މަސައްކަތް
ނަންބަރު: (IUL)23-AP/23/2017/56
ޕަބްލިޝްކުރި ތާރީޚް: 13 އޭޕްރިލް 2017
ޕަބްލިޝްކުރި ގަޑި: 11:02
ސުންގަޑި: 19 އޭޕްރިލް 2017 09:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް އަދި ނާރސިންގް އެންޑް މިޑްވައިފަރީ ކައުންސިލްގެ މަސައްކަތްތައް މެނޭޖްކުރުމަށް ހަދާ ޑޭޓާބޭސް އަދި ވެބްސައިޓް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް

                          އިޢުލާން

 

           މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް އަދި ނާރސިންގް އެންޑް މިޑްވައިފަރީ ކައުންސިލްގެ މަސައްކަތްތައް މެނޭޖްކުރުމަށް ހަދާ ޑޭޓާބޭސް އަދި ވެބްސައިޓް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް 26 މާރޗް 2017 ގައި ކުރެވުނު ނަމްބަރ (IUL)23-AP/23/2017/43އިއުލާނާ ގުޅިގެން އެއްވެސް ފަރާތެއް އަންދާސީ ހިސާބު ހުށަހަޅުއްވާފައި ނުވާތީ އެ އިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 19 އޭޕްރިލް 2017 ވާ ބުދަ ދުވަހު 9:30 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 26 އޭޕްރިލް 2017 ވާ ބުދަ ދުވަހުގެ 9:30 އަށް މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

 

15 ރަޖަބު 1438

 

                        

13 އޭޕްރިލް 2017