ތަމްރީނު
ނަންބަރު: (IUL)PSM-HH/PSM/2017/29
ޕަބްލިޝްކުރި ތާރީޚް: 09 އޭޕްރިލް 2017
ޕަބްލިޝްކުރި ގަޑި: 10:56
ސުންގަޑި: 12 އޭޕްރިލް 2017 19:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
މަލްޓި ޓާސްކިންގ ޓްރޭނިންގ

އިޢުލާން

ޕަބްލިކް ސަރވިސް މީޑިއާ ޕީ.އެސް.އެމް އިން އައްޑޫ ސިޓީގައި ޤާއިމްކޮށްފައިވާ މީޑިއާ ސެންޓަރަށް ހުނަރުވެރިން ނެގުމަށްޓަކާ "މަލްޓި ޓާސްކިންގ ޓްރޭނިންގ" ޕްރޮގްރާމެއް އައްޑޫ ސިޓީއަށް ޚާއްސަކޮށްގެން ހިތަދޫގައި ހިންގަން ވަނީ ރޭވިފައެވެ. މިޓްރޭނިންގ ހިންގުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުގެ ފަރާތުންނެވެ.

2 ހަފްތާގެ މުއްދަތައް ހިންގާ މިޓްރޭނިންގ ގައި،

-             ނޫސްވެރިކަމުގެ އަސާސީ ހުނަރުތައް،

-             ކެމެރާކުރުން،

-             ވީޑިއޯ އެޑިޓްކުރުން އަދި

-             ޓީވީ އަށާއި ރޭޑިއޯ އަށް ކޮންޓެންޓް އުފައްދާ ހުށަހަޅަން ދަސްކޮށްދެވޭނެވެ.

 

މިޓްރޭނިންގ ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، ޝަޢުޤުވެރިކަން ފާޅުކޮށް އެމް.އެމް.އައި ޖައްސަވާ ހުސްތަންކޮޅެއް ދޫކުރެއްވުމަށްފަހު ނަމާއި ގުޅޭނެ ފޯނު ނަމްބަރު ޖައްސަވާ (MMI<SPACE> Name phoneNo) ތިނެއް ސުމެއް ސުމެއް (300) އަށް އެސް.އެމް.އެސް ކުރެއްވުން އެދެމެވެ. އަދި ސިޓީ ހުށަހަޅުއްވާނަމަ މިކުންފުނީގެ މައި އޮފިސް ދިވެހިރާއްޖޭގެ އަޑު، ރޭޑިއޯ ބިލްޑިންގ އަށް ހުށަހެޅުއްވުން އެދެމެވެ. މެއިލް ކުރައްވާނަމަ  [email protected] މެއިލް އެޑްރެސް އަށް މެއިލްކޮށްދެއްވުން އެދެމެވެ.

ނަންނޯޓް ކުރުމުގެ ފަހު ތާރީޚަކީ: 12 އޭޕްރީލް 2017

 

މިކޯހުން ފާސްވާ ކުދިންގެ ތެރެއިން ހުނަރުވެރި ކުދިންނަށް ޕަބްލިކް ސަރވިސް މީޑީއާގެ އައްޑޫ ސިޓީ މީޑިއަރ ސެންޓަރގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

 

‏09 އޭޕްރިލް 2017

09 އޭޕްރިލް 2017