ދިވެހިރާއްޖެ
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް
މާލެ، ދިވެހިރާއްޖެ.
ނަންބަރު: IUL)120/1/2017/20)
އިޢުލާން
2017 ވަނަ އަހަރުގެ އެޗްއެސްސީ އިމްތިޙާނުގެ އެގްޒަމިނަރުން ހޯދުން
2017 ވަނަ އަހަރުގެ ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގެ ޖަވާބުކަރުދާސް މާކުކުރުމުގެ މަސައްކަތް ބަލަހައްޓަވައި ދެއްވާނެ އެގްޒޭމިނަރުން މިޑިޕާޓްމަންޓަށް ބޭނުންވެއެވެ. މިމަސައްކަތަށް އެދިވަޑައިގެން ހުށަހަޅުއްވާ ފޯމު 2017 އޭޕްރީލް 16 ވަނަ ދުވަހުން ފެށިގެން މިޑިޕާޓްމަންޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ވީމާ، ސާނަވީ އަދި މަތީސާނަވީއަށް ކިޔަވައިދެއްވާ، މިކަމުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުން ފޯމު ނަންގަވާ ފުރިހަމަ ކުރެއްވުމަށްފަހު 2017 މެއި 07 ގެ 13:00 ގެ ކުރިން މިޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މިޑިޕާޓްމަންޓްގެ ވެބްސައިޓް www.dpe.edu.mv އިންވެސް ލިބެންހުންނާނެއެވެ.
15 ރަޖަބު 1438
12 އޭޕްރީލު 2017