ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)197-A1/1/2017/5
ޕަބްލިޝްކުރި ތާރީޚް: 06 އޭޕްރިލް 2017
ޕަބްލިޝްކުރި ގަޑި: 16:10
ސުންގަޑި: 13 އޭޕްރިލް 2017 14:00
ސުޕްރީމް ކޯޓް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މި ކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް މީހަކު ހޯދުމަށް ކުރެވުނު ނަންބަރު (IUL)197-A1/1/2017/1 (22 ޖަނަވަރީ 2017) އިޢުލާނު ބާޠިލްކޮށް އަލުން މިމަޤާމަށް އިޢުލާނު ކުރަމެވެ.

 

ވަޒީފާގެ ފުރުޞަތު

މަޤާމް

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް

GS3

އަދަދު

02

މަސައްކަތްކުރަންޖެހޭ ތަން

ސުޕްރީމް ކޯޓް / ޕްރޮޓޮކޯލް ޑިވިޜަން

އަސާސީ މުސާރަ

-/4465 ރުފިޔާ

މިމަޤާމަށް ލިބޭ އެލަވަންސް

މުސާރައިގެ އިތުރުން، ސާރވިސް އެލަވަންސް -/1500ރ (އެއްހާސް ފަސްސަތޭކަ ރުފިޔާ)، ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %50، ލިވިންގ އެލަވަންސް -/3000ރ (ތިންހާސް ރުފިޔާ) އަދި ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް.

އަސާސީ ޝަރުޠު

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން  އިންޓަރވިއުގައި ސާބިތުކޮށްދިނުމާއިއެކު، ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ލިބިފައިވުން، ނުވަތަ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްގުވާ މާކުހެއް ލިބެމުން ދިއުމާއެކު ،GS 2  ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. އަދި، ރަސްމީ ދުވަހާއި ބަންދު ދުވަސްތަކުގައިވެސް ގިނަވަގުތު އޮފީހުގެ މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައި ވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

1-      ސުޕްރީމް ކޯޓުގެ އިސް ބޭފުޅުންގެ އެޕޮއިންޓްމަންޓްތަކާ ގުޅޭ އެންމެހައި ކަންކަން ކުރުން

2-      ސުޕްރީމް ކޯޓުގެ އިސް ބޭފުޅުން ރާއްޖެތެރެއަށާއި ރާއްޖޭން ބޭރަށްކުރައްވާ ދަތުރުފުޅުތަކުގެ އެންމެހައި ކަންކަން ކުރުން

3-      ސުޕްރީމް ކޯޓުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާ ޖަލްސާތަކާއި ރަސްމިއްޔާތުތަކާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ކުރަންޖެހޭ ކަންކަން ކުރުން

4-      ސުޕްރީމް ކޯޓުގެ އިސް ބޭފުޅުންގެ ސެކްރެޓޭރިއޭޓްގެ އެންމެހައި ކަންކަން ބެލެހެއްޓުން

ހުށަހަޅަންޖެހޭ ތަކެތި

1.      ފުރިހަމަ ކޮށްފައިވާ ވަޒީފާއަށްއެދޭ ފޯމް

2.      ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު.

3.      ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

4.      މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓްކޮށް އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ. (މިސެޓްފިކެޓް ތަކާއެކު ޓްރާސްކްރިޕްޓް ހުށަހަޅަންވާނެއެވެ)

5.      ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަޤާމުގައި ވީ ދުވަހާއި މަޤާމުގެ ނަމާއި ރޭންކާއި އަދާކުރާ މަސްއޫލިއްޔަތު އެނގޭގޮތަށް)

ސުންގަނޑި

މިމަޤާމަށް ޝަރުތުފުރިހަމަވާ ފަރާތްތަކުން މިކޯޓުގެ ވަޒީފާއަށްއެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 2017 އޭޕްރިލް 13 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިކޯޓަށް ފޮނުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

1-     މިމަޤާމަށް ހުށަހެޅޭ ލިޔުންތަކާއި އިންޓަވިއުއަށް ބަލާ ގިނަވަގުތު މަސައްކަތުގައި އުޅެވޭނެކަމަށް ފެންނަ ފަރާތެއްކަމަށް ފާހަގަކުރެވޭ ފަރާތްތަކަށް އިސްކަންދެވޭނެ އެވެ.

2-     އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

3-     އިންޓަވިއުއަށް ހޮވޭ މީހުން އިންޓަވިއުއަށް ޙާޟިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތައް ޗެކްކޮށް އަސްލާއެއްގޮތްކަން ކަށަވަރުކުރެވޭނެއެވެ.

4-     މިކޯޓުގެ ވަޒީފާއަށްއެދޭ ފޯމް މިކޯޓުގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެއެވެ. މިކޯޓުގެ ވެބްސައިޓްގެ އެޑްރެހަކީ www.supremecourt.gov.mv އެވެ. އަދި ބޭނުންވާ ފަރާތްތަކަށް މިކޯޓުގެ ކައުންޓަރުން ފޯމު ލިބެންހުންނާނެއެވެ. މި މަޤާމަށް އިންޓަވިއު ކުރުން އޮންނާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގާ 16 އޭޕްރިލް 2017 އިންފެށިގެންނެވެ.

 

06 އޭޕްރިލް 2017