ދިވެހިރާއްޖެ
ނަމްބަރ: (IUL)URH/2017/03
އިޢުލާން
މިހޮސްޕިޓަލްގައި ބޭނުންކުރާ މެޑިކަލް އޮކްސިޖަން ސިލިންޑަރ ހުސްފުޅި ގުދަނުން ނެރެގެން މާލެ ގެންގޮސް، ފިލްކުރުމަށްފަހު މާލޭންގެނެސް ގުދަންކޮށްދޭނެ ފަރާތެއް ހޯދުން.
މިހޮސްޕިޓަލްގައި ބޭނުންކުރާ މެޑިކަލް އޮކްސިޖަން ސިލިންޑަރ ހުސްފުޅި ގުދަނުން ނެރެގެން މާލެ ގެންގޮސް ފިލްކުރުމަށްފަހު މާލޭން ގެނެސް ގުދަން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުއްވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތް ތަކުން 19 އޭޕްރީލް 2017 ވާ ބުދަ ދުވަހުގެ 13:00 އަށް އުނގޫފާރު ރީޖަނަލްހޮސްޕިޓަލް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 25 އޭޕްރީލް 2017 ވާ އަންގާރަ ދުވަހުގެ 13:00 އަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކާއި ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް 6580029 ނަންބަރާ ގުޅުއްވުން ދެދެމެވެ.
14 ރަޖަބް 1438
11 އޭޕްރީލް 2017