ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)23-MAHC/23/2017/49
ޕަބްލިޝްކުރި ތާރީޚް: 10 އޭޕްރިލް 2017
ޕަބްލިޝްކުރި ގަޑި: 15:05
ސުންގަޑި: 10 ޖުލައި 2017 00:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ބިދޭސީ އެލައިޑް ހެލްތު ޕްރޮފެޝަނަލުންގެ އިނގިރޭސި ބަހުގެ ފެންވަރު ވަޒަންކުރުމަށް ދެވޭ އިމްތިޙާން

                     އިޢުލާން

 

ބިދޭސީ އެލައިޑް ހެލްތު ޕްރޮފެޝަނަލުންގެ އިނގިރޭސި ބަހުގެ ފެންވަރު ވަޒަންކުރުމަށް ދެވޭ އިމްތިޙާން

             މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގައި ރަޖިސްޓްރީވުމަށް އެދި ހުށައަޅާ ބިދޭސީ ފަރާތްތަކުގެ އިނގިރޭސި ބަހުގެ ފެންވަރު ބަލަމުންގެންދަނީ IELTS 5.5 ނުވަތަ އެއާއި އެއްފެންވަރުގެ ކައުންސިލްއިން ބަލައިގަންނަ އިމްތިޙާނަކުން ފާސްވުމުން ނުވަތަ ލެބޯޓަރީ އަދި ފާރމަސީ ޕްރޮފެޝަނަލެއް ނަމަ ކައުންސިލްއިންދޭ އިންޓަވިއު އަކުން ފާސްވުމުންނެވެ.

             ފާރމަސީ އަދި ލެބޯޓަރީ ދާއިރާތަކުގެ އެޕްލިކަންޓުންނަށް ހިންގާ އިނގިރޭސި ބަހުގެ ފެންވަރު ވަޒަންކުރުމުގެ އިންޓަވިއު ރެޑިއޯގްރަފަރުންނަށާއި އޮޕްޓޯމެޓްރިސްޓުންނަށްވެސް ހިންގާ ގޮތައް ހަމަޖެހިފައިވާތީ އެވާހަކަ ޢިއުލާންކުރީމެވެ.

އިންޓަރވިއު އޮންނަ ދުވަސްތަކުގެ މައުލޫމާތު ކައުންސިލްގެ ސެކްރެޓޭރިއަޓްގެ ނަންބަރ 3014480 އިން ލިބި ވަޑައިގަންނަވާނެއެވެ.

 

13 ރަޖަބު 1438       

 

10 އޭޕްރިލް 2017