ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
- މަޤާމް: އެސިސްޓެންޓް އެކައުންޓްސް އޮފިސަރ
- ބޭނުންވާ އަދަދު: 01
- މުސާރަ : -/4,465 ރުފިޔާ
- ސަރވިސް އެލަވަންސް: -/1,500 ރުފިޔާ
- ނޮން ޕްރެކްޓިސް އެލަވަންސް : މުސާރައިގެ %35
- ރިސްކް އެލަވަންސް: އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/25 ރުފިޔާ
- ފޯން އެލަވަންސް: މަހަކު -/200 ރުފިޔާ
- އިތުރުގަޑީގެ ފައިސާ : ހަމަޖެހިފައިވާ އުޞޫލްގެ މަތިން
- ވަޒީފާއޮތް އޮފީސް: ތަޢުލީމީ ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން
- ގިންތި: ކޮންޓްރެކްޓް ( 2 އަހަރު )
- ވަޒީފާއަދާކުރާ ސެކްޝަނާއި ތަން :ތަޢުލީމީ ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން ، މާލެ
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް :
- ތަޢުލީމީ ފަންޑަށް ލިބޭ ފައިސާ ބަލައިގަތުމާއި އެމް.އެމް.އޭ އަށް ފައިސާ ޖަމާކުރުން
- ތަޢުލީމީ ފަންޑަށް ލިބޭ އާމްދަނީ ފައިސާގެ ރެކޯޑްތައް ބެލެހެއްޓުން
- ޕެޓީކޭޝް ބެލެހެއްޓުމާއި ޕެޓީކޭޝް ގެ ރެކޯޑްތައް ބެލެހެއްޓުން
- ތިޖޫރީއާއި ތިޖޫރީގެ ހިސާބު ބެލެހެއްޓުން
- ތަޢުލީމީ ފަންޑަށް ލިބޭ ފައިސާގެ ރަޖިސްޓަރީ ބެލެހެއްޓުން
- ތަޢުލީމީ ފަންޑަށް ލިބޭ އާމްދަނީ ފައިސާ ދުވަހު ހިސާބާއި މަސްދުވަހުގެ ހިސާބު އަދި އަހަރުދުވަހުގެ ހިސާބު ތައްޔާކުރުން.
- ތަޢުލީމީ ފަންޑުގެ މުދަލާއި ފައިސާގެ ހިސާބުތައް އޯޑިޓްކުރުމުގައި އެހީތެރިވެދިނުން.
- ތަޢުލީމީ ފަންޑަށް ލިބޭ އާމްދަނީ އިތުރުކުރުމާއި، ތަޢުލީމީ ފަންޑުގެ ކުރިއެރުވުމަށް ކުރަންޖެހޭ މަސައްކަތުގައި އެހީތެރިވުން
- މީގެ އިތުރުންވެސް ހަވާލުކުރެވޭ ރަސްމީ މަސައްކަތްތައް ކުރުން.
ޝަރުތު :
- އެސިސްޓެންޓް އެކައުންޓްސް އޮފިސަރ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހު އުޅެފައިވުން ، ނުވަތަ
- މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
- ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް :
ހ. މިފަދަ ފަންޑެއްގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
ށ. ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށްބަލައިގެން
ނ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
ރ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
ބ. މީގެ އިތުރުން ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.
އިންޓަރވިއު ކުރުން :
ހ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ .
ހުށަހަޅަންޖެހޭ ލިޔުންތައް :
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި މިނިސްޓްރީގެ ތަޢުލީމީ ފަންޑުގެ އިދާރާގެ ކައުންޓަރުން (އެދުރުހިޔާ 9 ވަނަ ފަންގިފިލާ އިން) ލިބެން ހުންނާނެއެވެ. އަދި ތަޢުލީމީ ފަންޑުގެ ވަޒީފާއަށް އެދޭ ފޯމް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވެބްސައިޓް www.moe.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ.)
ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމުގެ އަސްލު
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ގެ ސެޓްފިކެޓްތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައި ލިޔުމުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ)
ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް ( އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައި ލިޔުމުގެ ކޮޕީ)
ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށުގެ ކޮޕީ (އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައި ލިޔުމުގެ ކޮޕީ)
ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ މޯބައިލް ނަންބަރާއެކު)
ތަކެތި ހުށަހަޅަންޖެހޭ ސުންގަޑިއާއި އޮފީސް :
- މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ، އެދުރުހިޔާ 9 ވަނަ ފަންގިފިލާ، ފަޅުމަތީމަގު ގައި ހުންނަ ތަޢުލީމީ ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން ކައުންޓަރަށް.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 18 އޭޕްރިލް 2017 ވަނަ ދުވަހުގެ 13:30
- ނޯޓް: މި އިޢުލާނާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތަޢުލީމީ ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން ނަންބަރު 3341227 ފޯނަށް ގުޅުއްވުން އެދެމެވެ.
------------------------------------------------------------------------------------------------------------------------