ދިވެހިރާއްޖެ
ޢިއުލާން
މި މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ތަންފީޒުކުރެވެމުންދާ "އެންހޭންސް އިންޓަގްރޭޓެޑް ފްރޭމްވާރކް" ޕްރޮގްރާމް (އީ.އައި.އެފް)ގެ ދަށުން، ތަންފީޒުކުރުމުންދާ ޕްރޮޖެކްޓުތަކުގެ ދަށުން ތިރީގައި މިދަންނަވާ މަޤާމްތަކަށް ލޯކަލް ކޮންސަލްޓަންޓުން ބޭނުންވެއްޖެއެވެ.
މަޤާމް: މެނޭޖަރ - ބިޒްނަސް ޕްރޯސަސް އެނަލިސްސް |
އަދަދު : 01 |
ފެންވަރު ނުވަތަ ޝަރުތު:
ކޮމްޕިއުޓަރ ބޭނުންކުރަން އެނގުމާއިއެކު، ކޮމްޕިއުޓަރ ސޮފްޓްވެއަރކަމުގައިވާ އެކްސެސް، އެކްސެލް، ވިޒިއޯ، މައިކްރޯސޮފްޓް ޕްރޮޖެކްޓްފަދަ ކޮމްޕިއުޓަރ ސޮފްޓްވެއަރ ބޭނުންކުރަން އެގުން. |
މުސާރަ: 25,000 ދިވެހި ރުފިޔާ ( ހުރިހާ އިނާޔަތްތައް ހިމެނޭ ގޮތުގެ މަތިން) |
ވަޒީފާގެ މުއްދަތު: ކޮންޓްރެކެޓްގައި ސޮއިކުރާ ދުވަހުން ފެށިގެން 31 ޖުލައި 2017 ގެ ނިޔަލަށް |
މަޤާމް: ބިޒްނަސް ޕްރޯސަސް އެނަލިސްޓް |
އަދަދު : 01 |
ފެންވަރު ނުވަތަ ޝަރުތު:
|
މުސާރަ: 22,000 ދިވެހި ރުފިޔާ ( ހުރިހާ އިނާޔަތްތައް ހިމެނޭ ގޮތުގެ މަތިން) |
ވަޒީފާގެ މުއްދަތު: ކޮންޓްރެކެޓްގައި ސޮއިކުރާ ދުވަހުން ފެށިގެން 31 ޖުލައި 2017 ގެ ނިޔަލަށް |
މަތީގައި އިއުލާންކުރެވިފައިވާ ކޮންސަލްޓަންސީއާއި ގުޅޭ ޓާރމްސް އޮފް ރެފަރެންސް މި މިނިސްޓްރީގެ ވެބްސައިޓް http://www.trade.gov.mv އިން ޑައުންލޯޑުކުރެވޭނެއެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައި ގަންނަވާނެއެވެ.
މަސައްކަތް ކުރަންޖެހޭ ތަން: މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ނުވަތަ މިނިސްޓްރީއިން ކަނޑައަޅާ މަސައްކަތާއި ގުޅުން ހުރި އެހެން ސަރުކާރުގެ އިދާރާއެއް.
މަސައްކަތް ކުރަންޖެހޭ ގަޑި: ރަސްމީ ބަންދުނޫން ދުވަސްތަކުގެ ހެނދުނު 8:00 ން މެންދުރުފަހު 4:00 އަށް ( އެއް ގަޑި އިރު ގެ ހުސްވަގުތުކޮޅަކާއެކު.
ވަޒިފާއަށް ކުރިމަތިލުމުގެ ސުންގަޑި: ވަޒީފާއަށް އެދި ސިޓީ ފޮނުވުމުގެ އެންމެ ފަހުގެ ތާރީޚަކީ 20 އޭޕްރީލް ވާ ބުރާސްފަތި ދުވަހުގެ 13:00 އެވެ. ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން، ސީ.ވީ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާރޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ އަދި ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ، މި މިނިސްޓްރީގެ ހިއުމަން ރިސޯސް ޔުނިޓަށް އެޑްރެސްކޮށް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި އެޕްލައިކުރައްވާ މަޤާމްގެ ނަމާއި "EIF Project – Tier 1" މިހެން ލޭބަލްކުރެވިފައި އޮންނަންވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 08:00 – 13:00 ދެމެދު 3333139 އަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.