ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-A/266/2017/22
ޕަބްލިޝްކުރި ތާރީޚް: 06 އޭޕްރިލް 2017
ޕަބްލިޝްކުރި ގަޑި: 11:49
ސުންގަޑި: 18 އޭޕްރިލް 2017 00:00
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
50 މަގުމަތީ ބައްތި ގަތުމަށް

އަންދާސީ ހިސާބު ބޭނުންވެއްޖެ

       މިއިދާރާއަށް 50 މަގުމަތީ ބައްތި ގަތުމަށް ބޭނުންވެއެވެ.

       ވީމާ، މިއިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް މަގުމަތީ ބައްތި ފޯރުކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 އެޕްރީލް 2017 ވާ ބުރާސްފަތި ދުވަހު 10:30 އަށް މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށް ފަހު 18 އެޕްރީލް 2017 ވާ އަންގާރަ ދުވަހުގެ 10:30 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

       މައުލޫމާތު ސާފުކުރެއްވުމަށާއި ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާން ކުރައްވައި ސިޓީ ހުށަހަޅުއްވަން ވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައި ނުގަންނަވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ނަންބަރ 2014/18 ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅުއްވޭނެ ކަމުގައި ދަންނަވަމަވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ނަންބަރ 6521170 އަށް ގުޅުއްވުން އެދެމެވެ.

06 އޭޕްރިލް 2017