ މާލެ

މުސާރަ:

8,835 (އަންހާސް އައްސަތޭކަ ތިރީސްފަސް) ރުފިޔާ

ސަރވިސް އެލަވަންސް:

2,000 (ދެހާސް) ރުފިޔާ

އިތުރު ޢިނާޔަތްތައް

  1. އެޓަރނީ ޖެނެރަލްގެ އޮފީސް އެލަވަންސް :އަސާސީ މުސާރައިގެ 35%
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  4. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ ޝަރުޠުތައް:

 

 

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް /އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް /އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް /އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

 

 

 

 

  • ސިވިލް ލިޓިގޭޝަން ސެކްރެޓޭއަޓުގެ މަސައްކަތްތައް ގޮތުގައި ކަނޑައަޅާފައިވާ އެންމެހައި މަސައްކަތްތައް ރާވާއި ހިންގައި ބެލެހެއްޓުން.
  • ސެކްޝަންގައި އިދާރީ ގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރުމާއި، ސެކްޝަންގެ މުވައްޒަފުންނާ މަސައްކަތް ޙަވާލުކޮށް، މުވައްޒަފުންގެ މަސައްކަތްތައް ސްޕަވައިޒުކޮށް ބެލެހެއްޓުން.
  • ސިވިލް ލިޓިގޭޝަން ޑިވިޜަންގެ މައްސަލަތަކުގައި، ކޯޓު ޝެޑިއުލްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން، ޑިވިޜަންގެ ވެރިޔާއަށް އަންނަ ބަދަލުތަކުގެ އަޕްޑޭޓް ގަވާއިދުން އެރުވާއި، ޝެޑިއުލްއަށް އަންނަ ބަދަލުތައް ވަކީލުންނަށް ގަވާއިދުން އަންގައި، މަސައްކަތްތައް ވިލަރެސްކުރުން.
  • ކޯޓުތަކާއި ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކަށް ފޮނުވަންޖެހޭ ސިޓީތައް ބަލައި ޗެކްކޮށް ފޮނުވުމާއި، އެ ލިޔެކިޔުންތައް ތަރުތީބުކޮށް ބެލެހެއްޓުން.
  • މާލޭކޯޓްތަކާއި އަތޮޅުތެރޭގެ ކޯޓްތަކުން، އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތަކުގެ ޕްރޮސީޖަރތައް ތައްޔާރުކޮށް އަޕްޑޭޓްކުރުމާއި، ޕްރޮސީޖާތަކާއި އެއްގޮތަށް އެންމެހައި މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުން.
  • ދިވެހިރާއްޖޭގެ ހައިކޯޓަށާއި ސްޕީރިއާ ކޯޓްތަކަށް ހުށަހަޅަންޖެހޭ މައްސަލަތަކުގެ  ޕެންޑިން ލިސްޓް ނަގައި ޑިވިޜަންގެ އިސްވެރިންގެ ސަމާލުކަމަށް ގެނައުން.   
  • ދައުލަތަށް ދަޢްވާލިބޭ ނުވަތަ ދައުލަތުން ދަޢްވާކުރާ މައްސަލަތަކުގައި، ކަމާ ބެހޭ އިދާރާތަކާއެކު ބާއްވަންޖެހޭ އެންމެހައި ބައްދަލުވުންތަކުގެ އިދާރީ އިންތިޒާމްތައް ހަމަޖެއްސުމާއި، ޔައުމިއްޔާތައް ތައްޔާރުކޮށް ބެލެހެއްޓުމާއި، ބައްދަލުވުންތަކުގެ ނިންމުންތަކާއި ގުޅިގެން ސެކްޝަނުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • ދައުލަތަށް ދަޢުވާ ލިބޭ ނުވަތަ ދައުލަތުން ދަޢުވާ ކުރާ މައްސަލަތަކާ ގުޅިގެން، ކަނޑައެޅިފައިވާ މުއްދަތުތަކުގެ ތެރޭގައި، ދަޢުވާ ފޯމު ނުވަތަ ދަޢުވާގެ ޖަވާބު ފޯމު ނުވަތަ އިސްތިއުނާފަށް ހުށަހަޅަންޖެހޭ މައްސަލަތަކުގައި އިސްތިނާފު ފޯމު ތައްޔާރުކުރުމުގައި އިދާރީ އެންމެހައި އިންތިޒާމްތަކެއް ހަމަޖައްސައި ޝަރީޢަތަށް ހުށަހެޅުން.
  • ލިޓިގޭޝަން މައްސަލަތަކުގައި އެޓަރނީން ރާއްޖޭގެ އެތެރެއަށްކުރާ ދަތުރުތަކުގެ އިންތިޒާމްތައް، ކަމާބެހޭ ސެކްޝަންތަކާ ގުޅިގެން، ހަމަޖެއްސުމާއި، ދަތުރުތަކުގެ ވަޑައިގަންނަވާ އެޓަރނީން ބަދަލުވާނަމަ، އެކަން ވަގުތުން ވަގުތުން ކަމާބެހޭ ސެކްޝަންތަކަށް އަންގަވައި ދަތުރުގެ އިންތިޒާމްތައް ވިލަރެސްކުރުން.
  • ޑިވިޜަންގެ ވެރިޔާ ކަނޑައަޅާގޮތުގެ މަތިން މައްސަލަތަކުގައި ވަޑައިގަންނަވާ އެޓަރނީންގެ މަޢުލޫމާތު ޝަރީޢަތުގެ މަޖިލީހަށް އެންގުމާއި ވަޑައިގަންނަވާ އެޓަރނީންގެ މަޢުލޫމާތުތައް ބަދަލުވަމުންދާ ވަރަކަށް، ވަގުތުން ވަގުތަށް އަންގަންޖެހޭ ފަރާތްތަކަށް އެންގުން. 
