މަސައްކަތް
ނަންބަރު: (IUL)438-WS/438/2017/74
ޕަބްލިޝްކުރި ތާރީޚް: 10 އޭޕްރިލް 2017
ޕަބްލިޝްކުރި ގަޑި: 10:35
ސުންގަޑި: 20 އޭޕްރިލް 2017 13:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެވެއާރނަސް މެޓީރިއަލްސް ޑިޒައިންކޮށް، އެނިމޭޝަންތައް ހަދައިދޭނެ ފަރާތެއް ހޯދުމަށް

                    ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު                     

އެވެއާރނަސް މެޓީރިއަލްސް ޑިޒައިންކޮށް، އެނިމޭޝަންތައް ހަދައިދޭނެ ފަރާތެއް ހޯދުމާއި ބެހޭ


މި މިނިސްޓްރީގެ ވޯޓަރ އެންޑް ސެނިޓޭޝަން ޑިޕާޓްމެންޓުން ފެނުގެ ނިޒާމާއި ނަރުދަމާގެ ނިޒާމަށް މީހުން ހޭލުންތެރިކުރުވުމަށާއި ހޭލުންތެރިކުރުވުމަށް މި މިނިސްޓްރީގެ ފަރާތުން ފެނާއި ނަރުދަމާގެ ނިޒާމުތައް ޤާއިމުކުރުމަށް ހިންގާ ޕްރޮޖެކްޓްތަކުގެ ބޭނުމަށް މި މިނިސްޓްރީން ބޭނުންކުރާނެ ފޮޓޯ، ވީޑިއޯ، ގްރެފިކްސް އަދި އެނިމޭޝަންތައް (އެވެއާރނެސް މެޓީރިއަލްސް) ހައްދަވައި ދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.


މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓަރަސްޓް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ އިން އަރުވަމެވެ.  މިކަމަށް ޝަޢުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ މައުލޫމާތު (ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި އެހެނިހެން މަޢުލޫމާތު) ހުށަހަޅަން ވާނެއެވެ.


މި މަސައްކަތުގެ " ޓާރމްސް އޮފް ރިފެރެންސް " މިމިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި އިޢުލާނާއެކު އެޓޭޗް ކޮށްފައިހުރި ޓީ.އޯ.އާރ ޑައުންލޯޑް ކުރެވޭނެއެވެ. މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ބިޑް ހުށަހެޅުމަށް ހަމަޖެހިފައިވާ ދުވަހުގެ 5 ދުވަސް ކުރިން ހުށަހެޅުއްވުން އެދެމެވެ. މި ކަމާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު އޮޅުންފިލުވަން ބޭނުން ވެއްޖެނަމަ މިނިސްޓްރީގެ ނަންބަރު 3018394 އާއި ގުޅުއްވުން އެދެމެވެ.


ހުށަހަޅަންވީ ތަކެތި:

  • އެކްސްޕްރެޝަން އޮފް އިންޓަރަސްޓް (ސިޓީ)
  • މަސައްކަތްކޮށްދޭ އަގުގެ ޕްރޮޕޯސަލް (ފައިނޭންޝަލް)
  • ކަރިކިއުލަމް ވައިޓޭ (ސީވީ)
  • އައި.ޑީ ކާޑުގެ ކޮޕީ
  • މިފަދަ މަސައްކަތެއް ކުރިން ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން

 

ބީލަން ހުޅުވުން

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 20 އޭޕްރީލް 2017 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މި  މަސައްކަތަށް ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީ އުރައެއްގައި ބަންދުކޮށް ތިރީގައިވާގޮތަށް ޖެއްސެވުމަށްފަހު 20 އޭޕްރީލް 2017 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ހުށަހެޅުއްވުން އެދެމެވެ.

"އެވެއާރނަސް މެޓީރިއަލްސް ޑިޒައިންކޮށް، އެނިމޭޝަންތައް ހަދައިދޭނެ ފަރާތެއް ހޯދުމަށް : IUL)438-WS/438/2017/74)"

"ޕްރޮޕޯސަލް" އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބޭރުގައި "ޕްރޮޕޯސަލް" މި މަސައްކަތުގެ ނަމާއި، ހުށަހެޅުއްވިފަރާތުގެ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު ލިޔެފައި އޮންނަންވާނެއެވެ.

އަންދާސީ ހިސާބު ހުށަހަޅަން ވާނީ ތިރީގައި މިވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާލެ، 20392، ދިވެހިރާއްޖެ

ފޯނު: 3018431 960+ ފެކްސް: 3018301 960+

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

 

 

10 އޭޕްރިލް 2017