މަސައްކަތް
ނަންބަރު: (IUL)138-AS6/1/2017/70
ޕަބްލިޝްކުރި ތާރީޚް: 09 އޭޕްރިލް 2017
ޕަބްލިޝްކުރި ގަޑި: 14:27
ސުންގަޑި: 18 އޭޕްރިލް 2017 13:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މި މިނިސްޓްރީގެ ދަށުން މާލޭގައި ހިންގާ އޮފީސްތަކުގެ އޭސީ 01 އަހަރު ދުވަހުގެ މުއްދަތަށް ސާވިސް ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ:

މި މިނިސްޓްރީގެ ދަށުން މާލޭގައި ހިންގާ އޮފީސްތަކުގެ އޭސީ 01 އަހަރު ދުވަހުގެ މުއްދަތަށް ސާވިސް ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ ކުރެވުނު ނަންބަރ: (IUL)138-AS6/1/2017/42 އިޢްލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީވެ އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

 

  ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2017 އޭޕްރީލް  11 ވާ އަންގާރަ ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 އޭޕްރީލް 18 ވާ އަންގާރަ ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ޝީޓް 2017 އޭޕްރީލް 11 ވާ އަންގާރަ ދުވަހުގެ 13:00 އިން ފެށިގެން 2017 އޭޕްރީލް 18 ވާ އަންގާރަ ދުވަހުގެ 13:00 ގެ ނިޔަލަށް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

 

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 4353-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ. 

09 އޭޕްރިލް 2017