ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)101-AF/1/2017/79
ޕަބްލިޝްކުރި ތާރީޚް: 12 އޭޕްރިލް 2017
ޕަބްލިޝްކުރި ގަޑި: 11:11
ސުންގަޑި: 24 އޭޕްރިލް 2017 14:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާެގެ ފުރުސަތު

އިޢުލާން

މި މިނިސްޓްރީގެ ތިރީގައިމިވާ މަޤާމަށް އިޢުލާން ކުރަމެވެ.

01. މަގާމް

ސީނިއަރ އެނަލީސްޓް ޕްރޮގްރާމަރ   

މަޤާމް ނަމްބަރު:

J-206461

ބޭނުންވާ އަދަދު:

1

މަގާމުގެ ގިންތި:

ދާއިމީ

މަގާމުގެ ރޭންކް:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް2

މަގާމުގެ ކްލެސިފިކޭޝަން:

އެމް.އެސް 2

ސެކްޝަން

އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ސެކްޝަން / އިންފޮރމޭޝަން ޓެކްނޮލޮޖީ ޔުނިޓް

މަޤާމް އޮތް އޮފީސް:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް/ މާލެ'

މުސާރަ:

-/6295 ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ބޭސް ފަރުވާގެ ޙިދުމަތް.

 

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

 

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

 

  1. އިންފޮމޭޝަން ޓެކްނޮލޮޖީ ޔުނިޓް ބެލެހެއްޓުމާއި، މަސައްކަތް ރޭވުމާއި، މަސައްކަތުގެ އެސް އޯޕީ ތައްޔާރުކުރުން.
  2. ިންފޮމޭޝަން ޓެކްނޮލޮޖީ ޔުނިޓްގެ މުވައްޒަފުންގެ ޖޮބް ޑިސްކްރިޕްޝަން ހެދުމާއި، މަސައްކަތް ހަވާލުކުރުމާއި، މުވައްޒަފުން އިވެލުއޭޓްކޮށް ޔުނިޓްގެ މަސައްކަތްތައް ބެލެހެއްޓުމާއި، މުވައްޒަފުންނަށް ސަޕޯޓްދިނުން.
  3. މިނިސްޓްރީއާއި ސިވިލް ސަރވިސް އިން ކަނޑައަޅާފައިވާ އައިޓީ އުސޫލުތައް އެންފޯސް ކުރުމާއި މުވައްޒަފުން އަހުލުވެރިކުރުވުން
  4. މިނިސްޓްރީގެ ސަރވަރތަށް އިންސްޓޯލްކުރުމާއި، ކޮންފިގަރ ކުރުމާއި އަދި އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން އިންފްރަސްޓްރަކްޗަރ ބެލެހެއްޓުމާއި، އަޕްގްރޭޑް ކުރުން. މިފަދަ ތަކެތި ހޯދުމަށް އެސެސްމެންޓް ހެދުމާއި، ބަޖެޓްކުރުމާއި ޕްރޮކިއުމަންޓް ޑޮކިއުމަންޓްތައްޔާރުކޮށް ތަކެތި ހޯދުމާއި އިންސްޓޯލްކުރުމާހަމައަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއްކުރުން.
  5. މިނިސްޓްރީގައި ބޭނުންކުރާ ވެބްސައިޓްތަކާއި، އީމެއިލް، ޖެމްސް، އެޗްއާރު އަދި ބޮލި ސިސްޓަމްގެ ޚިދުމަތްތަށް މެދުނުކެނޑި މިނިސްޓްރީގެ ނެޓްވޯކަށް ލިބޭތޯ ޔަގީންކުރުން.
  6. މިނިސްޓްރީން ބޭނުން ކުރާ ބޮލި އިންފޮމޭޝަން ސިސްޓަމަށް ގެންނަން ޖެހޭ ބަދަލުތަކާއި އަލަށް ބޭނުންވާ މޮޑިއުލް ތަކުގެ އެސެސްމަންޓް ހެދުމާއި، ސިސްޓަމް ޑިޒައިންކުރުމަށް ބޭނުންވާ ޕްރޮސެސް އަނަލިސިސް ހެދުމަށް ޤާނޫނުތަކާއި ޤަވާއިދު ރިވިއުކޮށް އެކަމަށް ބޭނުންވާ ޑޮކިއުމެންޓޭޝަން ތައްޔާރުކުރުމާއި އިންޓަރނަލް އަދި އެކްސްޓަރނަލް މީޓިންގްތަށް ކޯޑިނޭޓްކުރުމާއި، އަލަށް ޑިޕްލޮއި ކުރވޭ މޮޑިއުލްތަށް ޓެސްޓްކުރުމާއި އަދި ލައިވްކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތް.
  7. މިނިސްޓްރީގެ ޚިދުމަތްތަށް އޮންލައިންކުރުމަށްޓަކައި  ބޮލިސިސްޓަމަށް އިނޮވޭޓިވް ފީޗަރޒް ޑިޒައިންކޮށް މެނޭޖްމަންޓްގެ ހުއްދައާއެކު NCIT އާއިއެކު މަސައްކަތްކޮށް އިމްޕލިމެންޓްކުރުން.
  8. ބޮލި ސިސްޓަމް ޤަވާއިދުން މޮނިޓަރކުރުން އަދި NCIT އިން މަސައްކަތް ހިނގާގޮތް މޮނިޓަރކޮށް ބެލެހެއްޓުން.
  9. ބޮލި ސިސްޓަމް މެދުވެރިކޮށް މިނިސްޓްރީންނާއި ކައުންސިލްތަކުން ފޯރުކޮށްދޭ ޚުދުމަތްތަކަށް އައިޓީ ސަޕޯޓް ފޯރުކޮށްދިނުން.
  10. އޮފީހުގެ މަސައްކަތުގައި އެހެނިހެން ޔުނިޓްތަކަށް އައިޓީ ސަޕޯޓް ފޯރުކޮށްދިނުން.

