ދިވެހިރާއްޖެ
އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް)ގެ އެހީގައި މިމިނިސްޓްރީ އިން ހިންގަމުންދާ މެރިކަލްޗަރ އެންޓަޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ލ. އިސްދޫގައި ހިންގުމަށް ހަމަޖެހިފައިވާ ހުއިފިލަނޑާ ބޮޑުކުރުމުގެ މަޝްރޫއުގައި މަސައްކަތްކުރާނެ މުވައްޒަފަކު ބޭނުންވެއެވެ.
|
1 (އެކެއް) |
ބޭނުންވާ އަދަދު: |
ކޮމިއުނިޓީ މޮބިލައިޒޭޝަން އޮފިސަރ |
މަޤާމް: |
|
|
ސެކްޝަން: |
ޕްރޮގްރާމް އިމްޕްލިމެންޓޭޝަން ޔުނިޓް (ޕީ.އައި.ޔޫ) |
|||
|
މަސައްކަތް ކުރަންޖެހޭ ތަން: |
ލ. އިސްދޫ |
|||
|
ވަޒީފާގެ މުއްދަތު: |
31 މާރޗް 2018 އާއި ހަމައަށް. |
|||
|
މުސާރަ: |
ރުފިޔާ ( ތަޢުލީމީ ފެންވަރު އަދި މަސައްކަތުގެ ތަޖުރިބާއަށް ބަލާފައި) 7000.00 |
|||
|
ޝަރުތު: |
1- ހުއިފިލަނޑާ އާލާކުރުމުގެ މަސައްކަތަށް ޝައުގުވެރިވުން 2- ލ. އިސްދޫގައި ދިރިއުޅެމުންދާ ފަރާތަކަށްވުން 3- 18 އަހަރާއި – 35 އަހަރާއި ދެމެދުގެ މީހަކަށްވުން 4- ޖީ.ސީ.އީ އޯލެވެލް ނުވަތަ އެއާއި އެއްފެންވަރެއްގެ ސަނަދެއްލިބިފައިވުން (ގްރޭޑް 10 ނިންމާފައިވުން) 5- 31 މާރޗް 2018 އާއި ހަމައަށް މަޝްރޫގެ މަސައްކަތުގައި ދެމިހުރެވޭ ފަދަ ފަރާތަކަށްވުން 6- މައިކްރޯ ސޮފްޓް އޮފީސްގެ އެޕްލިކޭޝަންތައް ބޭނުންކުރަން އެނގުން. 7- މޮނިޓަރިންގ މަޢުލޫމާތު ނަގަން އެގުމާއި ރިޕޯޓް ތައްޔާރުކުރެވޭ ފަދަ ފެންވަރުހުރުން 8- މޫދުގައި ގިނަ ވަގުތު ހޭދަކުރެވޭ ވަރުގެ ސިއްޙަތު ރަގަޅު ފަރާތަކަށްވުން 9- މީހުންނާއި އެކު ގުޅިގެން މަސައްކަތް ކުރުމަށް ގާބިލް ފަރާތަކަށްވުން. |
|||
|
ވަޒީފާގައި ކުރަން ޖެހޭ މަސައްކަތް: |
މިވަޒީފާގައި ކުރަންޖެހޭ މަސައްކަތުގެ ތަފްސީލް (ޓާރމްސް އޮފް ރިފަރެންސް) މިއިއުލާނާއި އެއްއުރަ ކުރެވިފައިވާނެއެވެ. އިތުރު މައުލޫމާތު ކައުންސިލްގެ އިދާރާއިންނާއި ޕީ.އައި.ޔޫއިން ލިބޭނެއެވެ. އަދި އިތުރު މައުލޫމާތު ހޯދުމަށް ރަސްމީގަޑީގައި 3341836 ފޯނަށް ގުޅުން ނުވަތަ ތިރީގައިވާ އެޑްރެހަށް އީމެއިލްކުރުން އެދެމެވެ.
|
|||
|
ވަޒީފާ އަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި |
1- ވަޒީފާ އަށް އެދި ހުށަހަޅާ ސިޓީ 2- ވަޒީފާ އަށް އެދޭ ފަރާތުގެ ވަނަވަރު 3- ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އަސްލާ އެއްގޮތް ކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާ ސޮއިކޮށްފަ) 4- ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރިކަމުގެ ލިޔުން 5- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
|
|||
މަތީގައި ދެންނެވިފައިވާ ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ސިޓީ ލ. އިސްދޫ ކައުންސިލުގެ ރައީސަށް އެޑްރެސްކޮށް، 19 އޭޕްރިލް 2017 ވާ ބުދަ ދުވަހުގެ 12:00ގެ ކުރިން އެކައުންސިލުގެ އިދާރާއަށް ފޮނުވުން އެދެމެވެ.
މިވަޒީފާއަށް އެދޭ ފަރާތްތަކުގެ ތެރެއިން އިންޓަރވިއު އަށް ގެނެވޭނީ ޝޯޓްލިސްޓްވާ ފަރާތްތައް އެކަނިކަން މަޢުލޫމާތައްޓަކައި ދަންނަވަމެވެ.