މަސައްކަތް
ނަންބަރު: : (IUL)GS-37-B/GS-37/2017/10
ޕަބްލިޝްކުރި ތާރީޚް: 12 އޭޕްރިލް 2017
ޕަބްލިޝްކުރި ގަޑި: 11:34
ސުންގަޑި: 20 އޭޕްރިލް 2017 11:30
ފ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ސެކިއުރިޓީ ބެލެހެއްޓުން

 

ފ. އަތޮޅު ތަޢުލީމީ މަރުކަޒު                           

     ނިލަންދޫ

   ދިވެހިރާއްޖެ

 

                                              ނަންބަރ:  (IUL)GS-37-B/GS-37/2017/10

އިޢްލާން

އަންދާސީ ހިސާބު ހުށަހެޅުމުގެ ދައުވަތު  

2017 މެއި 10 ވަނަ ދުވަހުންފެށިގެން 01 އަހަރު ދުވަހުގެ މުއްދަތަށް މި މަރުކަޒުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި މިމަރުކަޒުގެ ނަންބަރ: IUL)GS-37-B/GS-37/2017/06) (22 މާރޗް 2017އިއުލާނާއި ގުޅިގެން ހުށަހަޅާފައިވާ ބައެއް އަންދާސީ ހިސާބުތަކުގައިވާ މަޢުލޫމާތު ފުރިހަމަވެފައި ނުވާތީ، އެއިޢުލާނު ބާޠިލްކޮށް އަލުން އެކަމަށް އިޢުލާނު ކުރަމެވެ.

ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްތްރީ ވެފައިވާ ފަރާތްތަކަށެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް މިސްކޫލަށް އައިސް މަޢުލޫމާތު ސާފުކުރުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. އަންދާސީ ހިސާބު އޮންނަށްވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަންދާސީހިސާބު ބަލައިގަތުމާއި ކެޑުން އޮންނާނީ ކަޑައެޅިފައިވާ ތާރީޚުގައި އަންދާސީ ހިސާބުހުށަހަޅުއްވާ ފަރާތްތަކުގެ ޙާޟިރުގައެވެ.

މަޢުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބު ހުށަހެޅުން.

އާ އޮފީސް ޢިމާރާތުގެ މީޓިންގ ރޫމުގައި

މައުލޫމާތު ސާފުކުރެއްވުން.

20 އޭޕްރީލް 2017 ވާ ބުރާސްފަތި ދުވަހުގެ 11.30 ގައި

އަންދާސީ ހިސާބުހުށަހެޅުމާއި،އަންދާސީހިސާބު ކެޑުން.

27 އޭޕްރީލް 2017 ވާ ބުރާސްފަތި ދުވަހުގެ 13.00 ގައި

 

 މަޢުލޫމާތު ސާފްކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބާއި، އަދި  ގަޑިޖެހިގެން ގެންނަ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

12 އޭޕްރީލް 2017

 

ޢަބުދުﷲ އަޙުމަދު

ޕްރިންސިޕަލް

12 އޭޕްރިލް 2017