ދިވެހިރާއްޖެ
މާލޭގެ 353 ވަނަ ނަންބަރު ކޮށިން 2000 އަކަފޫޓުގެ ބިމެއް 03 އަހަރު ދުވަހުގެ މުއްދަތަށް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމާއި ބެހޭ ކުރެވުނު ނަންބަރ: (IUL)138-AS6/1/2017/60 އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީވެ އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2017 އޭޕްރީލް 17 ވާ ހޯމަ ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.
މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ޝީޓް 2017 އޭޕްރީލް 12 ވާ އަންގާރަ ދުވަހުގެ 13:00 އިން ފެށިގެން 2017 އޭޕްރީލް 17 ވާ އަންގާރަ ދުވަހުގެ 13:00 ގެ ނިޔަލަށް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 4353-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.