މަސައްކަތް
ނަންބަރު: (IUL)417-CA/417/2017/16
ޕަބްލިޝްކުރި ތާރީޚް: 06 އޭޕްރިލް 2017
ޕަބްލިޝްކުރި ގަޑި: 11:50
ސުންގަޑި: 18 އޭޕްރިލް 2017 13:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޯނޑެއްދޫ ފުޓްބޯޅަ ދަނޑު އެއްވަރު ކުރުމާއިބެހޭ

މިރަށުގެ ފުޓްބޯޅަ ދަނޑު، ސްޕޯރޓްސް އެރީނާ ސަރަޙައްދުގެ މެދަށް ޖައްސައި އެއްވަރު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 2017 އެޕްރީލް 13 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 އެޕްރީލް 18 ވަނަ ދުވަހުގެ 13:00 އަށް ބިޑް / އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމާއި ބިޑް / އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މަތީގައިވާ ގަޑިތަކުގައި މިއިދާރާގެ މީޓިންގ ރޫމް ގައެވެ.

އަންދާސީ ހިސާބު ހުށަހެޅޭނީ ޤާނޫނު ނަންބަރ 2014/18 ( ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށް އެކަންޏެވެ. އެއްވެސް ފަރާތަކަށް އެކަކަށްވުރެ ގިނަ ފަރާތުގެ ނަމުގައި ބިޑް / އަންދާސީ ހިސާބު ހުށައެއްނޭޅޭނެއެވެ. ވިޔަފާރީ ރަޖިސްޓްރީކޮށްފައިވާ ފަރާތްނޫން އެހެން ފަރާތަކުން ބިޑް / އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާނަމަ އެފަރާތުގެ ނަމާއި އައިޑީކާޑު ނަންބަރު ޖަހާފައިވާ ސިޓީއަކާއިއެކު އެ ތަނުގެ ރަޖިސްޓްރީގެ ކޮޕީ (މުއްދަތު ހަމަނުވާ) ހުށަހަޅަންވާނެއެވެ. ބިޑް / އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ގަޑިއަށް ވަޑައިގެންނެވި ފަރާތްތަކަށް އެކަންޏެވެ. އަދި ގަޑި ޖެހުމުގެ ކުރިން ނުވަތަ ގަޑިޖެހުމުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

09 ރަޖަބު  1438

06 އޭޕްރިލް 2017