މަޤާމުގެ ޝަރުތުތައް:

 

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤަޢުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމު މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤަޢުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމު މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤަޢުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ
  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤަޢުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން

 

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

-          ޙާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

-          މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

-          ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ  ދިވެހި ރައްޔިތެއްކަން  އަންގައިދޭ ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް/  ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް  މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. ( ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތީރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ.)

         (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން  ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް  ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

         (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓްތަކުގެ ކޮޕީ.

   6. ފުރިހަމަކޮށްފައިވާ،  ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓުތަކުގެ ކޮޕީ.

   7.  ސިވިލް ސަރވިސްގެ ވަޒީފާއަށް  ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިނގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ، ސެޓްފިކެޓްތަކުގެ ކޮޕި.

    8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

         (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

         (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި  ކުރި މަސައްކަތް އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

 

ވަޒީފާއަށް އެދޭ ފޯމު މި ( މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ) ކައުންޓަރުން ލިބެން ހުންނާނެވެ. އަދި  މި އިދާރާގެ  (www.trade.gov.mv) ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.  މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ (24 އޭޕްރީލް 2017 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.  އީ-މެއިލް އެޑްރެހަކީ، ( [email protected]  )

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އާއި އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:

 

- މިމަޤާމަށް  މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އަދި އިމްތިޙާން އޮންނާނީ ، އެޕްލިކޭޝަން ހުށައެޅުމަށް ކަނޑައަޅާފައިވާ އެންމެފަހު ތާރީޙުން ފެށިގެން 1 ނުވަތަ 2 ހަފްތާ އާއި ދެމެދު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރިވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓްލިސްޓް ކުރުން:

   

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10އަށް ވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް  ކުރިމަތިލާފައިވާ  ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން 30% އަށްވުރެ މަތިވާންޖެހޭނެއެވެ.

 

                       

-       ސިވިލް ސަރވިސްގެ ވަޒީފާ އަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ބަންދު ނުން ކޮންމެ ދުވަހަކު 08:00  ން 14:00 އަށް ލިބެން ހުންނާނެއެވެ. އަދި މި ފޯމު މި މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv  އިން ލިބެން ހުންނާނެއެވެ.

-       މީގެ އިތުރުންވެސް މަޢުލޫމާތެއް ސާފްކުރައްވަން ބޭނުންވެލައްވާނަމަ، މި މިނިސްޓްރީގެ ނަމްބަރ: 3333174 އަށް ގުޅުއްވުމުން ނުވަތަ [email protected]  އަށް މެއިލް ކުރެއްވުމުން ލިބިލައްވާނެއެވެ.

 

12 އޭޕްރިލް 2017