ދިވެހިރާއްޖެ
އިޢުލާން
ކުލާސްރޫމް ތަކުގައި ސްޕީކަރ ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް
މި ސްކޫލުގެ ނަންބަރ AS-B/IU/2017/22 (27 މާރިޗު 2017) ޑަބްލިޔު ބުލޮކް ކްލާސްރޫމް ތަކުގައި ސްޕީކަރ ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނަށް ހުށައެޅި އަންދާސީ ހިސާބު ތަކުގެ އަގުތައް ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާތިލު ކުރަމެވެ. އަދި އެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މި ސްކޫލަށް ވަޑައިގެންދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
17 އެޕްރީލް 2017 (ހޯމަ) ދުވަހުގެ 11:00 އަށް |
23 އެޕްރީލް 2017 (އާދީއްތަ) ދުވަހުގެ 11:00 އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 3325762, 3321346 ނަންބަރު ފޯނާއެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ (ޤާނޫނު ނަމްބަރު: 2014/18) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
13 ރަޖަބު 1438
10 އެޕްރީލް 2017