  • ޝަރީޢަތް ނިމުނުގެ ގޮތުގައި ރިޕޯރޓުތައް ހޯދައި މައްސަލައާއެކު ތަރުތީބުކޮށް ބެލެހެއްޓުން.
  • އިސްތއުނާފަށް ހުށަހަޅަންޖެހޭ މައްސަލަތައް ބަލައި، ކަނޑައެޅިފައިވާ މުއްދަތުތައް ހަމަވުމުގެ ކުރިން، ޑިވިޜަންގެ ވެރިޔާގެ ލަފަޔާއި އިރުޝާދުގެ ދަށުން އިސްތިއުނާފްކުރަން ހުށަހެޅުމާއި އެޕީލް ކޮމިޓީއަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.
  • ލިޓިގޭޝަންގެ ބްރީފިންގގެ އިންތިޒާމްތައް ހަމަޖައްސައި، ބްރީފިންގއަށް ތަން ތައްޔާރުކުރުމާއި، ހާޟިރީ ބަލަހައްޓާ އަޕްޑޭޓްކުރުމާއި، އެނޫންވެސް ބްރީފިންގއަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.
  • ޑިވިޜަންގެ އެންޓްރީ އާއި ޕެންޑިންގ ބަލަހައްޓައި، ލަސްވަމުންދާ ކަންކަން ޑިވިޜަންގެ ވެރިޔާގެ ސަމާލުކަމަށް ގެނެސް އަވަސްކުރުން.  
  • އެޓަރނީން ވަޒީފާއިން ވަކިވުމުގެ ކުރިން ނުވަތަ ދިގު މުއްދަތުގެ ޗުއްޓީ/ލީވް އަށް ވަޑައިގަތުމުގެ ކުރިން، އެޓަރނީންގެ އަތުގައި ހުރި ޕެންޑިންގ މައްސަލަތަކާއި މައްސަލަތަކުގެ ސްޓޭޓަސް ހޯދައި ޑިވިޜަންގެ ވެރިޔާގެ ސަމާލުކަމަށް ގެނައުން.
  • ޙަވާލުކުރެވިފައިވާ މައްސަލަތަކާއި މައްސަލަތަކުގެ ސްޓޭޓަސް އެނގޭނެގޮތަށް އެޓަރނީންގެ ދަފްތަރެއް އެކުލަވާލައި ގަވާއިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • ލިޓިގޭޝަން ސެކްރެޓޭރިއަޓު ފައިލިންގ ސިސްޓަމަށް އަންނަ ބަދަލުތަކާއިއެއްގޮތަށް ފަސޭހައިން ހޯދޭނެ ނިޒާމެއް ހަމަޖައްސައި މައްސަލަތަކުގެ ލިޔެކިޔުންތައް ތަރުތީބުކޮށް ބެލެހެއްޓުމާއި ޑިވިޜަންގެ ފައިލިންގ ސިސްޓަމް ގަވާއިދުން ބެލެހެއްޓުން.
  • ޑިވިޜަންގެ އަހަރީ އެކްޝަން ޕްލޭން އަދި ބަޖެޓު ރާވައި ތައްޔާރުކުރުމަށް ޑިވިޜަންގެ ވެރިޔާއަށް އެހީތެރިވެދިނުމާއި އެ ޕްލޭންއާ އެއްގޮތަށް މަސައްކަތްތައް ކުރުން.
  • ޑިވިޜަންގެ އަހަރީ ރިޕޯރޓާއި ބަޖެޓް އަދި ދުވަހު ޔައުމިއްޔާ ތައްޔާރުކޮށް ބެލެހެއްޓުން.
  • މިނޫންވެސް އޮފީހުން ޙަވާލުކުރާ ރަސްމީ އެންމެހައި މަސައްކަތެއް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރު

-          ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

-          ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.

ހުށަހަޅަންޖެހޭ ލިޔުންތަން:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޟެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު އެޓަރނީ ޖެނެރަލްގެ އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ www.agoffice.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23 އެޕްރީލް 2017 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން، އެޓަރނީ ޖެނެރަލްގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]އެވެ. ފެކްސް ނަންބަރަކީ، އިދާރާގެ ފެކްސް ނަންބަރު 3314109 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

 

އިންޓަވިއުއޮންނާނެ ތަނާއި، މުއްދަތު:

2017 ވަނަ އަހަރުގެ މޭ ނުވަތަ ޖޫން މަހުގެ ތެރޭގައި، އެޓަރނީ ޖެނެރަލްގެ އޮފީހުގައެވެ.      

 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ %30، ސިވިލް ސަރވިސް ކޮމިޝަންގެ ސަރކިއުލަރ ނޯޓު ނަންބަރު 188-PSM/CIR/2016/112 (20 ޑިސެންބަރު 2016)

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3010100 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3314109 އެވެ. އީ-މެއިލްކުރާނީ [email protected] އަށެވެ.

 

               

                              16 ރަޖަބު  1438     

                       

13 އޭޕްރިލް 2017