ނީލަން
ނަންބަރު: (IUL)426-CA/426/2017/56
ޕަބްލިޝްކުރި ތާރީޚް: 06 އޭޕްރިލް 2017
ޕަބްލިޝްކުރި ގަޑި: 08:34
ސުންގަޑި: 18 އޭޕްރިލް 2017 10:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މޯލްޑިވް ކަސްޓަމްސް ސަރވިސްގެ ސ.ގަން އޮފީހުގައި ހުރި ބައުތަކެތީގެ ތެރެއިން ބައެއްތަކެތި ނީލަން ކިޔުން

އިޢުލާން

ނީލަން ކިޔުމާއި ގުޅޭ

މޯލްޑިވް ކަސްޓަމްސް ސަރވިސްގެ ސ.ގަން އޮފީހުގައި ހުރި ބައުތަކެތީގެ ތެރެއިން ބައެއްތަކެތި ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. މިނީލަން ކިޔުން އޮންނާނީ18 އެޕްރީލް 2017 ވާ އަންގާރަދުވަހުގެ 10.00 ގައި މޯލްޑިވްސް ކަސްޓަމް ސަރވިސް/ސ.ގަން އޮފީހުގެ ގޯތިތެރޭގައެވެ.

ނީލަންކިއުމަށް ހަމަޖެހިފައިވާ ތަކެތި ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން16-17 އެޕްރީލް 2017 ގެ ހެނދުނު 9.00 އާއި މެންދުރު 12.00 އާ ދެމެދު މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ސ.ގަން އޮފީހަށް ވަޑައިގެންނެވުމުން ތަކެތި ބެއްލެވޭނެ އިންތިޒާމްވަނީ ހަމަޖެހިފައެވެ.

ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން ނީލަންނިމޭތާ 02 ގަޑިއިރުތެރޭގައި ފައިސާ ދެއްކުމަށްފަހު ހަވީރު 4.00ގެ ކުރިން ތަކެތި ގެންގޮސް ނިންމަވަންވާނެއެވެ.

ވީމާ މި ނީލަމުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ނީލަން އޮންނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ސ.ގަން އޮފީހަށް ދުރުވުމުން، ނީލަމުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެކަމުގައި ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

09 ރަޖަބް 1438

06 އޭޕްރިލް 2017