ދިވެހިރާއްޖެ
މިއިދާރާގެ ނަންބަރ: (IUL)416-ESMSPR/416/2017/10 (13 މާރޗް 2017) ގައި ކޮށްފައިވާ އިޢުލާނާއި ގުޅިގެން އެއްވެސްފަރާތަކުން އިޖާބަ ދީފައިނުވާތީ އެޢިއުލާން ބާޠިލްކޮށް އަލުން އިޢުލާންކުރަމެވެ.
ފައިބަރު މަސައްކަތްކުރުމަށް ރަށުގެ އިރު އުތުރު ފަރާތުން ދެވިފައިވާ 02 ބިމުގެ މުއްދަތު ހަމަވެފައިވާތީ ބީލަމުގެ އުސޫލުން ބިން ކުއްޔަށް ހިފާނެފަރާތްތަކަށް ފުރުސަތު ހުޅުވާލުން
ފައިބަރު މަސައްކަތަށް ގދ. މަޑަވެލީ އިރު އުތުރުން ދޫކޮށްފައިވާ 02 އޮޑިހަރުގެ މުއްދަތު ހަމަވެފައިވާތީ ބީލަމުގެ އުސޫލުން ކުއްޔަށް ހިފަން ބޭނުންފުޅުވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު މިވަނީ ހުޅުވާލެވިފައެވެ.
ބީލަމާއި ބެހޭ މަޢުލޫމާތު ދިނުމާއި، ބީލަން ހުށަހަޅަންޖެހޭ ތާރީޚާއި ގަޑި ތިރީގައި މިވަނީއެވެ.
ތަން |
ވަގުތު |
ދުވަސް |
ތާރީޚް |
|
މަޑަވެލި ކައުންސިލްގެ މީޓިން ރޫމް |
10:00 |
ބުދަ |
19 އޭޕްރީލް 2017 |
މަޢުލޫމާތު ދިނުން |
މަޑަވެލި ކައުންސިލްގެ މީޓިން ރޫމް |
10:00 |
އާދީއްތަ |
30 އޭޕްރީލް 2017 |
ބީލަން ހުށަހެޅުން |
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައި ބަޔާންކޮށްފައިވާ ތާރީޚްގައި މަޢުލޫމާތު ސާފުކުރުމަށްފަހު، ބީލަން ހުށަހެޅުއްވުން އެދެމެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީގަޑީގައި މި ކައުންސިލްގެ ނަންބަރު 6840006 ފޯނާއި ގުޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. އޮޑިހަރުގެ ބޭނުންވެގެންއެދި މިއިދާރާއަށް ކުރިން ހުށަހަޅާފައިވާ ފަރާތްތަކުންވެސް މިބީލަމުގެ އުސޫލާއި އެއްގޮތަށް އަލުން ހުށަހަޅުއްވައިގެން ކުރިއަށް ގެންދިޔުމަށް ދެންނެވީމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.