ދިވެހިރާއްޖެ
މަޤާމް :ރޭންޖާރސް - ފުވައްމުލައް | |
---|---|
ބޭނުންވާ އަދަދު :1 | |
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ވަޒީފާގެ ފުރުޞަތު
ނަންބަރ: IUL) 438/438/2017/70)
މިމިނިސްޓްރީއިން ވޯރލްޑް ބޭންކުގެ އެހީތެރިކަމާއެކު ހިންގަމުންގެންދާ ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭ.ޕީ) މަޝްރޫޢުގެ ދަށުން ފުވައްމުލަކުގައި ގާއިމުކުރާ ޕްރޮޓެކްޓެޑް އޭރިއާ މެނޭޖްމަންޓް ޔުނިޓަށް ރޭންޖާރސް ބޭނުންވެއެވެ.
މަގާމު: |
ރޭންޖާރސް |
ބޭނުންވާ ޢަދަދު: |
1 |
ވަޒީފާ އަދާ ކުރަންޖެހޭ ތަން: |
ޕްރޮޓެކްޓެޑް އޭރިއާ މެނޭޖްމަންޓް ޔުނިޓް (ފުވައްމުލައް) |
މުސާރަ: |
ތަޖުރިބާއާއި ތަޢުލީމީ ފެންވަރަށް ބަލާ 10,000ރުފިޔާ އާއި 13,000ރުފިޔާ އާއި ދެމެދުގެ އުޖޫރައެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. |
އަދާކުރަންޖެހޭ މަސްއޫލިއްޔަތު: |
ޕްރޮޓެކްޓެޑް އޭރިއާ ބެލެހެއްޓުން؛ |
ފެންވަރު ނުވަތަ ޝަރުތު: |
(ހ) މަސައްކަތާއި ގުޅޭދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދު ހާޞިލް ކޮށްފައިވުން؛ ނުވަތަ، (ށ) މަސައްކަތާއި ގުޅޭދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދު ހާޞިލް ކޮށްފައިވުމާއިއެކު ދާއިރާގައި މަދުވެގެން ދެ (2) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛ (ނ) ގުޅުންހުރި ދާއިރާއަކުން ޓްރެއިނިންގ ހާޞިލް ކުރެވިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. (ރ) ބޭރުގެ އެހީގައި ހިންގާ މަޝްރޫޢެއްގައި މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޯދުމަށް ބެލޭނެ ކަންތައްތައް: |
|
އިތުރު މަޢުލޫމާތު: |
މިމަޤާމުތަކަށް މީހުން އައްޔަނު ކުރެވޭނީ 12 (ބާރަ) މަސްދުވަހުގެ މުއްދަތަށެވެ. އަދި މިމަޤާމުތަކަށް ހޮވޭ ފަރާތްތަކުން މޭ 2017 ގައި މަސައްކަތް ފަށަން ޖެހޭނެއެވެ. |
ސުންގަޑި އަދި ލިޔުން ހުށަހަޅަންޖެހޭ އިދާރާ: |
2017 އެޕްރީލް 20 (ބުރާސްފަތި) ދުވަހު 14:00 ކުރިން ފުވައްމުލައް އަތޮޅު ކައުންސިލްގެ އިދާރާއަށް |
05 އެޕްރީލް 2017