ކުއްޔަށް ހިފުން
ނަންބަރު: (IUL)GS13-AC/GS13/2017/11
ޕަބްލިޝްކުރި ތާރީޚް: 09 އޭޕްރިލް 2017
ޕަބްލިޝްކުރި ގަޑި: 13:15
ސުންގަޑި: 13 އޭޕްރިލް 2017 10:00
ޏ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
2017 ވަނަ އަހަރު މިމަރުކަޒުގެ ޕްރިންސިޕަލް ހުންނަވާނެ ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ.

އިޢުލާން

 

2017 ވަނަ އަހަރު މިމަރުކަޒުގެ ޕްރިންސިޕަލް ހުންނަވާނެ ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ.

 

            2017 ޖެނުއަރީ 18 ވަނަ ދުވަހު މި މަރުކަޒުގެ ޕްރިންސިޕަލް ހުންނެވުމަށް ގެއެއް ނުވަތަ އެޕާޓްމަންޓެއް ކުއްޔަށް ހިފުމަށް ކުރި ނަންބަރ: (IUL)GS13-AC/GS13/2017/03އިޢުލާނާއި ގުޅޭގޮތުން ދަންނަވަމެވެ.

     އިޢުލާނަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހުށަހެޅުމަށް ހުށަހަޅާފައިވާ ގެކަމަށް ސްކޫލް ބިޑްކޮމެޓީން ނިންމި ފަރާތަށް 2 އަހަރު ދުވަހަށް އެގްރިމެންޓް ކުރެވެން ނެތުމާއި ގުޅިގެން، މި މަރުކަޒުގެ ޕްރިންސިޕަލް ހުންނެވުމަށް ގެއެއް ނުވަތަ އެޕާޓްމަންޓެއް ކުއްޔަށް ހިފުމަށް އަލުން އިޢުލާން ކުރަމެވެ. ގެ ނުވަތަ އެޕާޓްމަންޓަކީ އެކަށީގެންވާ ފެންވަރެއްގައި ޢިމާރާތް ކުރެވިފައިހުރި ފަރުނީޗަރާއެކު މަދުވެގެން 2 ކޮޓަރި، ސިޓިންގރޫމް ފަރުނީޗަރާއެކު ހުރި، އަދި ކައްކައި ކެއުމަށް ބޭނުންކުރާ ސާމާނާއެކު ހުރި ބަދިގެޔަކާއި ކާތަނެއް ހިމެނޭ ގެއަކަށް ނުވަތަ އެޕާޓްމަންޓަކަށް ވާންވާނެއެވެ.

            ވީމާ، ގެއެއް ނުވަތަ އެޕާޓްމަންޓެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތިން މި މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކޮށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބާއެކު ގެއާއި ގޯތީގެ ފްލޯޗާޓުގެ އިތުރުން އިންވެންޓްރީގެ ލިސްޓު ހުށަޅަންވާނެއެވެ.

 

އަންދާސީހިސާބު ބަލައިގަތުން:

މަޢުލޫމާތު ސާފުކުރުމަށް:

ތާރީޚު: 17 އޭޕްރީލް 2017

ތާރީޚު: 13 އޭޕްރީލް 2017

ގަޑި: 10:00

ގަޑި: 10:00

ތަން: ޏ. އަތޮޅު ތަޢުލީމީ މަރުކަޒު

ތަން: ޏ. އަތޮޅު ތަޢުލީމީ މަރުކަޒު

        އަދި، ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އެސްޓިމޭޓް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ.  

 

އިތުރު މަޢުލޫމާތު ސާފުކުރުމަށް މި މަރުކަޒުގެ ނަންބަރު 9704793 ފޯނާ ގުޅުއްވުން އެދެމެވެ.

09 އޭޕްރީލް 2017

09 އޭޕްރިލް 2017