ޢާންމު މަޢުލޫމާތު
ނަންބަރު: (IUL) 25-C3/PRIV/2013/9
ޕަބްލިޝްކުރި ތާރީޚް: 01 އޮކްޓޫބަރު 2013
ޕަބްލިޝްކުރި ގަޑި: 15:09
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
އިންޑިއާ ވިސާ އަށް ބޭނުންވާ ދިވެހިރާއްޖޭގެ ލިޔުންތަކުގައި ތައްގަނޑު ޖެހުމާއި ގުޅޭ

ރާއްޖެއިން އިންޑިއާ އަށް ވަޑައިގަތުމަށް ބޭނުންފުޅުވާ ދިވެހިންގެ ވިސާ މާލޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ދޫކުރައްވާގޮތަށް މިހާރު ހަމަޖެހިފައިވަނީ ވިސާ އެޕްލިކޭޝަނާއެކު ހުށަހަޅުއްވާ ލިޔުންތަކުގައި (ދިވެހިރާއްޖޭގެ ލިޔުންތައް) މި މިނިސްޓްރީ އިން "އެޓެސްޓް" ކުރުމަށްފަހު ކަމުގައި، އެ ހައި ކޮމިޝަނުން ވަނީ 30 ސެޕްޓެންބަރު 2013 އިން ފެށިގެން ހަމަޖައްސަވާފައެވެ.

ވީމާ، ވިސާއަށް އެދި ހުށަހަޅުއްވާއިރު މި މިނިސްޓްރީން "އެޓެސްޓް" ކުރަންޖެހޭ ލިޔުންތަކުގެ ތެރެއިން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ކޮޕީގައި ކަމާބެހޭ ދަޢުލަތުގެ އިދާރާއަކުން ތައްގަނޑު ޖެއްސެވުމުގެ ބަދަލުގައި އެ ލިޔުންތަކުގެ އަސްލު، ކޮޕީއާއެކު ލިޔުމުން ހުށަހެޅުއްވުމުން މި މިނިސްޓްރީން ތައްގަނޑު ޖަހައިދޭނޭ ވާހަކަ ދަންނަވަމެވެ. އަދި ބޭންކް ސްޓޭޓްމަންޓުގައި ތައްގަނޑު ޖަހައިދެވޭނީ އެ ލިޔުމުގައި ބޭންކުގެ އަސްލު ތައްގަނޑު ޖަހާފައިވާނަމައެވެ. މިކަމުގައި ދިވެހިރައްޔިތުންނަށް ފަސޭހަވާނޭ ހައްލެއް ހޯދައިދިނުމުގެ މަސައްކަތް މި މިނިސްޓްރީ އިން ކުރިއަށް ގެންދާ ވާހަކަ ދެންނެވީމެވެ.

މިހެންވެ މިވާހަކަ އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

26 ޛުލްޤަޢިދާ 1434

01 އޮކްޓޫބަރު 2013