ދިވެހިރާއްޖެ
ޤާނޫނު ނަންބަރ 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާ ތައް ލާމަރުކަޒީ އުޞުލުން ހިންގުމުގެ ޤާނޫނު)ގެ 151 ވަނަ މާއްދާއިން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން، ލޯކަލްގަވަރމަންޓް އޮތޯރިޓީގެ މަޝްވަރާއާއެކު އެމާއްދާގެ(ތ) ގެ ދަށުން ކައުންސިލުން އެކުލަވާލާފައިވާ ވަގުތީގޮތުން މަގުބަންދުކުރުމާއި ބެހެ ޤަވާއިދުގެ 8 ވަނަ ނަމްބަރ (ހ) ، (ށ) ،(ނ) ،އަދި (12) ވަނަ ނަމްބަރު ގެ ދަށުން ތިރީގައިވާ ގޮތުގެ މަތީން ފީނެގޭނެއެވެ.
1 މަގުބަންދު ކުރަނީ އުމުރާނީ ތަރައްޤީގެ މަސއްކަތަށް ނަމަ ފުރަތަމަ 6 (ހައެއް) ގަޑި ،އިރާ ހަމައަށް -/250 (ދުއިސައްތަފަންސާސް) ރުފިޔާ އާއި،ފުރަތަމަ 6 (ހައެއް) ގަޑި އިރަށްވުރެ އިތުރަން ހިނގާ ކޮންމެ ގަޑިއިރަކަށް -/150 ރުފިޔާގެ ފީއެއް ދައްކައިގެންނެވެ.
2 މަގުބަންދު ކުރެވެނީ އިޖްތިމާޢީ ހަރަކާތްތަކަށް ނުވަތަ މަސައްކަތަކަށްނަމަ،ފުރަތަމަ 6 (ހައެއް)ގަޑި އިރާ ހަމައަށް-/150 (ސަތޭކަފަންސާސް) ރުފިޔާއާއި،ފުރތަމަ 6 (ހައެއް) ގަޑި އިރަށްވުރެ އިތުރަށް ހިނގާ ކޮންމެ ގަޑިއިރަކަށް -/50 (ފަންސާސް) ރުފިޔާގެ ފީއެއް ދައްކައިގެންނެވެ.
3 މިމާއްދާގެ (ހ) އާއި (ށ) ގައި ބުނެފައިވާ މަސައްކަތްތައް ފިޔަވައި އެހެނިހެން ކަންތައްތަކަށް ވަގުތީ ގޮތުން މަގު ބަންދު ކުރުމުގެ ހުއްދަ ދޫކުރެވޭނީ ހުއްދަދެވޭ ފުރަތަމަ 2 (ދޭއް) ގަޑިއިރަށް -/75 (ހަތްދިހަފަހެއް ) ރުފިޔާ،އަދި
އިތުރަށް ހިގާ ކޮންމެ 2 (ދޭއް) ގަޑިއިރަކަން ނުވަތަ 2 (ދޭއް) ގަޑިއިރުން ބަޔަކަށް -/50 (ފަންސާސް) ރުފިޔާގެ ފީއެއް ދައްކާގޮތަށެވެ.
4 މަގުމަތީގައި މަސައްކަތްކުރާއިރު ބަހައްޓާ ބޯޑު ބޭނުން ކުރަނީ 6 (ހައެއް) ގަޑި އިރަށްވުރެ މަދު ވަގުތަކަށްނަމަ -/20 (ވިހި) ރުފިޔާގެ ފީއެއް ދައްކަންވާނެއެވެ.އަދި ބޯޑް ބޭނުންކުރެވެނި 6 (ހައެއް) ގަޑި އިރާއި 12(ބާރަ) ގަޑި އިރާ ދެމެދުގެ ވަގުތަކަށްނަމަ -/40 (ސާޅީސް) ރުފިޔާ، އަދި 12 (ބާރަ) ގަޑި އިރާއި 24 (ސައުވީސް) ގަޑިއިރާ ދެމެދުގެ ވަގުތަކަށްނަމަ-/60 (ފަސްދޮޅަސް) ރުފިޔާ ދައްކަންވާނެއެވެ.އަދި 24 (ސައުވީސް) ގަޑި އިރަށްވުރެ އިތުރަށް ހިނގާ ކޮންމެ 6 (ހައެއް) ގަޑިއިރަކަށް -/20 (ވިހި) ރުފިޔާގެ ރޭޓުން ފީ ދައްކަންވާނެއެވެ.