ކުއްޔަށް ދިނުން
ނަންބަރު: (IUL)22-TF/1/2017/131
ޕަބްލިޝްކުރި ތާރީޚް: 12 އޭޕްރިލް 2017
ޕަބްލިޝްކުރި ގަޑި: 12:32
ސުންގަޑި: 19 އޭޕްރިލް 2017 11:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ގުދަން ކުއްޔަށް ދިނުން

         

ތިރީގައި މިވާ ގުދަން ، އަކަފޫޓަކަށް -/30 (ތިރީސް) ރުފިޔާއަށް ވުރެ ކުޑަނުވާގޮތަށް 1 (އެކެއް) އަހަރަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެއްޖެއެވެ.

އަޙްމަދީ ބާޒާރު 1 ނަންބަރުގޯޅި 2 ނަންބަރު ފިހާރަ (ތަޢުލީމީ ފަންޑުގެ 24 ނަންބަރު ގުދަން) 2754 އަކަފޫޓް

ވީމާ، މި ގުދަން ކުއްޔަށްހިފުމަށް ބޭނުންވާ ފަރާތްތަކުން " ތަޢުލީމީ ފަންޑުގެ ޢިމާރާތް ކުއްޔަށް ހިފުމަށް އެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު، 2017 19 ވާ ބުދަ ދުވަހު ހެނދުނު 11:00 އަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން / ތަޢުލީމީ ފަންޑުގެ އިދާރާ (އެދުރުހިޔާ 9 ވަނަ ފަންގިފިލާ )  އަށް ވަޑައިގެން ފޯމް ހުށަހެޅުއްވުން އެދެމެވެ. މިކަމަށް ބޭނުންވާ ފޯމް އެދުރުހިޔާ 9 ވަނަ ފަންގިފިލާގައިވާ މިއިދާރާގެ ކައުންޓަރުން 2017 އެޕްރީލް 13 ވާ ބުރާސްފަތި ދުވަހުގެ 09:00 އިން ފެށިގެން ލިބެން ހުންނާނެއެވެ.                            

ކުއްޔަށްހިފުމަށް އެދޭ ފޯމް ހުށަހަޅުއްވާއިރު ބިޑް ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި -/30.000 (ތިރީސް ހާސް) ރުފިޔާ ތަޢުލީމީ ފަންޑުގެ އިދާރާ ގައި ބަހައްޓަވަން ޖެހޭނެއެވެ.  ބިޑް ސެކިއުރިޓީގެ މުއްދަތަކީ 30 ދުވަހެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 3341193  ފޯނަށް ގުޅުއްވުން އެދެމެވެ.

12 އޭޕްރިލް 2017