ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)438-OFID/1/2017/24
ޕަބްލިޝްކުރި ތާރީޚް: 09 އޭޕްރިލް 2017
ޕަބްލިޝްކުރި ގަޑި: 09:44
ސުންގަޑި: 23 އޭޕްރިލް 2017 12:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެސިސްޓަންޓް ޕްރޮޖެކްޓް ކޯޑިނޭޓަރ (އޭ.ޕީ.ސީ)

އިޢުލާން

ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި، ސެނިޓޭޝަން އެންޑް ސޮލިޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

އެސިސްޓަންޓް ޕްރޮޖެކްޓް ކޯޑިނޭޓަރ (އޭ.ޕީ.ސީ)  

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ) އިން އޮޕެކް ފަންޑް ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް)ގެ ލޯން އެހީގެ ދަށުން ކުރިއަށްގެންދާ ސ. މަރަދޫ، ސ. މަރަދޫފޭދޫ، ސ.ފޭދޫ، ސ. ހުޅުދޫ އަދި ސ. މީދޫގައި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުއަށް ކޯޑިނޭޓްކުރުމަށް އެހީތެރިވެދިނުމަށް 01 (އެކެއް) އެސިސްޓަންޓް ޕްރޮޖެކްޓް ކޯޑިނޭޓަރެއް ހޯދުމަށް ބޭނުންވެއެވެ.

އެސިސްޓަންޓް ޕްރޮޖެކްޓް ކޯޑިނޭޓަރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕްރޮޖެކްޓްގެ އެކިއެކި މަސައްކަތްތައް ޕްރޮޖެކްޓް ކޯޑިނޭޓަރުގެ އިރުޝާދާއި އެއްގޮތްވާގޮތުގެ މަތިން ރާވާ، ޕްރޮޖެކްޓް ޓީމާއި އަދި ކަމާގުޅޭ ފަރާތްތަކާ ގުޅިގެން މަސައްކަތްތައް ހިންގާ އަދި މަސައްކަތްތައް މޮނިޓަރ ކުރުމާއި ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިޔުން ހިމެނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ރަށް: ލޭންޑް، ބިލްޑިނޑް އެނޑް މުނިސްމަލް ޝޭވިޝަސް ޑިޕާރޓްމެން އޮފް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ/ އައްޑޫ ސިޓީއެވެ.

އެސިސްޓަންޓް ޕްރޮޖެކްޓް ކޯޑިނޭޓަރުގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުޠުތަކުގެ ތެރޭގައި:

ހ) މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއިއެކު، ޖީ.ސީ.އީ އޯ ލެވެލް "އިނގިރޭސި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއިއެކު، ހަޔަރ ސެކަންޑަރީ ސެޓުފިކެޓު އިމްތިޙާނުން "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ށ) ބައިނަލްއަޤަވާމީ އެހީދޭ ޖަމްޢިއްޔާއެއްގެ ޕްރޮޖެކްޓްތަކުގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ނ) ޕްރޮކިއުމަންޓްގެ އުސޫލުތައް އެނގުމާއި، ބޭރުގެ އޭޖެންސީތަކާއި ދައުލަތުގެ ޕްރޮކިއޮމަންޓުގެ ގަވާއިދުތަކަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ރ) އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމުގެ ޤާބިލްކަން ލިބިފައިވުމާއިއެކު ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މުޢާމަލާތްކުރުމުގެ ހުނަރުލިބިފައިވުމާއި، މައްސަލަތައް ޙައްލުކުރުމުގެ ޤާބިލްކަން ލިބިފައިވުން އަދި ތަފާތު ހުނަރުތައް އެކުލެވޭ ޓީމެއްގައި މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވުން؛ 

ބ) ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކަށްވުމާއެކު، ޕްރޮޖެކްޓްގެ ބޭނުމަށް ރަށްރަށަށް ދަތުރުކުރެވޭނެ މީހަކަށްވުން.

ޅ) މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ ނަޒާހަތްތެރި، އެހެނިހެން ފަރާތްތަކުގެ ނުފޫޒުން އެއްކިބާވެފައިވާ ފަރާތްތަކަކަށް ވާންޖެހޭނެއެވެ.

އިންޓަވިއު:

އިންޓަވިއުއަށް ހޮވޭ ފަރާތްތަކަށް އިންޓަވިއުއަށް ދަޢުވަތު އެރުވޭނެއެވެ. އަދި އެފަރާތެއް ކުރިން ކޮށްފައިވާ މަސައްކަތުގެ ތަޖުރިބާ ހެކިކޮށްދޭނެ ފަރާތްތަކުގެ ތަފްސީލް ފޮނުވުމަށް އެންގޭނެއެވެ.

އުޖޫރަ:

މި މަޤާމަށް ހޮވޭ ފަރާތަށް މުސާރައިގެގޮތުގައި، މަހަކު 15,000/- ދިވެހި ރުފިޔާގެ އުޖޫރައެއް ދެވޭނެއެވެ.

މަސައްކަތުގެ މުއްދަތު:

މި މަސައްކަތުގެ މުއްދަތަކީ 12 (ބާރަ) މަސްދުވަހެވެ. މުއްދަތު އިތުރުކުރަން ޖެހިއްޖެ ހިނދެއްގައި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު، ކޮންޓްރެކްޓްގެ މުއްދަތު 1 (އެކެއް) އަހަރުދުވަހަށް އިތުރުކުރެވިދާނެއެވެ.

ހުށަހަޅަށްޖެހޭ ލިޔުންތައް:

މަތީގައި ބަޔާންވެފައިވާ މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން ހުޅުވާލަމެވެ. މި ކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މި މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށްދިނުމުގެ ގޮތުން؛ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތާއި، މިފަދަ މާޙައުލުތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާއާއި، ތަޢުލީމީ ފެންވަރާއި، ހުނަރާއި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަންވާނެއެވެ.

ސުންގަޑި:

ޝައުޤުވެރިވާ ފަރާތްތަކުން 2017 އެޕްރީލް 23 ވަނަ ދުވަހުގެ 12:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" މެއިލް ނުވަތަ އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް، ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް:

އޯފިޑް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފޯން:   453-3018-960+ / 454-3018-960+

ފެކްސް: 301-3018-960+

އީމެއިލް: [email protected]

އިތުރު މައުލޫމާތު:

މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected]އެޑްރެހަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި ފޯނުން 3018453 އަށް ގުޅުއްވުން އެދެމެވެ.

                                   

9 އެޕްރީލް 2017

09 އޭޕްރިލް 2017