ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 438/438/2017/72
ޕަބްލިޝްކުރި ތާރީޚް: 05 އޭޕްރިލް 2017
ޕަބްލިޝްކުރި ގަޑި: 11:52
ސުންގަޑި: 20 އޭޕްރިލް 2017 14:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ސީނިއަރ ޕާކް ވާޑަންސް އަދި ޕާކް ވާޑަންސް - އައްޑޫ ސިޓީ ހިތަދޫ

މަޤާމް :ޕާކް ވާޑަންސް - އައްޑޫ ސިޓީ ހިތަދޫ
ބޭނުންވާ އަދަދު :2
މަޤާމް :ސީނިއަރ ޕާކް ވާޑަންސް - އައްޑޫ ސިޓީ ހިތަދޫ
ބޭނުންވާ އަދަދު :2

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

 

ވަޒީފާގެ ފުރުޞަތު

ނަންބަރ:   IUL) 438/438/2017/72)                                            

 

މިމިނިސްޓްރީއިން ހިތަދޫ އީދިގަލި ކިޅި ސަރަހައްދުގައި ގާއިމު ކުރަމުންދާ އިކޯ-ޓުއަރިޒަމް ފެސިލިޓީގެ ސެކިޔުރިޓީ ބެލެހެއްޓުމަށް ތިރީގައިވާ މަގާމުތަކަށް މުވައްޒަފުން ބޭނުންވެއެވެ.

މަގާމު:

ސީނިއަރ ޕާކް ވާޑަންސް (ވަގުތީ)

ބޭނުންވާ ޢަދަދު:

2

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

އިކޯ-ޓުއަރިޒަމް ފެސިލިޓީ (ހިތަދޫ އީދިގަލި ކިޅި)

އަސާސީ މުސާރަ:

-/4,340

އިތުރު އިނާޔަތްތައް:

ސަރވިސް އެލަވަންސް : -/1,000

ކަނޑައެޅިފައިވާ އުސޫލުގެ މަތިން ކޮއްތު ފައިސާ އަދި ޝިފްޓް ޑިއުޓީ އެލަވަންސް ދެވޭނެއެވެ.

އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  1. ހިތަދޫ އީދިގަލި ކިޅި ސަރަހައްދުގައި ގާއިމު ކުރަމުންދާ އިކޯ-ޓުއަރިޒަމް ފެސިލިޓީގެ ސަލާމަތީ ކަންތައްތައް މިމިނިސްޓްރީއިންނާއި އައްޑޫ ސިޓީ ކައުންސިލުން ހަމަޖައްސާ ޝިފްޓް ޑިއުޓީ އުސޫލެއްގެ މަތިން ބެލެހެއްޓުން؛
  2. ޑިއުޓީ ގަޑީގައި ކޮންމެ 30 މިނިޓަކުން ފެސިލިޓީގެ ވަށައިގެން ހިނގާ ބަލައި ޗެކްކުރުން؛
  3. ފެސިލިޓީގެ އެއްވެސް ހަޓަކަށް ނުވަތަ ފެންސަކަށް ނުވަތަ ސަރަހައްދަށް ގެއްލުމެއް ލިބިފައިވާނަމަ، އެކަން ވީހާވެސް އަވަހަކަށް ސިޓީ ކައުންސިލްގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުން.
  4. ގަވާއިދާ ޚިލާފަށް އިކޯ-ޓުއަރިޒަމް ފެސިލިޓީ ސަރަހައްދަށް ވަނުމާއި، މިސަރަހައްދަށް ކުނި އެޅުމާއި ނުވަތަ މިސަރަހައްދުގައި އެއްވެސް ބާވަތެއްގެ މަނާކަމެއް ކުރާނަމަ، އެފަދަ ކަންތައް ހުއްޓުވުމާއި އަދި ޤަވާއިދާ ޚިލާފުކަމެއް ހިގާނަމަ އެކަމެއް ވަގުތުން ސިޓީ ކައުންސިލަށް  ރިޕޯޓްކުރުން.
  5. ޕާކް ވާޑަންސްގެ މަސައްކަތްތައް ސުޕަވައިޒް ކުރުން.

ފެންވަރު ނުވަތަ ޝަރުތު:

(ހ) އަސާސީ ތަޢުލީމު ފެންވަރު ހުރުން؛

(ށ) މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން؛

(ނ) ޢުމުރުން 25 އަހަރާ 55 އަހަރާ ދެމެދުގެ މީހަކު ކަމުގައި ވުން؛

(ރ) މަގާމުގެ މަސައްކަތުގެ މަސްއޫލިއްޔަތު އަދާ ކުރެވޭފަދަ ސިއްހަތެއްގައި ހުރި މީހަކު ކަމުގައިވުން.

