ޢާންމު މަޢުލޫމާތު
ނަންބަރު: 182-MTG/2017/02
ޕަބްލިޝްކުރި ތާރީޚް: 06 އޭޕްރިލް 2017
ޕަބްލިޝްކުރި ގަޑި: 09:14
ސުންގަޑި: 13 އޭޕްރިލް 2017 00:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ފާރމަސޫޓިކަލް އެލަރޓް

 

ފާރމަސޫޓިކަލް އެލަރޓް

 

 

ލެބެން ލެބޯރެޓަރީސް ޕްރައިވެޓް ލިމިޓެޑް އިން އުފައްދާ އަދި ރާއްޖެ އެތެރެ ކުރާ އެކުންފުނީގެ ބޭސްތަކުން ތަކުރާރުކޮށް، ބޭހުގެ ފެންވަރާއި ގުޅޭ މައްސަލަތައް ފެންނަމުންދާތީ ނޭޝަނަލް ފާރމަސޫޓިކަލް ބޯރޑުގެ ލަފާގެ މަތިން ލެބެން ލެބޯރެޓަރީސް ޕްރައިވެޓް ލިމިޓެޑް ގެ ޕްރޮޑަކްޓްސް ރާއްޖެ އެތެރެ ކުރުމާއި ވިއްކުމާއި ބޭނުން ކުރުން ވަނީ މިއަދުން ފެށިގެން މަނާ ކޮށް މިހާރު ރާއްޖޭގައި ހުރި އެކުންފުނީގެ ބޭސްތައް ރިކޯލް ކުރުމަށް ކަނޑައަޅާފައެވެ.

 

މިކަން މިގޮތަށް ނިންމާފައިވަނީ ފާއިތުވި ދޮޅުއަހަރެއްހާ ދުވަހުގެ ތެރޭގައި މި ކުންފުނީގެ  އުފެއްދުން ތަކުން  އެކި ފަހަރު މަތިން އެކި ވަރުގެ މައްސަލަތައް ދިމާވެ  އެޕްރޮޑަކްޓް ތައް ރާއްޖެ އެތެރެ ކުރުން، ވިއްކުން އަދި ބޭނުން ކުރުން މަނާ ކުރެވިފައިވާތީ އެކަންކަމަށް ރިޢާއަތް ކޮށްފައެވެ.

 

މިކުންފުނީގެ ޕްރޮޑަކްޓް ތަކުން ތަކުރާރު ކޮށް މިފަދަ މައްސަލަތައް ދިމާވަމުންދާނީ މިކުންފުނީގެ ބޭސް އުފެއްދުމުގެ ފެންވަރު ބަލާ ކަށަވަރު  ކުރުމުގެ ނިޒާމުގައި މައްސަލަ ތަކެއް ހުރުމުން ކަމަށް ފާހަގަ ވެއެވެ. ރައްކާތެރިކަމާއި ފެންވަރު ކަށަވަރު ނުވާބޭސް ބޭނުން ކުރުމަކީ ބޭސް ބޭނުން ކުރާ ފަރާތް ތަކަށް އެކިވަރުގެ ސިއްޚީ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމެކެވެ.

 

              އެހެންކަމުން ލެބެންލެބޯރެޓަރީސް އިން އުފައްދާ ބޭސް މިއަދުން ފެށިގެން ރާއްޖެ އެތެރެ ކުރުން، ވިއްކުން އަދި ބޭނުން ކުރުމަކީ މަނާ ކަމެއްކަމަށާއި މިކުންފުނީގެ ޕްރޮޑަކްޓް ތައް ރިކޯލް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަން އާއްމު ކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

   

                09 ރަޖަބު 1438 

06 އޭޕްރިލް 2017