ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: އޮފިސަރ/ސީނިއަރ އޮފިސަރ
ޑިޕާޓްމަންޓް: މެޑިކަލް
ތަޢުލީމާއި ތަޖުރިބާ:
- ސަރުކާރު ގަބޫލުކުރާ އިންސްޓިޓް އެއްގައި ނާރސިންގ ޑިޕްލޮމާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލް ކޮށްފައިވުމާއެކު މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލްގައި ރެޖިސްޓްރީވެފައިވުން.
- މަސައްކަތާ ގުޅުން ހުރި ދާއިރާއަކުން 4 (ހަތަރު) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- މައިކްރޯސްފްޓް އެޕްލިކޭޝަންސްތައް ބޭނުންކުރަން އެނގުން.
- އިނގިރޭސިބަހާއި ދިވެހިބަހުން މުޢާމަލާތްކުރުމުގެ ފެންވަރު ހުރުން.
- ޓީމަކާއެކު މަސައްކަތްކުރުމުގެ ޤާބިލުކަން ހުރުން.
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- އާސަންދަ ސްކީމުގެ އުސޫލުތަކާ އެއްގޮތްވާގޮތުގެމަތިން ރިޖެކްޓްވާ ކްލެއިމްސްތައް ބެލުން.
- ސާރވިސް ޕްރޮވައިޑަރސްގެ ޕްރައިސް ލިސްޓް ބަލައި ޗެކްކުރުން.
- އޯޕީ އިންވޮއިސްތައް ދިރާސާކުރުން.
- އައިސީޑީ ގެ ހުރިހާ މަސައްކަތެއް ކުރުން.
- އެމްޕެނަލް ވެފައިވާ ހޮސްޕިޓަލްތަކާއެކު މަޝްވަރާކުރުން.
- ހޭލުންތެރިކުރުމުގެ ޕޮރްގްރާމްތައް ރާވައި ހިންގުން.
މުސާރައާއި ޢިނާޔަތް:
ކުންފުނީގެ އޮނިގަނޑާ އެއްގޮތްވާގޮތުގެމަތިން
ކުރިމަތިލުމުގެ ސުންގަޑި:
2017 އެޕްރީލް 17 ވަނަ ދުވަހުގެ 14:00 ގެ ކުރިން.
މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ފޮނުވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.
ހުށަހަޅަންޖެހޭ ތަކެތި:
1. ވަޒީފާއަށް އެދޭ ފޯމު.
2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
3. ސީވީ.
4. ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ.
5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން.
ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރުމަށް:
http://aasandha.mv/wp-content/uploads/2016/04/Job-Application-Form-Aasandha-Dhivehi1.pdf
http://aasandha.mv/wp-content/uploads/2015/09/Job-Application-Form-Aasandha-English.pdf
ޚާއްޞަ ސަމާލުކަމަށް:
- މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.
- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.