މަސައްކަތް
ނަންބަރު: GS60(B)/2017/007
ޕަބްލިޝްކުރި ތާރީޚް: 11 އޭޕްރިލް 2017
ޕަބްލިޝްކުރި ގަޑި: 15:01
ސުންގަޑި: 24 އޭޕްރިލް 2017 11:30
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ސްކޫލް
ދިވެހިރާއްޖެ
މިސްކޫލްގެ ގޯތިތެރެއަށް ވެލިއެޅުމާއި ބެހޭ

މިސްކޫލްގެ ގޯތިތެރޭގައި ފެންހެދޭ ސަރަހައްދުތަކަށް ވެލި އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރ GS60(B)/2017/004 (28 މާރޗް 2017) އިޢުލާނަށް އެދެވޭ ތަރުހީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

            ވީމާ، މިކަން ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2017 އޭޕްރީލް 17 ވަނަ ދުވަހުގެ 11:30ށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 އޭޕްރީލް 24 ވަނަ ދުވަހުގެ 11:30ށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެ ނުލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ. 

            އަދި ދަންނަވަމެވެ. މިކަމަށް އެދި އަންދާސީ ހިސާބު ހުށަހަޅުއްވޭނީ ވިޔަފާރި ޤާނޫނު 2014/18 ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު 2014/19 ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

            ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

11 އޭޕްރިލް 2017