މަސައްކަތް
ނަންބަރު: (IUL)418-AS/418/2017/21
ޕަބްލިޝްކުރި ތާރީޚް: 10 އޭޕްރިލް 2017
ޕަބްލިޝްކުރި ގަޑި: 20:42
ސުންގަޑި: 20 އޭޕްރިލް 2017 13:00
ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ނަޑެއްލާ ސަހަރާ އިންފާރު ރޭނުމުގެ ޕްރޮޖެކްޓް ކުރިއަށް ގެންގޮސްދޭނެ ފަރާތެއް ހޯދުން

އިޢުލާން

އަންދާސީ ހިސާބު ހޯދުން:

ގދ. ނަޑެއްލާ ސަހަރާ އިންފާރު ރޭނުމުގެ މަޝްރޫޢު ކުރިއަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި އިދާރައިގެ ނަންބަރު: (IUL)418-AS/418/2017/14 (14 މާރިޗް  2017) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތަކުގެ އަގު ބޮޑުވުމާއި ގުޅިގެން އެ އެސްޓިމޭޓްތައް ބާޠިލުކޮށް އެ މަޝްރޫޢު ކުރިއަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށްޓަކާ އަލުން އިޢުލާން ކުރީމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިދާރާއަށާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) އަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މަޢުލޫމާތު ކަރުދާހުގައިވާ ގޮތުގެމަތިން އަންދާސީ ހިސާބު  ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ލިޔުމަކުން މި އިދާރާއަށް އަންގަންވާނެއެވެ.

މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން ތިރީގައިއެވާ ގަޑިތަކުގައި މި އިދާރާގައާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) ގައި އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރުމަށްޓަކާ ގަޑިޔަށް ޙާޟިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށްފައެވެ. ސިޓީއުރައިގެ ބޭރުގައި "ގދ. ނަޑެއްލާ ސަހަރާ އިންފާރު ރޭނުމުގެ ޕްރޮޖެކްޓް" މިހެން ލިޔެފައި އޮންނަންވާނެއެވެ.

މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން:

  • މަޢުލޫމާތު ސާފުކޮށްދިނުން:      13 އޭޕްރިލް 2017 ވާ ބުރާސްފަތި ދުވަހުގެ   13:00ގައި  
  • އަންދާސީ ހިސާބު ބަލައިގަތުން:     20 އޭޕްރިލް 2017 ވާ ބުރާސްފަތި ދުވަހުގެ   13:00ގައި

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

13 ރަޖަބް  1438

10 އޭޕްރީލް 2017

 

                                                         

10 އޭޕްރިލް 2017