މަގާމު:

ޕާކް ވާޑަންސް (ވަގުތީ)

ބޭނުންވާ ޢަދަދު:

2

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

އިކޯ-ޓުއަރިޒަމް ފެސިލިޓީ (ހިތަދޫ އީދިގަލި ކިޅި)

އަސާސީ މުސާރަ:

-/3,875

އިތުރު އިނާޔަތްތައް:

ސަރވިސް އެލަވަންސް : -/1,000

ކަނޑައެޅިފައިވާ އުސޫލުގެ މަތިން ކޮއްތު ފައިސާ އަދި ޝިފްޓް ޑިއުޓީ އެލަވަންސް ދެވޭނެއެވެ.

އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  1. ހިތަދޫ އީދިގަލި ކިޅި ސަރަހައްދުގައި ގާއިމު ކުރަމުންދާ އިކޯ-ޓުއަރިޒަމް ފެސިލިޓީގެ ސަލާމަތީ ކަންތައްތައް މިމިނިސްޓްރީއިންނާއި އައްޑޫ ސިޓީ ކައުންސިލުން ހަމަޖައްސާ ޝިފްޓް ޑިއުޓީ އުސޫލެއްގެ މަތިން ބެލެހެއްޓުން؛
  2. ޑިއުޓީ ގަޑީގައި ކޮންމެ 120 މިނިޓަކުން ފެސިލިޓީގެ ވަށައިގެން ހިނގާ ބަލައި ޗެކްކުރުން؛
  3. ފެސިލިޓީގެ އެއްވެސް ހަޓަކަށް ނުވަތަ ފެންސަކަށް ނުވަތަ ސަރަހައްދަށް ގެއްލުމެއް ލިބިފައިވާނަމަ، އެކަން ވީހާވެސް އަވަހަކަށް ސިޓީ ކައުންސިލްގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުން.
  4. ގަވާއިދާ ޚިލާފަށް އިކޯ-ޓުއަރިޒަމް ފެސިލިޓީ ސަރަހައްދަށް ވަނުމާއި، މިސަރަހައްދަށް ކުނި އެޅުމާއި ނުވަތަ މިސަރަހައްދުގައި އެއްވެސް ބާވަތެއްގެ މަނާކަމެއް ކުރާނަމަ، އެފަދަ ކަންތައް ހުއްޓުވުމާއި އަދި ޤަވާއިދާ ޚިލާފުކަމެއް ހިގާނަމަ އެކަމެއް ވަގުތުން ސިޓީ ކައުންސިލަށް  ރިޕޯޓްކުރުން.

ފެންވަރު ނުވަތަ ޝަރުތު:

(ހ) އަސާސީ ތަޢުލީމު ފެންވަރު ހުރުން؛

(ށ) މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން؛

(ނ) ޢުމުރުން 25 އަހަރާ 55 އަހަރާ ދެމެދުގެ މީހަކު ކަމުގައި ވުން؛

(ރ) މަގާމުގެ މަސައްކަތުގެ މަސްއޫލިއްޔަތު އަދާ ކުރެވޭފަދަ ސިއްހަތެއްގައި ހުރި މީހަކު ކަމުގައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. މަޤާމަށް އެދި ހުށަހަޅާ ސިޓީ
  2. މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ކޮޕީ
  3. މަސައްކަތުގެ ތަޖުރިބާ / ލިބިފައިވާ ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޯދުމަށް ބެލޭނެ ކަންތައްތައް:

  1. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަމްރީނާއި ތަޖުރިބާ
  2. އިންޓަރވިއު
  3. މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު

އިތުރު މަޢުލޫމާތު:

މިމަޤާމުތަކަށް މީހުން އައްޔަނު ކުރެވޭނީ 12 (ބާރަ) މަސްދުވަހުގެ މުއްދަތަށެވެ. އަދި މިމަޤާމުތަކަށް ހޮވޭ ފަރާތްތަކުން މޭ 2017 ގައި މަސައްކަތް ފަށަން ޖެހޭނެއެވެ.

ސުންގަޑި އަދި ލިޔުން ހުށަހަޅަންޖެހޭ އިދާރާ:

2017 އެޕްރީލް 20 (ބުރާސްފަތި) ދުވަހު 14:00 ކުރިން އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއަށް

 

05 އެޕްރީލް 2017

05 އޭޕްރިލް 2017