ދިވެހިރާއްޖެ
ނަންބަރ: (IUL)403-M/403/2017/39
އިޢުލާނު
ވިޔަފާރި ކުރުމަށް ބިން ދޫކުރުމާއި ގުޅޭ:
ބަނދަރުމަތީ މަގުގައި ވިޔަފާރި ކުރުމަށް ބިންދޫކުރުމަށް ޕްލޭން ކުރެވިފައިވާ ބިންތަކުގެ ތެރެއިން 06 ނަންބަރ ބިން ވިޔަފާރިކުރުމަށް ބީލަމުގެ އުސޫލުން ދޫކުރުމަށް ފުރުސަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު ޕްރޮޕޯސަލް ހުށަހެޅުމަށް ދަންނަވަމެވެ.
* މަޢުލޫމާތު ސާފުކުރުން: 06 އޭޕްރީލް 2017 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް
* ޕްރޮޕޯސަލް ހުށަހެޅުން: 13 އޭޕްރީލް 2017 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް
މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު އައިޑީކާޑް ނުވަތަ އައިޑީކާޑްގެ ކޮޕީއެއް ގެންނަންވާނެއެވެ. ކުންފުނި، ޖަމުއިއްޔާ، ޖަމާޢަތްތަކުން ނަމަ ރަޖިސްޓްރީ ކޮޕީއެއް ގެންނަންވާނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.